ޕާކިސްތާން އަތުން ބޮޑު މޮޅަކާ އެކު ރާއްޖޭން ފެށީ ވަރުގަދަކޮށް

Jan 14, 2026, 2:34 PM
ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ތަފާތު ބޮޑުކޮށް 7-1 އިން މޮޅުވެ، ވަރުގަދަކޮށް މުބާރާތް ފަށައިފި އެވެ.

ސާފްގެ ހަތް ގައުުމުން ވާދަކުރާ، މި ސަރަހައްދުގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނީ މިއަދުގެ ތިން ވަނަ މެޗުގަ އެވެ. ފުރަތަމަ މެޗުގައި ބޫޓާން އާއި ސްރީ ލަންކާ 3-3 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި، ބަންގްލަދޭޝް އާއި އިންޑިއާ ވަނީ 4-4 އިން އެއްވަރުވެފަ އެވެ.

ތައިލެންޑުގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ރާއްޖޭން ފުރަތަމަ ހަމަލާއެއް ފޮނުވާލީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން، އޭރިއާތެރެެއިން ލިބުނު ފުރުސަތަކުން ރަނގަޅު ތަނަށް އަރައި ހުރެ، އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ރާއްޖެ އަށް ލީޑުނަގައިދީފަ އެވެ.

ކުރިއަށްޖެހިގެން ކުޅެ، އެޓޭކުގައި ގިނަ ވަގުތު ހޭދަކުރި ރާއްޖޭން ފުރަތަމަ ހާފުގައި އިތުރު ހަތަރު ގޯލު ޖެހި އެވެ. ލީޑުފުޅާކުރި ގޯލު އޭރިއާތެރެއިން ޕާކިސްތާން ކީޕަރު، މުހައްމަދު ތާހިރު އަތުން ދޫވި ބޯޅައެއް އަލީ ޝިޔާހު (ޝިޔަޅޭ) ވަނީ ގޯލަށް ވައްދާލައިފަ އެވެ. އެޓޭކުގައި ރަނގަޅު ކުޅުމެއް ދައްކައި، ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) އެވެ. އިންމި، ވަނީ ލިބުނު ފުރުސަތުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރާއްޖޭގެ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ ޕާކިސްތާންގެ ރަނގަޅު އެޓޭކެއް ހުއްޓުވައި، އެ ޓީމުން ޕަވަޕްލޭގައި ކުރިއަށް ޖެހިގެން ތިބި ވަގުތު ގޯލަށް ބޯޅަ ފޮނުވާލައި، ރާއްޖޭގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެެވެ. އަދި، ފުރަތަމަ ހާފުގެ ފަހު ވަގުތު ޕާކިސްތާންގެ ހަ ވަނަ ފައުލާ އެކު ލިބުނު ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށް، އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ވެސް ޕާކިސްތާނުން ގޯލެއް ޖަހަން، ޕަވަޕްލޭގައި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ފޮނުވައިގެން ކުޅެނިކޮށް، ލިބުނު ފުރުސަތެއްގައި، އިންމި ވަނީ އަމިއްލަ ހާފު ތެރޭގައި ހުރެ ގޯލަށް ބޯޅަ ފޮނުވާލައިގެން ރާއްޖޭގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ.

ރާއްޖޭން ހަ ވަނަ ގޯލު ޖެހި ފަހުން، ޕާކިސްތާނުން ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައި، ނިސާރު ހުސެއިން، އޭރިއާބޭރުން ތިރިތިރިން ގޯލަށް ބޯޅަ ވައްދާލި އެވެ.

މި ހާފުގެ 13 ވަަނަ މިނިޓްގައި، ރާއްޖޭގެ ހަތް ވަނަ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝައްޕެ) އެވެ. ލިބުނު ފުރުސަތުގައި ޝާއްޕެ ވަނީ ހަަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމުގެ، ދެ ވަަަނަ މެޗުގައި މި މަހު 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި މި މަހު 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، މި މަހު 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox