ހުރިހާ ޓީމެއް ވެސް ތައްޔާރުވާނީ ރާއްޖެއާ ދެކޮޅަށް

Jan 19, 2026, 3:19 AM
ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ).--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ).--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތުމުން، ބާކީ މުބާރާތުގައި އޮތް ހަ ޓީމުން ވެސް ދެން ތައްޔާރުވާނީ ރާއްޖެއާ ދެކޮޅަށް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނެފި އެވެ.

ބެންކޮކް/ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފްގެ އަންހެން އަދި ފިރިހެން ފުރަތަމަ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، 7-1 އިން ޕާކިސްތާން އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ރާއްޖޭން ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ.

ރާއްޖޭން ފުރަތަމަ ދެ މެޗަށް ފަހު، ދެން މެޗެއް ކުޅެން ޖެހެނީ ތިން ވަސް ފަހުންނެވެ. އެހެންވެ، އެއް ދުވަހުގެ ބްރޭކެއް ކުޅުންތެރިންނަށް ދިނުމަށް ފަހު، އިއްޔެ ވަނީ ބާކީ އޮތް ހަތަރު މެޗަށް ޕްރެކްޓިސް ފަށައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ޓީމުގެ އެސިސްޓަންޓް ކޯޗު، ނިޔާ، ދިން އިންޓަވިއުއެއްގައި ބުނީ، ފުރަތަމަ ދެ މެޗުގައި ކުޅުންތެރިންގެ ކުޅުމުގެ ލެވަލް ހުރީ ވަރަށް ރަނގަޅަށް ބޭނުންވި ގޮތަށް ކަމަށެވެ. އަދި، މިހާރު ކުޅުންތެރިންގެ ހުރިހާ ސަމާލުކަމެއް ހުރީ މާދަމާ، އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ނިޔާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ބްރޭކު ލިބިފައި ޕްލޭޔަރުންގެ ރިކަވަރީ ޓައިމް ލިބިފައި ދެން ޕްރެޕެއާ ވެވޭން މިއިން ދެ ދުވަހު ޕްރެޕެއާ ވެވޭއިރު އިންނާނީ ހަމަ ޓީމު އެންމެ ރަނގަޅަށް ސެޓުވެފައި ކަމަށް،" ނިޔާ ބުންޏެވެ.

އިންޑިއާ މެޗަށް ފަހު، ރާއްޖެ އަށް ދެން އޮންނާނީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ނޭޕާލާއި މި މަހު 22 ވަނަ ދުވަހު ކުޅޭއިރު، ބޫޓާނާ ދެކޮޅަށް މި މަހު 24 ގައި ކުޅޭނެ އެވެ. އަދި، ފަހު މެޗުގައި ލަންކާއާ ކުޅޭނީ މި މަހު 26 ވަނަ ދުވަހު އެވެ.

ނިޔާ ބުނީ، މުބާރާތުގެ ފޯމެޓް ރޭވިފައި ހުރި ގޮތުން ބަލާކަމަށްވަންޏާމު ކޮންމެ ޓީމަކަށް ގެއްލުންވާނެ އަދި ފައިދާނެގޭނެ ކަންކަން ހުންނާނެ ކަމަށެެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ އެންމެ ރަނގަޅު ދުވަހެއް ނޫން ވެއްޖިއްޔާ އެ ލިބޭ ޗާންސްތައް ކްރިއޭޓްކޮށްފައި ސްކޯރިއަށް ނާދެވިއްޖިއްޔާ ޑިސަޕޮއިންޓްމަންޓަކަށް ދާނީ. އަނެއްކާ ޗާންސްތައް ލިބި އޭތި ޖަހަން ފެށީމަ ސްކޯރިން އަށް އަންނަން ފެށީމަ އެއީވެސް އެޑްވާންޓޭޖެއް. އެހެންވީމަ، މުބާރާތުގައި ބާކީ ހުރި މެޗުތަކަށް ބަލައިިފިއްޏާމު ހުރިހާ ޓީމެއް ވެސް މި ވަގުތު ތައްޔާރުވާނީ، އަޅުގަނޑުމެންނާ އިދިކޮޅަށް. ރާއްޖެ ޓީމާ ދެކޮޅަށް ވަރަށް ރަނގަޅަށް ރެޑީވާނެ، ތައްޔާރީތައް ވެސް ގެންގުޅޭނެ،" އެންމެ ފަހުން އޮތް އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ހެޑް ކޯޗަކަށް މަސައްކަތްކުރި ނިޔާ ބުންޏެވެ.

"އަޅުގަނޑުމެން ވެސް ބާކީ މީދަ ހަތަރު މެޗަށް ފޯކަސް ގެއްލުވައިނުލައި ފާއިތުވި ދެ މެޗަށް ވުރެން ބޮޑަށް ހުރިހާ ޕްލޭޔަރުންގެ ވެސް މައިންޑްްސެޓު ސެޓުކޮށް ޕްރެކްޓިސްތަކާ އެއްޗެހި ޑިވެލޮޕްކޮށް ހުރިހާ އެއްޗެއް ވެސް ރެޑީވެގެންދާނީ،"

ސާފްގެ ފިރިހެން ޑިވިޝަނުގެ ތާވަލަށް ބަލާއިރު، ރާއްޖެ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ޕާކިސްތާނާ އެއްވަރަށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ޕާކިސްތާނުން ތިން މެޗު ކުޅުނުއިރު، ރާއްޖޭން ކުޅުނީ ދެ މެޗެވެ. ތިން ވަނައިގައި އޮތް ނޭޕާލާއި ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލުން ކުޅުނީ ދެ މެޗެވެ. އެކަމަކު، ބަންގްލަދޭޝުން ތިން މެޗު ކުޅެފައިވެ އެވެ. އިންޑިއާ ފަސް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން އެއްވަރުވެ، ދެ ޕޮއިންޓާ އެކު އެެވެ. ހަ ވަނައިގައި އޮތް ބޫޓާނާއި އެންމެ ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ނިޔާ ބުނީ، ބާކީ ހުރި މެޗުތަކަށް ބަލާއިރު، ވަކި މެޗެއް މުހިންމު ކަމަށް ބަަލައިގެން ކުޅުމަށް ވުރެން ވިސްނުން ބަހައްޓާނީ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއްގެ ގޮތުގައި ދެކިގެން ތައްޔާރުވެ މޮޅުވާން މަސައްކަތް ކުރުމަށް ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއީ ލީގު އުސޫލުން ކުޅޭ މުބާރާތަކަށް ވީމަ، ކޮންމެ މެޗެއް ވެސް އެއީ މުހިންމު މެޗެއް. މީގަ އެޑްވާންޓޭޖް މި އިންނަނީ ޕޮއިންޓް ސިސްޓަމް އިންނަގޮތުން، ދެން، އަޅުގަނޑުމެން ވިނިންގައި ދާ ކަމަށްވަނީމަ އެ އިންނަނީ ވަރަށް ރަނގަޅަށް. އެހެންވީމަ، އެހެން ޓީމުތަކުން އެ ޕޮއިންޓް ޑްރޮޕް ވުމާ މި ކަހަލަ ކަންކަން އަންނައިރުގައި އަޅުގަނޑުމެން ވިނިން ސްޓްރީކުގައި އިނދެއްޖިއްޔާ، މި އިންނަނީ ހަމަ ރަނގަޅަށް ކަމަށް ބެލެވެނީ،" ނިޔާ ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ވެސް ވަނީ ޓީމު އެކުގައި ރަނގަޅު ވިސްނުމުގައި ބާކީ ހުރި މެޗުތަކަށް ނުކުތުމުގެ މުހިންމު ކަމުގެ ވާހަކަ އަބަދުވެސް ހަނދާން ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު އޮތީ މާދަމާ ރާއްޖެ ގަޑިން 15:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox