ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުން ލަސްވެއްޖެ

މިދިޔަ އަހަރު އޮގަސްޓު މަހު މުއިއްޒު ހިރިމަރަދޫ އަށް ވަޑައިގެންނެވި ދަތުރު -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު އޮގަސްޓު މަހު މުއިއްޒު ހިރިމަރަދޫ އަށް ވަޑައިގެންނެވި ދަތުރު -- ފޮޓޯ: ރައީސް އޮފީސް

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމުގެ މަޝްރޫއު ލަސްވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫން ހުށަހެޅި ސުވާލުތަކަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައި ވަނީ މި މަސައްކަތް ލަސްވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ހަނިމާދޫއަށް ބަދަލުކުރާ އާއިލާތަކަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި އެރަށު ކައުންސިލުން ލަސްތަކެއް ކުރިމަތިކުރުވުމެވެ.

"ރަސްމީކޮށް މިނިސްޓްރީއާ ބިން ހަވާލުކޮށްފައިވަނީ ބިން ހަމަޖައްސައިދިނުމަށް އެދުނުތާ ގިނަ ދުވަސްތަކެއް ފަހުން،" ނިމިގެން ދިޔަ ފެބްރުއަރީ 12 މިނިސްޓްރީން ދިން ޖަވާބުގައިވެ އެވެ.

މިނިސްޓްރީގެ ޖަވާބު
މިނިސްޓްރީގެ ޖަވާބު

މިނިސްޓްރީގެ ޖަވާބު

ބިން ހަވާލުކުރުމުގެ މަރުހަލާއަށްފަހު ވެސް، އެ ބިންތަކުގައި ހުރި ރުއްގަސްތަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގައި އިދާރީ އެކި ހުރަސްތައް ކުރިމަތިވަމުންދާމަށް މިނިސްޓްރީން ބުންޏެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގަ އެވެ. އެކަން އެގޮތަށް ނިންމީ، ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށްޓަކައި ގެތައް އެޅުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 24 ގައި މުއިއްޒު އެރަށަށް ކުރެއްވި ދަތުރުގަ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމައި ގެތައް 18 މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނާ ހަވާލުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތެއް ފެށޭނެ އަދި މީހުން ބަދަލު ކުރެވޭނެ ތާރީހެއް ވެސް ނޭނގި، އޭޕްރީލް މަހު ބާއްވާ ބައި އިލެކްޝަންގައި ހިރިމަރަދޫގައި ކައުންސިލެއް ނުހޮވައި، އެ ރަށުގެ ރައްޔިތުން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލް ހޮވަންކަމަށް ސަރުކާރުން ނިންމި އެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހިރިމަރަދޫ ކައުންސިލް އުވާލީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެފައިވެ އެވެ.

ޣަފޫރު ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށެވެ.

ބަޔަކު ރަށެއްގައި ދިރިއުޅެމުން ދަނިކޮށް އެ ރައްޔިތުން ދިރިއުޅޭނެ ތަނެއް ނާޅައި އެ ރައްޔިތުން ރަށަކަށް ބަދަލުކުރުމަކީ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި މިހާރު އޮތް ކޮންމެ ގެވަޅަކަށް ހަނިމާދޫގައި ގެއެއް އަޅައިދޭނެ ކަމަށާއި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށެވެ. ހިރިމަރަދޫގައި 150 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ.

---

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox