ރާއްޖޭގައި ތިބި މީހުންގެ ކާޑުތައް ބޭރުގައި ބޭނުންނުކުރެވޭ ގޮތް ހަދަން ބީއެމްއެލްއިން އިމިގްރޭޝަނާ ގުޅިއްޖެ

May 2, 2026, 6:13 PM
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު އެ ބޭންކުގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ: ބޭންކުން ބުނަނީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން ނާންނާތީ ޑޮލަރު ލިބޭ މިންވަރު މަދު ކަމަށް -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު އެ ބޭންކުގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ: ބޭންކުން ބުނަނީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން ނާންނާތީ ޑޮލަރު ލިބޭ މިންވަރު މަދު ކަމަށް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑުތަކުން ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ބޭރު ފައިސާއިން މުއާމަލާތްކުރުން ހުއްޓުވަން އެ ބޭންކުން އިމިގްރޭޝަނާ ގުޅިފައިވާ ކަން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، މިކަމަށް ޓަކައި ބީއެމްއެލް އާއި އިމިގްރޭޝަންއާ ދެމެދު ޑިޖިޓަލް އިންޓަގްރޭޝަން ގާއިމުކުރެވިފައިވާ ކަމަށެވެ. މިއާއެކީ،  ރާއްޖޭން ބޭރުގައި ތިބޭއިރު އެކަނި އޭޓީއެމް އާއި ޕީއޯއެސްތަކުގެ ފޮރިން ސްޕެންޑް ލިމިޓު އެކްޓިވް ވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން މި ފިޔަވަޅު އެޅީ، ކާޑުތަކުގެ ލިމިޓުތައް މަތިކުރި ފަހުން، އެކި މީސްމީހުންގެ ކާޑުތައް ހިފައިގެން ގޮސް އެ ކާޑުތައް ބޭނުންކުރާ މައްސަލަ ފާހަގަވިތާ މަސްތަކެއް ފަހުން، އިރާނު ހަނގުރާމައާ ހެދި ޑޮލަރު ތާށިކަން އިހުނަށް ވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

Advertisement

ބޭންކުގެ މި ފިޔަވަޅާ ގުޅިގެން ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް އުނދަގޫ ވެދާނެތީ ބީއެމްއެލްއިން ވަނީ ހާއްސަ ސްޓޫޑަންޓް ކާޑެއް ވެސް ތައާރަފުކޮށްފަ އެވެ.

މިއީ ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިންގެ އަމިއްލަ ކާޑެއް ނެތުމުން ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ކުދިންނަށް ބީއެމްއެލްއިން ދިން ހައްލެކެވެ. އެ ބޭންކުން ބުނީ މި ސްޓޫޑަންޓް ކާޑުތަކުގައި ކިޔަވާ ކުދިންނަށް ދެވިފައިވާ ހާއްސަ ލިމިޓު (1200 ޑޮލަރު) ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ވަނީ މި ގޮތަށް ބެލެނިވެރިންގެ ކާޑުތައް ބޭނުންކުރާ ކުދިން ސްޓޫޑަންޓް ކާޑަށް ބަދަލުކުރަން ތިން މަސް ދުވަސް ދީފަ އެވެ. މި މުއްދަތުގެ ތެރޭގައި ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

ޑޮލަރު ތާށިކަމާ ހުރެ ބީއެމްއެލްއިން އަޅާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ވިޔަފާރިކުރާ އީކޮމާސް ސައިޓުތަކަށް ވަކި ބަޖެޓެއް ކަނޑައަޅައިގެން ރުފިޔާ އެކައުންޓުތަކުގެ ކުރެވޭ މުއާމަލާތްތައް ލިމިޓުކުރުން ވެސް ހިމެނެ އެވެ.

ޝަރީފު ވިދާޅުވީ، މި ބަޖެޓު އެންމެ ހަމަހަމަ ގޮތެއްގައި ބޭނުންކުރަން ފަހިކުރުމުގެ ގޮތުން، ކޮންމެ މަހެއްގައި ކޮންމެ ކަސްޓަމަރަކަށް ހެދޭ ޓްރާންސެކްޝަންތަކުގެ އަދަދު 30 އަށް ލިމިޓުކުރާނެ ކަމަށެވެ.

މި ފިޔަވަޅުތައް އެޅުމުގެ ކުރިން ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓު ނަމްބަރުތައް ވެއްޓުމާއެކު، ބޭންކުގެ ޑޮލަރު އާމްދަނީ ދަށްވެފައިވާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަލީ ރިޕޯޓުގައި ވެސް ޑޮލަރު ތާށި ކަމުން ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އިލްތިމާސްކޮށްފައިވެ އެވެ. 

ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ބޭންކަށް 1.5 ބިލިއަން ޑޮލަރު ވަންއިރު، 1.4 ބިލިއަން ޑޮލަރު ބޭރަށް ފޮނުވި އެވެ. މިއީ މިދިޔަ އަހަރު ލިބުނު 1.2 ބިލިއަން ޑޮލަރާއި ފޮނުވި 1.03 ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox