ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ގައުމީ ފުޓްސަލް އަކީ ބޭނުންވި ފުރުސަތެއް

Jan 11, 2026, 6:32 AM
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެެއިން ޝާލިޔާ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެެއިން ޝާލިޔާ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ރާއްޖޭގައި އަންހެން ފުޓްސަލް ޓީމެއް ވުޖޫދުވެ، އެ މަސައްކަތް ފަށައިގެން މުބާރާތެއްގައި ވާދަކުރުމަކީ ބޭނުންވެފައި ހުރި ފުރުސަތެއް ކަމަށް މި މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކެޕްޓަން، ފާތިމަތު ޝާލިޔާ (ޝާ) ބުނެފި އެވެ.

މުޅިން އަލަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައި، މި މަހުގެ 13-26 އަށް ތައިލެންޑުގެ ނޮންތަމްބުރީގައި ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕަށް އެ ގައުމަށް ވަނީ ގޮސްފަ އެވެ. ސާފް އިން ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތުގައި ވާދަކުރާ އަންހެން ގިނަ ޓީމުތަކަށް މިއީ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެެނެ އެވެ. ގިނަ ޓީމުތަކުގައި މި ހިމެނެނީ ވެސް ފުޓްބޯޅަ ޓީމުގައި ވެސް ކުޅޭ ކުޅުންތެރިންނެވެ.

"ވަރަށް އުފާވޭ އަލަށް ރާއްޖޭގައި (އަންހެން) ފުޓްސަލް ޓީމެއް އުފެދިގެންދިޔައީމަ ވަރަށް ދެކެން ބޭނުންވި ދުވަހެއް މިއީ،" ގައުމީ އަންހެން ފުޓްސަލް ޓީމުގެ ތަރި، ޝާލިޔާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ގައުމީ އަންހެން ފުޓްސަލް ޓީމު އެކުލަވާލުމުގައި މައިގަނޑު ގޮތެއްގައި ބެލީ މިދިޔަ މަހު ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަށެވެ. އެ މުބާރާތް މިދިޔަ މަހު 23 ގައި ނިމުނު ފަހުން، އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިސް ފަށައި، މިހާތަނަށް އައިއިރު ނިސްބަތުން ބަލާއިރު ކުރެވުނީ މަދު ޕްރެކްޓިސްތަކެކެވެ.

ޝާލިޔާ ބުނީ، މުބާރާތަށް ތައްޔާރުވާން ލިބުނު ދުވަސް، އެހެން ޓީމުތަކާ އަޅާކިޔާއިރު، މަދު ކަމަށެވެ. އެކަމަކު، ލިބުނު ދުވަސްކޮޅުގެ ބޭނުންހިފަން ކޯޗުންނާއި ކުޅުންތެރިން އެކުގައި ކުރި މަަަސައްކަތް ރަނގަޅު ކަމަށް ޝާލިޔާ ވަނީ ބުނެފަ އެވެ.

ތާރީހީ ފުރަތަމަ މުބާރާތް ކަމަށްވާތީވެ، އާ ތަޖުރިބާއެއް ނަމަަވެސް ޓާގެޓްތަކެއް ޓީމުގެ އެބައޮތް ކަމަށް ޝާލިޔާ ވަނީ ބުނެފަ އެވެ.

"މުބާރާތުގައި ދެވެން އިން އެންމެ ދުރަކަށް ދިއުން އެއީ، އަސްލު ޓާގެޓަކީ، ހުރިހާ ކުޅުންތެރިންނާއި ކޯޗުންނާއި އެ ޓާގެޓަށް ހާސިލްވެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މި ދަނީ،،" ޝާލިޔާ ބުންޏެވެ.

ސާފް ފުޓްސަލް މުބާރާތްތަކުގައި ވާދަކުރާ އަންހެން ޓީމުތަކުގެ ތެރެއިން، ރާއްޖެ ފިޔަވައި، ދެން ހުރިހާ ޓީމަކުން ވެސް އިންޑޯގައި ތަމްރީނު ކުރިއަށް ގެންދިޔަ އެވެ. ރާއްޖޭގެ އަންހެން ޓީމު އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދަން ކުރި މަސައްކަތަށް ކުރިމަގެއް ނުފެނި، މުބާރާތަށް ދާން ޖެހުނީ އިންޑޯއެއްގައި ޕްރެކްޓިހެއް ކުރަން ނުލިބި އެވެ.

ދިމާވި ހާލަތްތަކައި އެހެން ކަންކަމަށް އަލިއަޅުވާލައި، ޝާލިޔާ ވަނީ ސަޕޯޓަރުންނަށް މުހިންމު މެސެޖެއް ދީފަ އެވެ.

"ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އަލަށޭ އަޅުގަނޑުމެން ކުރިމަތި މި ލަނީ، އެހެން ނަމަވެސް ފަހަތަކަށް ނުޖެހޭނަމޭ، އަޅުގަނޑުމެންގެ އެންމެ ބެސްޓް ރިޒަލްޓް، އެންމެ ރަނގަޅު ރިޒަލްޓް ނެރެން މަސައްކަތް ކުރާނަމޭ، ސަޕޯޓް ދެއްވައްޗޭ، ލިބުނު ތައްޔާރީތަކާ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ލިބުނީ މުބާރާތަށް ރޭޑީވާން އަސްލު 10 ދުވަސް، 10 ދުވަހުން މި ވެވުނު ތައްޔާރީތަކަށް އަޅުގަނޑު، ހަމަ ގައިމު ވެސް ހިތްހަމަޖެހިފައި މި ހުރީ، އުންމީދަކީ ހަމަ ރަނގަޅު ކާމިޔާބީއެއް މި މުބާރާތުގައި ރާއްޖެ ޓީމަށް ލިބިގެންދިއުން،" ރާއްޖޭގައި ބޭއްވި އައުޓް ޑޯ (އާޓިފިޝަލް ޓާުފުގައި ކުޅޭ) ފުޓްސަލް މުބާރާތްތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، ކާމިޔާބު ހޯދާފައިވާ ޝާލިޔާ ބުންޏެވެ.

ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވްގެ ވެސް އެއްބާރުލުމާ އެކު، އަންހެން ފުޓްސަލް ޓީމުގެ ކަންކަން ކުރިއަށްގެންދިޔަކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު، އާތިފް މުހައްމަދު (އާތީ) ވަނީ ބުނެފަ އެވެ. އަދި، އުޒްބެކިސްތާންގެ ގައުމީ އަންހެން ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ފާރޫކް ދިން ޕްލޭނާ އެކު، ރާއްޖޭގެ އަންހެން ޓީމުގެ ޓްރެއިނިންގެ ކަންކަން ރާވައި އޭގެ އަށް މަސައްކަތް ކުރެވުނުކަން އާތީ ވަނީ ފާހަގަކޮށްފަ އެވެ.

ފުރަތަމަ ފަހަރަށް އެކުލަވާލި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުގައި ހިމެނޭ ދެ ކީޕަރުންނަކީ، ފާތިމަތު ސައުޝަން އާއިި ސާއިގާ ހުސެއިން އެވެ. ދެން، ހިމެނޭ 12 އައުޓްފީލްޑް ކުޅުންތެރިންނަކީ، ފާތިމަތު އަފްޒާ، ފާތިމަތު ސާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާހިމް، އައިމިނަތު ފަޒްލާ، ފާތިމަތު ސާއިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ޝާމިލާ، މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ އަދި ހައްވާ ހަނީފާ އެވެ.

ސާފްގެ ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ފުރަތަމަ މެޗުގައި، އަންނަ އަންގާރަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، މި މަހު 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، މި މަހު 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox