ޗެމްޕިއަންކަން ހޯދުމުގެ އަސްލަކީ ޓީމު ވޯކް: ހުޒޭ

ޗެމްޕިއަންކަން ހޯދުމުގެ އަސްލަކީ ޓީމު ވޯކް: ހުޒޭ

ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭއްވި އެންމެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ސަބަަބަކީ، ފުރަތަަމަ ދުވަހުން ފެށިގެން ޓީމުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށް ޓީމުގެ ތަރި ހުޒައިފަތު ރަޝީދު (ހުޒޭ) ބުނެފި އެވެ.

ރާއްޖޭން ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅުނު ހަ މެޗުން ވެސް މޮޅުވުމަށް ކަނޑައެޅި ޓާގެޓަށް ވާސިލްވެފަ އެވެ. ފަހު މެޗުގައި ރާއްޖޭން 5-2 އިން ސްރީ ލަންކާ ބަލިކުރިއިރު، އެ މެޗުގައި ހުޒޭ ވަނީ ލަނޑު ޖަހައިފަ އެވެ.

އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި، ހުޒޭ ބުނީ، އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ގައުމީ ފުޓްސަލް ޓީމުން ބިނާވީ ޓީމު ވޯކާ އެކީ ކުރިއަށްދާނެ ޓީމެއް ގޮތަށް ކަމަށެވެ.

"ޓީމު ވޯކް މި ގޮތަށް ފުރަތަމަ ދުވަހުން ފަށައިގެން މިއަދާ ހަމައަށް އޮތްއިރު، އެނގޭ ފަހު މެޗުތަކަށް އަންނައިރު ދިވެހި ރާއްޖެ އަށް ވަރަށް އުނދަގޫވާނެކަން، ޕްރެޝަރުގައިކަން ދާނީ، އެއީ ވާގޮތަކީ، ހުރިހާ ޓީމެއް ވެސް އަންނަނީ ރާއްޖެ ބަލިކުރަން. އެހެންވީމަ އަސްލު އުނދަގޫވީ،" ހުޒޭ ބުންޏެވެ.

ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދައްކަން އޮންނަ ޔަގީންކަމަކީ، ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ކޮންމެ ކުޅުންތެރިއަކަށް ވެސް އިތުބާރުކުރުން ކަމަށް ހުޒޭ ފާހަގަކުރި އެވެ.

"ޑޭ ވަން އިން (ފުރަތަމަ ދުވަހުން) ފަށައިގެން ކޯޗު، މިއަދާ ހަމައަށް ވެސް ކޯޗު، ހުރިހާ ޕްލޭޔަރުންނަށް، ވަކި ޕްލޭޔަރުންނަށް އެންމެންނަށް ވެސް ކޯޗުގެ އިތުބާރު އޮތް، ކޯޗު ކޮންމެ މީހަކަށް ވެސް ހަމަ ޓްރަސްޓްކޮށްފައި، ކޮންމެ މެޗެއްގައި ވެސް ކޮންމެ ކުުޅުންތެރިއަކު ވެސް ހަަމަ ޔޫސްކުރި (ބޭނުންކުރި)،" ހުޒޭ ބުންޏެވެ.

ރާއްޖޭން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ކުުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވީ ފަރަގު ބޮޑުކޮށެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި، 5-0 އިން އިންޑިއާ ބަލިކޮށް، ވާދަކުރާ ހުރިހާ ޓީމަކަށް ބޮޑު މެސެޖެއް ދިނެވެ.

އެކަމަކު ފަހުން ކުޅުނު ތިން މެޗުގައި، ރާއްޖެ ކައިރިން ނޭޕާލާއި ބޫޓާން އަދި ލަންކާ އިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް އެ ދެ މެޗުން ވެސް ރާއްޖޭން ކުރިހޯދި އެވެ. ނޭޕާލް އަތުން 2-1 އިން އަދި، ބޫޓާންގެ މައްޗަށް 3-1 އިންނެވެ. އަދި، އިއްޔެ، ލަންކާ އަތުން 5-2 އިން ވަނީ މޮޅުވި އެވެ.

ހުޒޭ ބުނީ، މި ވަރުގެ ކާމިޔާބެއް ލިބުމަކީ ގުޅިގެން ކުރެވުނު މަސައްކަތާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުން ކަަމަށެވެ.

"އެފްއޭއެމް އިން ހޯދައިދިން ޗައިނާ ޓްރެއިނިން ކޭމްޕަކީ ވަރަށް ބޮޑު އެއްޗެއް (މި ކާމިޔާބީގައި) ދެން، އަނެއްކާ ވެސް ބޭރު ކޯޗަކާ އެކީ މަސައްކަތްކޮށްލައިގެން ދިއުން އެއީ، އަޅުގަނޑު ބުނާނެ ތަފާތަކީ، ޗައިނާ ޓްރެއިނިން ކޭމްޕާ ހިސާބުން އަޅުގަނޑުމެންނަށް އެހާ ބޮޑު ކުރިއެރުމެއް ލިބުނީ،" ހުޒޭ ބުންޏެވެ.

"(މި ކާމިޔާބުން) ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ސާފް ސަރަހައްދުން ރާއްޖެ ވާނެ ވަރުގަދަ ބާރަކަށް،"

ގައުމީ ފުޓްސަލް ޓީމުން މިރޭ އެނބުރި ރާއްޖެ ދިއުމުން، އާޓިފިޝަލް ބީޗް ސަރަހައްދުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހަފްލާއެއްގައި ޓީމަށް މަރުހަބާ ދެންނެވުމަށް އިވެންޓެއް ވަނީ ރާވައިފަ އެވެ. އަދި، މި އިވެންޓްގައި، ހަވާއެރުވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox