ވާރޭތެރޭގައި ގަހަށް ފެން ދިނުން!

ވާރޭތެރޭގައި ގަހަށް ފެން ދިނުން!

ފޮޓޯތަކުން އެ ފެންނަނީ ޔޫގަންޑާގެ ހުދުމުހުތާރު ރައީސް ޔޮވެރީ މުސެވޭނީ އާއި އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުން އަދި ރާއްޖޭގެ މިނިސްޓަރުން ވާރޭ ތެރޭގައި ގަހަށް ފެން ދޭ މަންޒަރެވެ.

ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވޭނީ، ބޯވާރޭތެރޭގައި ގަހަށް ފެންދިން މަންޒަރާއި އިންޑިއާގެ ބައެއް ލީޑަރުންގެ މި ފޮޓޯތަކަށް އިންތިހާއަށް ފާޑުކިޔުމާއި މަލާމާތް ރައްދުވި އެވެ. ދުނިޔޭގެ ބައެއް ލީޑަރުން ވެސް މިފަދަ ކަންކަން ކުރައްވާފައިވެ އެވެ. އެ ފޮޓޯތައް މީމަކަށް ބަދަލުވީ ފުރަތަމަ ނަޒަރުން ވެސް، އެއީ ބޭނުން ނެތް މަސައްކަތެއް ކަމާއި އާންމު ހިކުމަތާ، ސިޔާސީ ލީޑަރުން ދުރުވެފައިވާ ވަރު ފެންނާތީ އެވެ.

ގަހަށް ފެން ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ބޯކޮށް ވާރޭ ވެހޭ ވަގުތެއްގައި އެއީ ކުރަންޖެހޭ ކަމެއް ނޫނެވެ. އެފަދަ ވަގުތެއްގައި އެއީ ބޭކާރު މަސައްކަތެކެވެ. އެހެންވެ، ވާރޭތެރޭގައި ގަހަށް ފެން ދޭނީ ހަމައެކަނި ސިޔާސީ ލީޑަރުންނޭ ބުނެ އުޅެ އެވެ. ސަބަބަކީ ސިޔާސީ ލީޑަރުންގެ ކޮންމެ އަމަލެއްގެ ފަހަތުގައި ދެއްކުންތެރިކަމާއި މަވަންތަކަން އޮތުމެވެ. ބޯވާތެރޭގައި ކުޑަ ނަގައިގެން ގަސް އިންދަން ހުންނައިރު، ކުރިމަތީގައި އަތުރާލާފައިވާ ކެމެރާތަކުގެ ސަބަބުން ވާރޭ ވެހޭކަން ސިޔާސީ މީހުންނަށް އިހުސާސް ނުވަނީ ތޯއްޗެވެ.

Advertisement

ނޮވެންބަރު 30، 2025، ވަނަ ދުވަހަކީ މި ރާއްޖޭގައި ވެސް އެފަދަ ދުވަހަކެވެ. ވިލިމާލޭގައި 500 ގަސް އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔައީ، އެ ރަށުގައި ހުރި ދެ ނިކަ ގަހެއް ކަނޑާލުމަށްޓަކަ އެވެ.

މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެ ދެގަސް ކަނޑާލުމަށް ރައްޔިތުން އެދެމުން ދިޔަ ނަމަވެސް އެކަމެއް ނުކުރެއްވި އެވެ. ނަމަވެސް ކައުންސިލް އިންތިހާބު އަލުން ބޯމަތިވެފައި ވާއިރު، ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ދެ ނިކަގަސް ކަނޑާލުމަށް ފެނޭތޯ މުއިއްޒު ވޯޓެއް ނެންގެވި އެވެ. އެ ޖަލްސާގައި ބައިވެރިވި މީހުންނަށް ފެނުނީ ނިކަގަސް ކަނޑާލުމަށެވެ.

އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔަމުން އަމާޒުވިޔަސް، މުއިއްޒުގެ ނިންމުން ބަދަލުކުރަން ބޭނުމެއް ނުވި އެވެ. ނަތީޖާއަކީ، އެތައް ސަތޭކަ އަހަރެއް ވެފައިވާ ދެ ނިކަގަހުގެ ބަދަލުގައި 500 ގޮފިކޮޅު ރަނގަޅު ކަމަށް ދެކުމެވެ.

ނޮވެމްބަރު 30 ވަނަ ދުވަހު ވިލިމާލޭގައި 500 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ބޯވާރޭގައި ގަހަށް ފެންދެނީ. -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ނޮވެމްބަރު 30 ވަނަ ދުވަހު ވިލިމާލޭގައި 500 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ބޯވާރޭގައި ގަހަށް ފެންދެނީ. -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ނޮވެމްބަރު 30 ވަނަ ދުވަހު ވިލިމާލޭގައި 500 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ބޯވާރޭގައި ގަހަށް ފެންދެނީ. -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ނޮވެމްބަރު 30 ވަނަ ދުވަހު ވިލިމާލޭގައި އެ ގަސްތައް އިންދުން ކުރިޔަށް ގެންދަނިކޮށް ކުއްލިއަކަށް ވާރޭ ވެހެން ފެށި ނަމަވެސް ތާވަލުކޮށްފައި އޮތް ގޮތަށް ގަސް އިންދިނުން ކުރިޔަށް ގެންދިޔަ އެވެ. ބޯކޮށް ވެހެމުން ދިޔަ ވާރެއަށް ބެލުމެއް ނެތި ގަހަށް ފެން ވެސް ދެމުންނެވެ.

ވިލިމާލޭގައި ހުރި ދެ ނިކަގަސް ކަނޑާލަން ވަގުތުން ނިންމިއިރު، މައްޗަށްގޮޅީ ގައި ހުރި ދެ ނިކަގަހެއް ކަނޑާލަން އެ ވަށުގެ ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ހުށަހެޅި ނަމަވެސް، އެކަމަށް މުއިއްޒު ވަގުތުން ގޮތެއް ނުނިންމަ އެވެ. މިއީ ދެފުށް ދެގޮތްކަމުގެ ރީތި މިސާލެކެވެ.

މި ސަރުކާރުގެ ބައެއް އެހެން ކަންކަމުން ވެސް ފެންނަމުން ދަނީ ވާރޭތެރޭގައި ގަހަށް ފެން ދިނުން ފަދަ ގޮތަކަށް ބޭކާރު ކަންކަން ކުރަމުން ދިޔުމެވެ. އެފަދަ ސާފު މިސާލަކީ، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމާއި، ޕާސްޕޯޓާއި އައިޑީކާޑު ރަށްރަށުން ހެއްދުން ބޮޑު މަޝްރޫއުއެއް ގޮތަށް ބަދަލުކޮށް، ރައީސްގެ ދަތުރުގެ އެޖެންޑާގައި ހިމަނައިގެން ކުރިއަށް ގެންދިޔުމެވެ.

މި ސަރުކާރުގެ ދެ އަހަރު ނިމިގެން ދިޔައިރު، ނިމުނު ކަމެއްގެ ގޮތުގައި ފެންނަން އޮތީ ހަމައެކަނި އޭޓީއެމް ބެހެއްޓުން ކަމަށް ބުނެވިދާނެ އެވެ. އެހެންވެ، މީގެ ކުރިން ބޭންކުގެ އާންމު މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޭޓީއެމް ބެހެއްޓުން، ރައީސުލްޖުމްހޫރިއްޔާގެ އެޖެންޑާގައި ހިމެނޭ ކަމަކަށް ބަދަލުކުރި އެވެ.

ޕާސްޕޯޓް ހެއްދުން ވެސް އެފަދަ އެވެ. ރަށްރަށުން ޕާސްޕޯޓު ހެއްދޭނެ ކަމަށް ސަރުކާރުން ބުނުމުން ހީވީ، އެއީ ރަށްރަށުގައި ޕްރިންޓުކޮށްފައި ޕާސްޕޯޓު ދޫކުރުން ކަމަށެވެ. ސަބަބަކީ، އެކަން ފެށި ކޮންމެ ރަށެއްގައި ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން ތަނެއް ވެސް ހެދުމުންނެވެ. ނަމަވެސް، މާލެ ފިޔަވައި އެއްވެސް ރަށެއްގައި ޕާސްޕޯޓެއް ޕްރިންޓެއް ނުކުރެ އެވެ. އެހެންވެ، ޕާސްޕޯޓު ހެއްދުން ކަމަށް ބުނެ، ކައުންސިލްތައް ލައްވައި އެ ކުރުވީ ކުރަން ނުޖެހޭ ބޭކާރު ހަރަދެކެވެ.

ރަށެއްގައި ހުންނަ މީހަކު ޕާސްޕޯޓު ހައްދަން ބޭނުންވާނަމަ، އޮންލައިންކޮށް އެޕްލައި ކުރުމުން، އިމިގްރޭޝަނުން އެ ޕާސްޕޯޓު ހައްދާފައި ރަށަށް ފޮނުވަ އެވެ. ޕާސްޕޯޓު ހަވާލުކުރަނީ ކައުންސިލް އިދާރާ މެދުވެރިކޮށެވެ. ކުރިން ވެސް އަދި މިހާރުވެސް މިކަން ކުރަނީ މިގޮތަށެވެ. އައި ބަދަލަކީ ތަންކޮޅެއް ސްޕީޑު އަވަސްވުމެވެ. އެހެންވެ، ރައީސްގެ ދަތުރުތަކުގައި ބޮޑު ހަރަދެއްކޮށްގެން އިމްގްރޭޝަން އާއި ކަމާ ގުޅޭ ވެރިން ބައިވެރިކޮށް ބޮޑު މަޝްރޫއެއްގެ ނިންމުން ފަދަ އުފާވެރި ކަމެއްގެ ގޮތުގައި އެކަން ހަދުމަކީ ބޭކާރު ކަމެކެވެ. ބޭކާރު ހަރަދެކެވެ.

ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި އެ ދަތުރުތަކުގެ ހަގީގީ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމާއި، މަޝްރޫއުތައް ހަލުއި ކުރުން ކަމަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ބައެއް ރަށްރަށަށް ދެ ފަހަރު، ތިން ފަހަރު ވަޑައިގެންނެވިއިރު، އެ ރަށްރަށުގައި މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ ބިންގަލަށް ވުރެ މައްޗަކަށް އެންމެން ގާފޮޅެއް ވެސް އަދިވެސް ނާރަ އެވެ. އެ މިސާލުތައް މި ލިޔުމުގައި ގެނެސްދެވޭވަރަށް ވުރެ މާ ގިނަ އެވެ. ދަތުރުތަކުގެ ހަގީގީ މަގުސަދު އެނގުނީ، ހުރިހާ ރަށަކަށް ދަތުރުކުރެއްވި ރިކޯޑު މުއިއްޒު ހެއްދެވި ކަމަށް އިއުލާނު ކުރެއްވުމުންނެވެ.

ވާރޭ ވެހޭއިރު، މިނިސްޓަރުން އެއްވެ ގަހަށް އެދޭ ފެންފޮދުން ލިބޭނީ ނަތީޖާއެއް ނުފެންނާނެ ރިކޯޑެކެވެ. ހަގީގަތުގައި ރައްޔިތުން ބޭނުންވެފައި މިތިބީ ވާރޭތެރޭގައި ފެން ކުރާގަނޑު ހިފައިގެން ގަހަށް ފެންދޭ މަންޒަރު ބަލާކަށް ނޫނެވެ. ހަގީގަތަށް "ފެން ބޭނުންވާ" ތަންތަނާއި ކަންކަމަށް ސަމާލުކަން ދޭށެވެ. އަދި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާކަން ފޮޓޯ، ވީޑިއޯއިން ދެއްކުމާއި ރިކޯޑު ހެދުމުގެ ބަދަލުގައި، ހަގީގީ މައްސަލަތަކަށް ހައްލު ގެންނާށެވެ. މުދަލާއި ޑޮލަރުގެ އަގު ބޮޑުވަމުންދާއިރު އެފަދަ ހަގީގީ މައްސަލަތަކާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox