ވަށައިގެންވާ ފަރުތައް ހަލާކުވަމުންދާތީ ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރި މުޒާހަރާ ކުރަނީ

ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ----

ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ----

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފަރުތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ގޮވާލައި އެ ފަރު ހިއްކާ ޑްރެޖަރު ކައިރި މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުށިދިއްގަރާއި ހައެއް ކިލޯމީޓަރު ދުރުގައި އޮންނަ މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުޒާހަރާގައި 20 ވަރަކަށް ލޯންޗު އަދި ދެތިން ދޯނި ބައިވެރިވެ އެވެ.

އެ ލޯންޗުތަކުގައި ދިވެހި ދިދަ ޖަހާފައި ހުރި އިރު ލޯންޗުތަކުގައި ތިބި މީހުން ތިބީ ފަރުތައް ހިމާޔަތްކުރުމަށް ގޮވާލައި އެކި ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ. ފަރުތައް ހިމާޔަތް ކުރުމަށާއި ތިމާވެށްޓަށް ގެއްލުންވާނެހެން ވެލި ނުނެގުމަށް އެ މީހުން ދަނީ ގޮވާލަމުންނެވެ.

"ރާއްޖޭގެ ފަރުތައް ހަލާކުކުރަނީ. ފަރުތައް ހަލާކު ކުރުން ހުއްޓާލާ. ފަރުތައް ސަލާމަތްކުރޭ،" މި ނޫހަށް ލިބިފައިވާ ވީޑިއޯއެއްގައި އެކަކު ގޮވާލަމުންދެ އެވެ.

މިއަދު މުޒާހަރާ ކުރަމުންދަނީ ރަސްމާލެ ހިއްކުމަށް ގެނެސްފައިވާ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން ކައިރީގަ އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކުމަށް ވެލި ނަގަމުންދަނީ މާފުއްޓާއި މޭލަކަށްވުރެ ވެސް ކައިރިންނެވެ.

ވެލި ނެގުމުގެ ސަބަބުން މާލެ އަތޮޅު ދެކުނު ބުރީގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި ކުނޑި ކިސަޑު ފެތުރެމުންދާކަން ޑްރޯން ވީޑިއޯތަކުންނާއި ސެޓްލައިޓު ފޮޓޯތަކުން ވެސް ދަނީ ފެންނަމުންނެވެ.

މިކަމާއި ގުޅިގެން ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފަހުން ކ. މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކޮންޓްރޯލެއް ނެތި ކުނޑި ކިސަޑު ފެތުރެމުން ދިއުމުގެ ސަބަބުން، ވަށައިގެންވާ މުރަކަ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ފަޅު ފުންކުރުމާއި ބިން ހިއްކުން ހިމެނޭކަން އަހަރެން ގަބޫލުކުރަން. ނަމަވެސް، ހުރިހާ ކޮންޓްރެކްޓަރުން ވެސް ސަރުކާރުގެ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ގަވާއިދުތަކަށާއި، އީއައިއޭ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،"

ރަސްމާލޭގެ ދެކުނުން އޮންނަ ގުޅި، މާފުށި އަދި ގުރައިދޫއަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ތިން ރަށެވެ. ދެކުނު މާލެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ވެސް ހިންގަމުން އަންނައިރު ގެސްޓުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓްތަކާއި ރާޅުތައް ހަލާކުވަމުން އަންނަ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

މިފަދަ ހުރިހާ މަޝްރޫއުއެއް ވެސް ހިންގަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އެއްކޮށް ހިއްކާ ނިމުނީ ކެޕިޓަލް މެރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ހިއްކި ސައިޓު ޖޭ އެކަންޏެވެ.

އެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި މޯހަން މުތާ އެކްސްޕޯޓުން ވަނީ އެ ކުންފުންޏާ ހަވާލުކުރި ހަތަރު ސައިޓުގެ ތެރެއިން ސައިޓު އެފް ހިއްކަން ފަށާފަ އެވެ. އަދި ޗައިނާގެ ދެ ކުންފުންޏާ ހަވާލުކުރި ތަންތަނުގެ ތެރެއިން ސައިޓު ސީ އާއި ސައިޓު އެލްގެ އިތުރުން ސައިޓު އޭ ވެސް އަންނަނީ ހިއްކަމުންނެވެ.

މި ޕްރޮޖެކްޓު ހިންގަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ އަށް ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެހާތަނަށް 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިއްޖެ އެވެ. މިއީ ފަހުގެ ޕްލޭނުގައި ހިއްކަން ބުނި ބިމުގެ ސަރަހައްދުގެ 21 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox