ރާއްޖެ އަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފެށުން ދިޔައީ ބޭނުންވި ގޮތަށް

Jan 14, 2026, 4:27 PM
ޕާކިސްތާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން އިންމި.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ޕާކިސްތާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން އިންމި.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކޮށް ބޮޑު މޮޅަކުން މުބާރާތް ފެށުމަކީ މުޅި ޓީމު ވެސް ބޭނުންވި ގޮތަށް ކަމަށް ގައުމީ ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ.

ސާފްގެ ހަތް ގައުުމުން ވާދަކުރާ، މި ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނީ މިއަދުގެ ތިން ވަނަ މެޗުގަ އެވެ. ފުރަތަމަ މެޗުގައި ބޫޓާން އާއި ސްރީ ލަންކާ 3-3 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި، ބަންގްލަދޭޝް އާއި އިންޑިއާ ވަނީ 4-4 އިން އެއްވަރުވެފަ އެވެ. ލީގު އުސޫލުން ކުޅޭ ސާފް ފުޓްސަލް މުބާރާތުގެ ފުރަތަމަ މޮޅާ އެކު، ރާއްޖެ އޮތީ އެއް ވަނައިގަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަޑް ތައްޔާރުވާން، ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު، ޕްރެކްޓިސް ފަށައި، މުބާރާތުގައި ވާދަކުރަން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް އައީ ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. ޗައިނާގައި ޓްރެއިނިން ކޭމްޕްގައި މެޗުތަކެއް ކުޅުނުއިރު، ރާއްޖޭގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ވަނީ ކުޅުންތެރިންގެ ކުރިއެރުން ފާހަގަކޮށްފަ އެވެ.

"ދެން، އަސްލު ޗައިނާގެ މި ކޭމްޕުގެ އިފެކްޓު މި ފެންނަނީ. ވަރަށް ހަަމަ ކޮންފިޑެންސާ އެކު ޓީމު މި އޮތީ، ކޯޗުގެ ޓެކްޓިކަލް ގޭމަށް ޑޭ ވަން އިން ފަށައިގެން (ފުރަތަމަ ދުވަހުން ފަށައިގެން) ޓީމު މި މަސައްކަތް ކުރަނީ، ހަމަ އޭތި މެޗުގައި ވެސް މި ފެނިގެންދިޔައީ،" ޕާކިސްތާން އަތުން ރާއްޖެ މޮޅުވި މެޗުގައި ދެ ގޯލު ޖެހި އިންމި، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

"މި ދެން ހަމަ މުޅި ޓީމު ވެސް ބޭނުންވި ގޮތް ހަމަ، މުބާރާތް ފަށާލަން ހަމަ ރަނގަޅު މެސެޖަކުން ހަމަ، އަސްލުގައި، މި ޓޯނަމެންޓްގައި އަހަރެމެން ރާއްޖެ އައިސްފައި މި އޮތީ ހަމަ ކުޅެލާކަށް ނޫންކަން، ހަމަ ތަށްޓައް ނުކުމެ އޮތް ޓީމެއް ކަން އަންގައިދޭން ބޭނުންވަނީ،"

މިއީ، ސާފް އިން ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތެވެ. ރާއްޖޭގެ ފިރިހެން ޓީމުން މި މުބާރާތަށް ކަނޑައަޅާފައިވާ ޓާގެޓަކީ ތަށްޓެވެ. އިންމި ބުނީ، މުޅި ޓީމު ވެސް އެ އަޒުމުގައި މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.

"ޓީމު ދެން މި ބުނިހެން، އެންމެ ޓާގެޓަކަށް ވޯކްކުރާނީ، މެޗަކަށް ފަހު މެޗެއް ނަގައިގެން، ޓޯނަމެންޓް ކާމިޔާބު ކުރުން. އެ ދެން ހަމަ މުޅި ޓީމު ވެސް މި ފައިޓްކުރާ ކަމަކީ ހަމަ" އިންމި ބުންޏެވެ.

އިންމިގެ އިތުރުން، ޕާކިސްތާން ކޮޅަށް ރާއްޖޭން ދެން ލަނޑު ޖެހީ، އަހުމަދު ހަމީދު (އައްމަޑޭ)، އަލީ ޝިޔާހު (ޝިޔަޅޭ)، އަލީ ޝަމާލް އަބްދުﷲ (ޝަންމު) އަދި ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) އެވެ.

މިއަދު ޕާކިސްތާން އަތުން މޮޅުވުމުގެ ކުރިން، ގައުމީ ފުޓްސަލް ޓީމުން މީގެ ކުރިން މޮޅުވި މެޗަކީ، ތައިލެންޑްގައި 2022 ވަނަ އަހަރު ކުރިއަށްދިޔަ، އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން މޮންގޯލިއާ ބަލިކޮށް ހޯދި މޮޅެެވެ. ހަ ގައުމު ކުޅުނު އެ މުބާރާތުގައި ރާއްޖޭން ވަނީ ފަސް ވަނަ ހޯދައިފަ އެެެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމުގެ، ދެ ވަަަނަ މެޗުގައި މި މަހު ހުކުރު ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި މި މަހު 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، މި މަހު 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox