ރޯޒް ސިރަޕާއި ގޯލްޑު ފާމްގެ ކިރު ސަރުބަތުގެ ފުރިހަމަ ރަހަ

Mar 5, 2026, 11:12 AM
 ރޯޒް ސިރަޕާއި ގޯލްޑު ފާމްގެ ކިރު ސަރުބަތުގެ ފުރިހަމަ ރަހަ

ރޯދަވީއްލުމުގެ ވަގުތު ޖެހުމުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދެނީ ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދޭނެ މީރު ބުއިމަކަށެވެ. ދިވެހިންގެ ރޯދަ ވީއްލުމުގެ ސުފުރާތަކުން އެންމެ އާންމުކޮށް ފެންނަ، އަދި އެ ބުއިމަކާ ނުލައި ސުފުރާ ފުރިހަމަނުވާ އެއް ބުއިމަކީ ކިރުސަރުބަތެވެ. މި ބުއިމަށް ހާއްސަ ފުރިހަމަކަމެއް ގެނެސްދޭ "ޕާފެކްޓް ކޮމްބިނޭޝަން" އަކީ ރޯޒް ސިރަޕާއި ގޯލްޑަން ފާމް ގެރިކިރެވެ.

މިއީ ރޯދަ މަހުގެ ހަނދާންތަކާ ގުޅިފައިވާ ހާއްސަ ރަހައެކެވެ. މަޝްހޫރު "ފަލޫދާ" އިން ފެށިގެން، ކިރާއި އެކު ތައްޔާރުކުރާ ތަފާތު ބުއިންތަކަށް މި ސިރަޕުން ގެނެސްދެނީ ތަފާތު މީރު ވަހަކާއި ހިތްގައިމު ފިޔާތޮށި ކުލައެކެވެ.

ކިރު ސަރުބަތުގެ ފުރިހަމަ ރަހަ ގެނައުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ ބޭނުންކުރާ ގެރިކިރުގެ ފެންވަރެވެ. މިގޮތުން ގޯލްޑު ފާމް ގެރިކިރަކީ މަގުބޫލު، އިތުބާރު ހިފޭ އުފެއްދުމެކެވެ.

Advertisement

މި އުފެއްދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގެ "ޝެލްފް ލައިފް" ނުވަތަ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ކަމެވެ. ދަޅު ނުކަނޑާ ހުންނައިރު، ފިނިނުކޮށް ގިނަ އަހަރުތަކެއް ވަންދެން ބެހެއްޓޭތީ، މިއީ ގޭގޭގެ ބަދިގެއަށް ކޮންމެހެންވެސް ބޭނުންތެރި އެއްޗެކެވެ. ފޮނި ކާތަކެތި އުފައްދާ ސިނާއަތްތަކުގައާއި ގޭގޭގައި ތައްޔާރުކުރާ "މިލްކް ޝޭކް" އަދި "ޕުޑިން" ފަދަ ބާވަތްތަކަށް މިއީ އެއްވަނައެވެ.

ރޯޒް ސިރަޕާއި ގޯލްޑު ފާމް ގެރިކިރު އެއްކޮށްލުމުން އުފެދޭ ކިރު ސަރުބަތު (ނުވަތަ އާޝިއާން ގައުމުތަކުގައި ސިރަޕް ބަންޑުންގް) އަކީ ރާއްޖޭގެ އިތުރުން އާޝިއާންގެ ގިނަ ގައުމުތަކެއްގައިވެސް އެންމެ މަގުބޫލު އެއް ބުއިމެވެ. ގޯލްޑު ފާމްގެ މީރު އޮލަކަމާއި، ރޯޒް ސިރަޕްގެ މީރުވަސް އެކުވުމުން ކޮންމެ ސުފުރާއަކަށްވެސް ދިރުން ގެނެސްދެއެވެ.

އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ މި އުފެއްދުންތަކަކީ ފަސޭހައިން ލިބެން ހުންނަ ތަކެއްޗެވެ. އެމްޔޫ ސްޓޯރުގެ ފިހާރުތަކުގެ އިތުރުން، މާލެއާއި އަތޮޅުތަކުގެ ކުދި އަދި ބޮޑު ގިނަ ފިހާރަތަކުން މިހާރު މި އުފެއްދުންތައް ބައްލަވައިގަނެވޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox