މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު 15.42 އަށް ވުރެ ވެސް ތިރިކުރާނެ ކަމަށް ވިދާޅުވެ ސައީދު ވީ ވައުދަށް ދެ އަހަރު ވަނީ

Feb 27, 2026, 8:45 AM
މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ މިހާރުގެ ކޮންޓްރޯލް އަގަށްވުރެ ވެސް ބޮޑަށް ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ މިހާރުގެ ކޮންޓްރޯލް އަގަށްވުރެ ވެސް ބޮޑަށް ޑޮލަރުގެ އަގު ތިރި ކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ހިންގާ ޕީއެންސީއަށް ދީފި ނަމަ ޑޮލަރުގެ އަގު 15.42 ރުފިޔާއަށް ވުރެ ވެސް ތިރި ކުރާނެ ކަމަށް ވިދާޅުވެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވައުދެއް ވެވަޑައިގެންނެވިތާ ދެ އަހަރު ފުރެން ކައިރިވެއްޖެ އެވެ.

މިއަދު ޑޮލަރު ގަންނަން ލިބެނީ 20.10 ރުފިޔާއަށެވެ. ޑޮލަރުގެ އަގު 20 ރުފިޔާއަށް ވުރެ މަތީގައި އުޅޭތާ ވެސް މިހާރު އަހަރެއްވާން ކައިރިވަނީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު ދާނީ މަތިވަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށް ސައީދު ވިދާޅުވީ މަޖިލިސް ކެމްޕެއިނުގައި ލ. މާވަށުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.

އެ އިންތިހާބުގައި ރައްޔިތުން ވަނީ ސަރުކާރު ހިންގާ ޕާޓީއަށް ސުޕަމެޖޯރިޓީ ދީފަ އެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ޑޮލަރުގެ އަގު ތިރި ކުރުމުގެ ބަދަލުގައި، ސަރުކާރުގެ ވިސްނުން ހުރީ ޑޮލަރުގެ އަގު ފްލޯޓު ކުރަން ކަމަށް މި ފަހުން ވަނީ ހާމަވެފަ އެވެ. އެއިރުން މިއަށްވުރެ ވެސް ޑޮލަރުގެ ރޭޓު މަތިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، އެގޮތަށް ހެދުމުން ޑޮލަރުގެ އަސްލު އަގު ހާމަވެ، އިގްތިސާދުގެ ހަގީގީ ބުންވަރު ވެސް އެނގިގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ޑޮލަރުގެ ތާށިކަމާ ހެދި، ކާބޯތަކެތި އަގުބޮޑުވަމުންދާ ކަމަށް ވެސް އިދާރާތަކުން ދަނީ ބުނަމުންނެވެ. މިދިޔަ އަހަރަކީ ވެއެތުވެދިޔަ 13 އަހަރު ތެރޭގައި ވެސް އިންފްލޭޝަން އެންމެ މައްޗަށް ދިޔަ އަހަރެވެ.

މި އަހަރަކީ ރާއްޖެއިން ރެކޯޑު އަދަދަކަށް އެއް ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ދައްކަންޖެހޭ އަހަރެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަޔަކީ މީގެ ކުރިން ސަރުކާރުން ވިއްކާފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. ބޮޑު ދަރަނި ދައްކަން ނިކަން އަގުބޮޑު ރޭޓެއްގައި އިތުރު ލޯނެއް ހޯދަން ވެސް ސަރުކާރުން އެބަ މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox