ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް ރާއްޖޭން މޮޅުވުމުގެ ރެކޯޑާ އެކު އެއް ވަނަ ދަމަހައްޓައިފި

Jan 20, 2026, 11:36 AM
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް ރާއްޖޭން މޮޅުވުމުގެ ރެކޯޑާ އެކު އެއް ވަނަ ދަމަހައްޓައިފި

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން 5-0 އިން މޮޅުވެ، ރާއްޖޭން މޮޅުވުމުގެ ރެކޯޑާ އެކު ތާވަލުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ.

މިއަދު އިންޑިއާ މެޗަށް ނުކުތްއިރު، ރާއްޖެ އަށް އޮތީ އެއް ވަނަ ގެއްލިފަ އެވެ. އެއީ، މިއަދު ކުޅުނު ފުރަތަމަ މެޗުން، ނޭޕާލާ 4-4 އިން އެއްވަރުކޮށް ޕާކިސްތާނުން ހޯދި ޕޮއިންޓާ އެކު، ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު، އިންޑިއާ އަތުން ލިބުނު މޮޅާ އެކު، ރާއްޖޭން ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި، އެއް މެޗު މަދުން ކުޅެ، ދެ ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނެގީ އެވެ. މިހާރު އޮތްގޮތުން، ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.

ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ކުުޅުނު މެޗު ފަށައިގެން އިންޑިއާ އިން ޕްރެސްކޮށްގެން ރާއްޖެ ކަައިރީގައި ކުޅެން ފެށި އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފަސް ފައުލު ހަމަވި ނަމަވެސް އިތުރު ފައުލެއް ނުކޮށް ރަނގަޅަށް ގޭމް މެނޭޖްކުރި އެވެ. އަދި، މި ހާފުގައި ރާއްޖޭން ނިންމާލީ ލީޑުގަައި އޮވެ އެވެ. މި މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލު ޖެހީ، ކުރިން ޕާކިސްތާން މެޗުގައި ވެސް ފުރަތަަމަ ގޯލު ޖެހި މުހައްމަދު އިމްރާން (އިންމި) އެވެ. މިއީ، ރާއްޖޭގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން އިންމި ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ރާއްޖޭން ދެ ގޯލު ޖެހި އެވެ. އެ ގޮތުން، ރާއްޖޭގެ ދެ ވަަނަ ލަނޑު ޖެހީ، ޝާއްޕެ އެވެ. ޝާއްޕެ އަށް ލިބުނު ފުރުސަތުގައި މި ގޯލު ޖެހީ، އިންޑިއާގެ ކީޕަރު، އޮޒެން ވިވިއަން ސިލްވާ ކައިރިން ނައްޓާފައި ގޮހެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން، އެޓޭކަށް ދިޔަ ރަނގަޅު ބޯޅައެއްގައި ރާއްޖޭގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ގޯލަށް ބޯޅަ ވައްދާލައި ރާއްޖެ އަށް ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.

ރާއްޖޭން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި، ލީޑުފުޅާކުރުމުން އިންޑިއާ އިން މެޗުގެ ތެރެއަށް ވަންނަން އަވަހަށް ޕަވަޕްލޭގެ ބޭނުންކުރަން ނިންމި އެވެ. ނަތީޖާ އަކަށްވީ މި ހާފުގެ 10 ވަނަ މިނިޓްގައި، އަމިއްލަ ހާފުގައި ހުރެފައި ލިބުނު ފުރުސަތަކުން އިންމި ގޯލަށް ބޯޅަ ފޮނުވާލައި، ރާއްޖޭގެ ހަތަރު ވަަނަ ގޯލު ޖެހުމެވެ.

ދެ ވަނަ ހާފުގެ 13 ވަނަ މިނިޓްގައި، ރާއްޖޭގެ ހުސެއިން ޝަރީފް (އޮންލީ) އަށް ކުރި ނުރައްކާތެރި ފައުލަކަށް އިންޑިއާގެ ލަލްސަންގްކިމާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އިންޑިއާ އިން މި މެޗުގައި ގޯލެއް ޖެހޭތޯ ކުރި މަސަައްކަތް ނާކާމިޔާބުވުމުގައި ރާއްޖޭގެ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭގެ ފަހު ލަނޑު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް އޮތީ މޮޅެއް ނުލިބި އެވެ. އެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން، ނޭޕާލް އަދި ބަންގްލަދޭޝާ އެއްވަރުވެފަ އެވެ.

ރާއްޖެ އަށް ދެން އޮތީ، ބުރާސްފަތި ދުވަހު ނޭޕާލާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ބޫޓާނާ ކުޅޭނެ އެވެ. އަދި ފަހު މެޗުގައި، އަންނަ ހަފްތާ ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox