މުސާރަތައް އެއްފަހަރާ ބޮޑުކޮށްފިނަމަ ޑޮލަރުގެ ރަސްމީ ރޭޓު ހިފަހައްޓަން އޮންނަ ޕްރެޝަރު ބޮޑުވާނެ: އެމްއެމްއޭ

މިއަދު ކުރިއަށް ގެންދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު، އަހުމަދު މުނައްވަރު އާއެކު އެމްއެމްއޭގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ކުރިއަށް ގެންދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު، އަހުމަދު މުނައްވަރު އާއެކު އެމްއެމްއޭގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ގޮތުން އަންނަ އަހަރު، މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކޮށްފި ނަމަ، ޑޮލަރުގެ ރަސްމީ ރޭޓު ހިފަހައްޓަން ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓުގައި ހުރި ރިސްކުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކަށް ފާހަގަކުރާ ކަމަކީ ސަރުކާރު ހިންގުމަށް ކުރާ ހަރަދު އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުވެގެންދާތީ ކަމަށެވެ.

އަދި އޭގެތެރެއިން އެންމެ ބޮޑުބައެއް އިތުރުވެގެންދަނީ މުސާރަތައް އެއްހަމަ ކުރުމަށް ފަށާފައިވާ މަސައްކަތް އަންނަ އަހަރު ނިންމުމަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

"ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ތިންވަރަކަށް ބިލިއަން އިތުރުވެގެންދާއިރު، މުސާރަތައް އިތުރުވެގެންދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ލަފަޔަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިޔުމަށް، މާނައަކީ އެއްފަހަރާ، ހުރިހާ މުސާރަތަކެއް އެއްފަހަރާ ބޮޑުކުރެވިގެންދާ ކަމުގައިވާނަމަ ހަމަ އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް ވުރެ ޕްރެޝަރު އިތުރުވެގެން ހަމަ ގޮސްދާނެ."

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ.

މަޖިލީހަށް 2026 ގެ ބަޖެޓު ހުށަހަޅުއްވަމުން އޮކްޓޫބަރު 30، ގައި ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އޭގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ އެމްއެމްއޭއަށް ބޭރު ފައިސާ ލިބެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ އާއި ބޭރު ފައިސާ މާރުކުރުމުން ލާޒިމުކުރާ ގާނޫނުގެ ދަށުން ލިބޭ ފައިސާ ކަމަށެވެ. އޭގެ އިތުރުން ދެން ބޭރު ފައިސާ ލިބެނީ ބޭރުގެ އެކި ފަރާތްތަކުން ލޯނު އެހީގެ ގޮތުގައި ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހު ބޭރުގެ އެހީ ލިބުނު އަދަދު ވަރަށް ބޮޑަށް މަދުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ސަބަބާ ހުރެ ދިވެހިރާއްޖޭގެ ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް އެންމެ ބޭނުންވާ މިންވަރަށް ނުދެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ބޭރު ފައިސާ އެންމެ އެދެވޭ މިންވަރަށް އެމްއެމްއޭއަށް ގަނެވިއްކޭނީ ރިޒާވް އިތުރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މާކެޓަށް އަންނަ ޕްރެޝަރު ކުޑަކުރެވޭނީ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް އެމްއެމްއޭއިން ކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައި އެމްއެމްއޭއިން އޮންނަނީ 12.85ރ. އަށްވުރެ 20 ޕަސެންޓު ބޮޑު، ނުވަތަ ކުޑަ ނުވާ އަދަދެއްގައި ހިފެހެއްޓޭ ގޮތަށެވެ. މި ވަގުތު ރާއްޖޭގައި ރަސްމީ ރޭޓެއްގެ ގޮތުގައި ޑޮލަރު ގަނެވިއްކަމުން ދަނީ 15.42 އެކެވެ. އެއީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕެގުގެ ތެރޭގައި ފައިސާ ގަނެވިއްކޭނެ އެންމެ މަތީ އަގެވެ.

ރަސްމީ ޑޮލަރު ރޭޓު 15.42 ގައި ހުރި ނަމަވެސް، ޑޮލަރުގެ އަގު މިފަހަކަށް އައިސް މައްޗަށް ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ފާއިތުވި ތިން މަސްދުވަހު ވެސް ހުރީ 20ރ. އިން މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox