ސްޕޯޓްސް މިނިސްޓްރީން ބުނެފައި އޮތަސް ފުޓްސަލް ޓީމަށް މަރުހަބާ ކިޔަން މުއިއްޒު ދާން ހަމަޖެހިފައެއް ނެތް: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ފުޓްސަލް ޓީމަށް މަރުހަބާ ކިޔަން އެމަނިކުފާނު ނުދިޔައީ އެކަން ހަމަޖެހިފައި ނެތުމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ ---- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒު: ފުޓްސަލް ޓީމަށް މަރުހަބާ ކިޔަން އެމަނިކުފާނު ނުދިޔައީ އެކަން ހަމަޖެހިފައި ނެތުމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ ---- ފޮޓޯ: އަދަދު

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން އެނބުރި ގައުމަށް އައި، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ރަސްމީކޮށް މަރުހަބާ ކިޔުއްވާނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނި ނަމަވެސް ރޭގެ އިވެންޓުގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގަތީ އެކަން ހަމަޖެހިފައި ނެތުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އިވެންޓާއި ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީން މީޑިއާތަކާއި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން ރޭގެ އިވެންޓަށް މުއިއްޒު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ 10:00 ގަ އެވެ.

މުއިއްޒު ވަޑައިގެން ޓީމަށް މަރުހަބާ ދެންނެވުމަށްފަހު ހަވާ އެރުވުން އޮންނާނެ ކަމަށާއި އެއަށްފަހު ޓީމާއި އެތަނަށް އެއްވެ ތިބި މީހުންނާ މުހާތަބުކޮށް އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށް ވެސް، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުން އެ މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ނަމަވެސް، ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އިވެންޓުގައި މުއިއްޒު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ޓީމަށް މަރުހަބާ ދެންނެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ.

މުއިއްޒު އިވެންޓަށް ވަޑައިނުގެންނެވީ ކީއްވެތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހީމް ހަލީލް ވިދާޅުވީ ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ދަންނަވަން، މުއިއްޒު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީން މުއިއްޒު ވަޑައިގަންނަވާނެ ކަމަށް ބުނީ ކީއްވެތޯ އެހުމުން ހަލީލު ވިދާޅުވީ އެކަން ސާފުކުރަން ޖެހޭނީ އެ މިނިސްޓްރީން ކަމަށެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުން އިއްޔެ މެންދުރު ދަތުރު ފެށި، ގައުމީ ފުޓްސަލް ޓީމުން ސްރީ ލަންކާގައި ޓްރާންސިޓްވުމަށް ފަހު، އެނބުރި ގައުމަށް އައީ ރެޔެވެ. މިނިސްޓަރު ރާފިއު އާއި ތޯރިގުގެ އިތުރުން ކުޅުންތެރިންގެ އާއިލާއިން ޓީމަށް އެއާޕޯޓުން މަރުހަބާ ކިޔެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނަށް ވެސް އެއާޕޯޓުގެ ވީއައިޕީގައި ކުޅުންތެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިވެފައި އޮތެވެ.

އެއާޕޯޓުގެ އިވެންޓަށް ފަހު، ގައުމީ ފުޓްސަލްޓީމުން ބަހުގައި ސޯޝަލް ސެންޓަރަށް އައުމަށް ފަހު، ސޯޝަލް ސެންޓަރުން ފެށިގެން އާޓިފިޝަލް ބީޗަށް އައީ، ލޮރީ ބުރެއްގަ އެވެ. މަޖީދީމަގުން ލޮރީ ބުރު ކުރިއަށްދިޔައިރު، އެކި ސަޕޯޓަރުންނަށް ތަށީގައި އަތްލުމުގެ ފުރުސަތު ދިނީ ކުޅުންތެރިންނެވެ. ނަމަވެސް، މަގުގައި އުންމީދުކުރި ވަރަށް އާންމުން އެއްވެފައެއް ނުވެ އެވެ.

އެ އަށް ފަހު، ޓީމު އެއްކޮށް، އާޓިފިޝަލް ބީޗަށް އައިއިރު، ބޮޑު އިވެންޓަށް އެ ތަނަށް ޖަމާވެ ގިނަ ބަޔަކު ތިއްބެވެ. އެ ސަރަހައްދުގައި ވެސް، ގައުމީ ޓީމަށް މަރުހަބާ ކިޔަން ނުކުންނާނެ ކަމަށް ބެލެވުނު ވަރަށް މީހުން އެއްވެފައެއް ނުވެ އެވެ.

އާޓިފިޝަލް ބީޗުގައި އެއްވެފައި ތިބި މީހުންގެ ތެރޭގައި، ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާއި ފުޓްސަލް ސަޕޯޓަރުންނާއި، ރާއްޖޭގެ ފުޓްސަލް އަށް އެކިއެކި ގޮތްގޮތުން، އެހީތެރިވި މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox