އިޓަލީވިލާތުގެ ސަގާފީ ރަހަ އެކުލެވޭ 'ކެމްޕެކްނާ' ޕާސްތާ އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކޮށްފި

Dec 15, 2025, 1:00 PM
އިޓަލީވިލާތުގެ ސަގާފީ ރަހަ އެކުލެވޭ 'ކެމްޕެކްނާ' ޕާސްތާ އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކޮށްފި

އިޓަލީވިލާތަކީ ޕާސްޓާ އުފެއްދުމުގައި ދުނިޔޭގެ އެންމެ މުއްސަނދި ތާރީހު އޮތް ގައުމެވެ. އެ ގައުމުގެ ސަގާފީ ރަހަތައް ހަމަ އެގޮތުގައި ދިވެހިންގެ ސުފުރާތަކާ ހަމައަށް ގެނެސްދިނުމަށް، އެމްޔޫ ސްޓޯރުން ޕާސްތާގެ ޕްރިމިއަމް މަރުކާއެއް ކަމުގައި 'ކެމްޕެކްނާ' ތައާރަފުކޮށްފި އެވެ.

'ކެމްޕެކްނާ' އަކީ އިޓަލީ ބަހުން "ރަށްފުށު" ނުވަތަ "ދަނޑުވެރިކަން ކުރާ ސަރަޙައްދު" މި މާނަ ދޭހަކޮށްދޭ ނަމެކެވެ. މި މަރުކާ ރަމްޒުކޮށްދެނީ އިޓަލީގެ ރަށްފުށުގެ ސަރަހައްދުތަކުގައި، ޒަމާނުއްސުރެ ގޮވާމުގެ ބާވަތްތައް ހައްދައި، އެންމެ މީރު ޕާސްތާ ތައްޔާރުކުރުމަށް ގެންގުޅުނު ގަދީމީ އުސޫލުތަކެވެ. މިއީ މެޝިނުތަކަށްވުރެ ބޮޑަށް، ފެންވަރު ރަނގަޅު ގޮވާމާއި އޭގެ ފަންނުވެރިކަމަށް އިސްކަންދީގެން އުފައްދާފައިވާ ތާރީހީ ރަހައެކެވެ.

އާދައިގެ ފުށުން ހަދާ ޕާސްޓާއާ ހިލާފަށް، ކެމްޕެކްނާ ޕާސްތާ ހަދާފައިވަނީ ހަމައެކަނި ޑިއުރަމް ވީޓް ބޭނުންކޮށްގެންނެވެ. އެއީ ގޮދަނުގެ ބާވަތްތަކުގެ ތެރެއިން އެންމެ "ހަރު" ގޮދަނުގެ ފުށެވެ. މިފަދަ ގޮދަނުގައި ޕްރޮޓީން ހުންނަ މިންވަރު ވަރަށް މަތިވާނެ އެވެ. ޑިއުރަމް ވީޓުގެ ފުށުން އުފައްދާފައި ވާތީ މި ބާވަތުގެ ޕާސްތާ ކައްކާއިރު ޕާސްތާ ޗަސްނުވެ، އޭގެ ރީތި ރަން ކުލަ ހިފަހައްޓައިދެއެވެ.

ދުނިޔޭގެ މަޝްހޫރު ޝެފުން ޕާސްތާ ކެއްކުމުގައި ބަލާ މިންގަނޑަށް ވެސް ކެމްޕެކްނާ ފެތެ އެވެ. މި ޕާސްތާ ކައްކާލުމުން ބޭރުފުށް މަޑުވެފައި އެތެރެ ހުންނާނީ 'ހަފާލަން ރަނގަޅު' ވަރަށެވެ. މިއީ އަސްލު އިޓާލީގެ ޕާސްތާގެ ސިފައެވެ.

އިޓާލިއަން ކްރީމީ ޕާސްތާގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު "ވަޅޯމަސް ސްޕެގެޓީ" ހެދުމަށް ވެސް މިއީ އެއްވަނައިގެ ޕާސްތާއެކެވެ. މި ބާވަތުގެ ޕާސްތާގެ ތެރެއަށް، ސޯސްގަނޑުގެ ތާސީރު ރަނގަޅަށް ވަދެ، ރަހަ ފުރިހަމައަށް ހިފަހައްޓައިދެ އެވެ.

މިއީ އިޓަލީގެ ޕްރިމިއަމް ބްރޭޑަކަށް ވިޔަސް، އެމްޔޫ ސްޓޯރުން މި އުފެއްދުން ވިއްކަނީ ބާޒާރުގައި ލިބޭ އެހެން ބްރޭންޑްތަކާ ވާދަކުރެވޭފަދަ ހެޔޮ އަގެއްގައެވެ.

މިއީ ރެސްޓޯރެންޓްތަކާއި ކެފޭތަކަށްވެސް ރަނގަޅު ފުރުސަތެކެވެ. ކަސްޓަމަރުންނަށް އަސްލު އިޓަލީ ރަހަ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް 'ކެމްޕެކްނާ' ހިޔާރު ކުރެވިދާނެ އެވެ.

އޯޑަރު ކުރެއްވުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox