ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީ އަށް ހާއްސަވާނެ

Jan 4, 2026, 8:33 AM
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިޔާ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިޔާ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މި މަހު 13-27 އަށް ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީ އަށް ހާއްސަ މުބާރާތަކަށް ވާނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު، އަހުމަދު ނިޔާޒް (ނިޔާ) ބުނެފި އެވެ.

ސާފް އިން މުޅިން އަލަށް ބާއްވާ ދެކުނު އޭޝިއާ ސަރަަހައްދުގެ ފުޓްސަލް މުބާރާތަށް ވާދަކުރަން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. ސާޅީހަށް ވުރެން ގިނަ ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު ލިސްޓެއް ހަދައި، 35 އަށް ވުރެން ގިނަ ކުޅުންތެރިންނާ އެކު، ޕްރެކްޓިސް ކުރިއަށްގެންގޮސް، ތިން ފަހަރެއްގެ މަތިން މިހާތަނަށް ސްކޮޑުކުޑަކޮށް، 17 ކުޅުންތެރިންނާ އެކު، މި ވަގުތު ޗައިނާގައި އަންނަނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.

ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ހުރީ، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް އެވެ. އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ނިޔާ އަކީ، އެންމެ ފަހުން ރާއްޖޭން މިދިޔަ އަހަރު އޭޝިއަން ފުޓްސަލް ކޮލިފައިންގައި ކުޅުނުއިރު، ޓީމުގެ ހެޑް ކޯޗެވެ. "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނިޔާ ބުނީ، ގައުމީ ފުޓްސަލް ޓީމުގައި އޮތީ، މި ވަގުތު ރާއްޖޭގައި ނެގޭނެ އެންމެ ރަނގަޅު ސްކޮޑު ކަަމަށް ގަބޫލުކުރާ ކަމަށެވެ. އަދި، އެ ކުޅުންތެރިންނާ އެކު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން "ފުދޭވަރެއްގެ ބުރަ މަސައްކަތްތަކެއް" ކުރެވެމުންދާ ކަމަށް ނިޔާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ގާތްގަނޑަކަށް ހަތަރު ފަސް އަހަރެއްވެއްޖެ، އޭއެފްސީ ކޮލިފިކޭޝަންގައި ބައިވެރިވާތާ، އޭގެ ކުރިން ވެސް އެބަހުރި، ކޮންމެ ވެސް ވަރަަކަށް ޓޯނަމަންޓްތަކުގައި ފުޓްސަލް ބައިވެރިވެފައި، މި ރީޖަނަށް ބަލާއިރު، މި ސާކުގެ ސަރަހައްދަށް ބަަލައިފިއްޔާ، އަޅުގަނޑުމެން ކަންނޭނގެ މި ވަގުތު އެންމެ ފުޓްސަލްގައި ލީޑުކުރަމުން މި އަންނަނީ، އެހެންވީމަ ގަބޫލުކުރެވެނީ. މި މުބާރާތަކީ އަސްލު ދިވެހިރާއްޖޭގެ މި ފުޓްސަލް ކޮމިއުނިޓީ އަށް ވަރަށް ހާއްސަވެގެންދާނެ މުބާރާތެއްގެ ގޮތުގައި،" ގައުމީ ފުޓްސަލް ޓީމުގެ ކޯޗިން ޓީމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިޔާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ލެވަލްގެ ފުޓްސަލް މުބާރާތްތަކުގައި ގިނަ ތަޖުރިބާތަކެއްކޮށް، ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ނިޔާ ބުނީ، މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ލިބެނީ، ޓީމު ބިނާކުރަން ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އެންމެން ވެސް ގަބޫލުކުރާނެ ޓީމުގައި ކޮލިޓީ ޕްލޭޔަރުން އެބަތިބި، އެކަމަކު، އަޅުގަނޑުމެންނަށް ފީލްޑެއް (އިންޑޯއެއް) ނުލިބި ޕްރެކްޓިސްތަކެއް ނުކުރެވި ކޮންމެ ފަހަރަކު ވެސް ޓޯނަމެންޓަށް ޖޮއިން ކުރަން މި ޖެހެނީ. ޓޯނަމެންޓަށް ގޮސްފައި، ޓޯނަމެންޓްގެ ދެ ދުވަސް، މެޗު ވޯމްއަޕަކާ އެއްކޮށް އިތުރު ދުވަހެއް މި ލިބެނީ. އޭގެ ބަދަލުގައި 10 ވަރަކަށް ދުވަހުގެ ޓްރެއިނިން އެއް ކޭމްޕެއްގެ ގޮތުގައި ލިބިގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިޔާ ބުންޏެވެ.

ޗައިނާ ކޭމްޕްގެ އެންމެ ބޮޑު ބޭނުމަކީ، މާލޭގައި އާޓިފިޝަލް ޓާފް ދަނޑެއްގައި ޕްރެކްޓިސްކުރިއިރު، އެ ކުރި ކަންކަން އިންޑޯއެއްގައި ރަނގަޅަށް ފަރިތަކުރުން ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުން ޗައިނާ ޓްރެއިނިން ކޭމްޕް ނިންމާފައި، ތައިލެންޑަށް ދާނީ ޗައިނާ މަގުންނެވެ.

ސާފް ފުޓްސަލް މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox