ސާފް ފުޓްސަލް މުބާރާތަށް ޗައިނާ ކޭމްޕުން ވަރަށް ފައިދާކުރާނެ

Dec 31, 2025, 3:40 AM
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އިންމި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އިންމި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އަންނަ މަހު ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ފިރިހެން ފުޓްސަލް ޓީމުން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ޗައިނާގައި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕުގެ ސަބަބުން ޓީމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޓީމުގެ ތަރި، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ.

ތައިލެންޑުގައި އަންނަ މަހުގެ 13-26 އަށް ކުރިއަށްދާ ސާފްގެ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތަކީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ ފުރަތަމަ ފުޓްސަލް މުބާރާތެވެ. އެ މުބާރާތަށް ގަައުމީ ފިރިހެން ޓީމުން ޕްރެކްޓިސް ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ފަހު، އިއްޔެ ގައުމީ ޓީމު ވަނީ، ޗައިނާ އަށް ޓްރެއިނިން ކޭމްޕަކަށް ގޮސްފަ އެވެ. މިއީ، މި ގޮތަށް ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާ ފުރަތަމަ ފަހަރެެވެ.

އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ރާއްޖޭގެ ކެޕްޓަން، އިންމި ބުނީ މި ފަހަރުގެ މުބާރާތާ ދިމާކޮށް ކޭމްޕެއް ދިއުމަކީ ޕޮޒިޓިވް ކަމެއް ކަމަށާއި 10 ވަރަކަށް ދުވަހުގެ މި ކޭމްޕްގެ ފައިދާ މުބާރާތުގައި ކުރާނެ ކަމަށެވެ.

"މި ލިބެނީ އިންޑޯއެއްގައި ކުޅެލަން، ދެތިން މެޗު ވެސް އެބަ ލިބޭ ކަންނޭނގެ އެހެންވީމަ މީގެއިން އަސްލު ވަރަށް ބޮޑު ފައިދާއެއް ކުރާނެ، އެއީ ކުރިން އަހަރުތަކުގައި ހަމަ މުޅިން ޓާފްގައި ކުޅެފައި ގޮސްފައި މުބާރާތަށް މި ދަނީ، ދާއިރުގައި އެ އިންޑޯ އަށް އަރާލައިފައި، އެ މޫވްމަންޓްތަކާ ހުރިހާ އެއްޗެއްގެ އުނދަގޫތައް އަބަދުވެސް ދިމާވޭ. ދެން، މި ފަހަރު މި ބަލަނީ ތަންކޮޅެއް ބޮޑަށް ފަރިތަވެލައިގެން ސީދާ މުބާރާތަށް ދެވޭނެ ކަމަށް ކޭމްޕް ގޮސްފައި ނިމޭއިރުގައި،" އިންމި ބުންޏެވެ.

ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުން މީގެ ކުރިން އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ކުޅެ ރަނގަޅު ނަތީޖާތައް ނެރެފައިވެ އެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ރާއްޖޭން އޭޝިއާ ކޮލިފައިންގައި މުޅިން ކަހަލަ ގޮތަކަށް ކުޅެން ޖެހުނީ ރޭންކިންގައި މަތީ ލެވަލްގައި އޮތް ގައުމުތަކާ އެވެ. އެހެންވެ، އެކަށީގެންވާ ވާދައެއްކޮށް ނަތީޖާ ނެރެން އޮންނަ ޗެލެންޖް ބޮޑެވެ.

އެކަމަކު، ސާފް ފުޓްސަލް މުބާރާތުގައި ލެވަލްގެ ގޮތުން ބަލާއިރު، ދާދި އެއް ހަމައެއްގައި އޮތް ގައުމުތައް ވާދަކުރަން ޖެހުމަކީ، ރާއްޖޭގެ ފުޓްސަލް ކުރިއަށް ގެންދިއުމަށް ބަލާއިރު ރަނގަޅު ފެށުމަކަށްވާނެ ކަމަށް އިންމި ބުނެފައިވެ އެވެ.

"އަބަދުވެސް މި ކިޔަނީ، ރާއްޖެ ގޮސްފައި މި ކުޅެން ޖެހެނީ ވަރަށް ހައި (ދުނިޔޭގެ ރޭންކިން މަތި) ޓީމުތަކާ ދެން، އެހެންވީމަ، މިއީ (ސާފް ފުޓްސަލް ޗެމްޕިއަންޝިޕަކީ) ވަރަށް ރަނގަޅު ފުރުސަތެއް ކަންނޭނގެ ކޮމްޕެޓިޓިވްކޮށް ގޭމްތައް ކުޅެލަން ލިބޭ، މީގެއިން ހަމަ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެ އަށް ވެސް މި ސަރަހައްދަށް ވެސް އަންނާނެ ކަމަށް ބެލެވެނީ،" އިންމި ބުންޏެވެ.

ސާފް ފުޓްސަލް މުބާރާތް ކުރިއަށްދަނީ ލީގު ފޯމެޓަށެވެ. ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.

ޗައިނާ ކޭމްޕަށް ފަހު، މިހާރު އޮތް ގައުމީ ފުޓްސަލް ސްކޮޑު 14 ކުޅުންތެރިންނަށް ކުޑަކުރާނެ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުޓްސަލް ޓީމުން ވަރަށް ބޮޑުތަނުން ބަދަލު ފެންނާނެ ކަމަށް އިންމި ގަބޫލުކުރާ ސަބަބުތަކެއް އެބަހުއްޓެެވެ. އެ ގޮތުން، އެފްއޭއެމްގެ ސަޕޯޓް ވެސް ފުޓްސަލް ޓީމަށް ރަނގަޅަށް ލިބި، ބޭރުގެ ކޯޗަކާ އެކު މަހަކަށް ވުރެން ގިނަ ދުވަހު ޕްރެކްޓިސްކޮށް، ޓްރެއިނިން ކޭމްޕަަކަށް ފަހު މުބާރާތަށް ދާތީ އެވެ.

"ވަރަށް ރަނގަޅަށް މި ރެޑީ ވަނީ ބޭރު ކޯޗެއް ވެސް އެބަހުރި، އެހެންވީމަ ވަރަށް ބައިވަރު އެއްޗެހި ތަކެއް އެބަ ދަސްވޭ. އަސްލު ފުޓްސަލްގައި މިހާރު މި ކުޅެން ޖެހޭ ލެވަލް އަށް ކަންނޭނގެ އަދި ކިރިޔާ މި ޕްރެޕަރޭޝަންތައް ހެދެނީ މީގެއިން ހަމަ ވަރަށް ރަނގަޅު ޗޭންޖަސްތަކެއް ރާއްޖެ ޓީމަށް ފުޓްސަލް ޓީމަށް ކުރާނެ ކަމަށް އުންމީދުކުރެވެނީ،" އިންމި ބުންޏެވެ.

ދުނިޔޭގެ ރޭންކިންގައި މި ވަގުތު ރާއްޖެ އޮތީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، އެއް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox