އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި

މިއަދުގެ މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ އެމްޑީ ޒުހައިރު (ވ) އަދި ސީއެފްއޯ ސާމިހު: އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި --- ފޮޓޯ: މަޖިލިސް އިދާރާ

މިއަދުގެ މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ އެމްޑީ ޒުހައިރު (ވ) އަދި ސީއެފްއޯ ސާމިހު: އެޗްޑީސީއަށް ނުލިބި އޮތް 10 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ ސަރުކާރުގެ ދަރަނި --- ފޮޓޯ: މަޖިލިސް އިދާރާ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ނުލިބި ހުރި 10.6 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދިން މައުލޫމާތު ތަކުން ހާމަވެއްޖެ އެވެ.

އެޗްޑީސީގެ ދަރަނީގެ ހިސާބުތަކުގެ އަދާހަމަ ހިއްސާކުރީ އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ހޯދުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ހުށަހެޅި ކަންކަމާމެދު އަމަލުކޮށްފައިވާ ގޮތް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 10،616،836،889 ރުފިޔާ އެވެ. މީގެ ތެރެއިން ހަތް ބިލިއަނަށްވުރެ ގިނަ ފައިސާ އަކީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ނުދައްކާ ހުރި ފައިސާ އެވެ.

ސަރުކާރުން އެޗްޑީސީއަށް ނުދައްކާ ހުރި ފައިސާގެ ތަފުސީލު

  • ސަރުކާރުގެ އިދާރާތަކުން ނުދައްކާ ހުރި ފައިސާ: 294،062،218ރ.
  • ސަރުކާރުގެ ކުންފުނިތަކުން ނުދައްކާ ހުރި ފައިސާ: 1،968،712،783ރ.
  • ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ބިމުގެ ބަދަލު: 1،627،601،170ރ.
  • ހައުސިން ސްކީމުތަކުގެ ކުލި ކުޑަކުރުމުގެ ބަދަލުގައި ދޭން ޖެހޭ ފައިސާ: 3،994،215،915ރ.

މިއީ ޖުމްލަ 7.88 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ނުދައްކާ ހުރި ފައިސާގެ އަދަދަށްވުރެ މަދު އަދަދެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރާއި އެސްއޯއީތަކުން ނުދައްކާ ހުރީ 7.96 ބިލިއަން ރުފިޔާ އެވެ. އެ ފައިސާގެ ތެރެއިން މި އަހަރު ދައްކާފައިވަނީ އެންމެ 283 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 70.6 މިލިއަން ރުފިޔާ އަކީ އެކި ސަރުކާރުތަކުން ފުލެޓުތަކުގެ ކުލި އަގުހެޔޮކުރަން ނިންމި ނިންމުންތަކުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެޗްޑީސީއަށް ދެއްކި ފައިސާ އެވެ.

ސަރުކާރުގެ އިތުރުން އޮގަސްޓު މަހުގެ ނިޔަލަށް ކޮމާޝަލް ކަސްޓަމަރުންނާއި ރެސިޑެންޝަލް ކަސްޓަމަރުން އެޗްޑީސީއަށް ނުދައްކާ ހުރި ކަމަށް އެ ކުންފުނިން ދިން މައުލޫމާތުގައި ބުނެފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ.

ކޮމާޝަލް ކަސްޓަމަރުންގެ ދަރަނީގެ ތެރޭގައި ހިމެނެނީ ބިމު ކުލީގެ ގޮތުގައި ނުލިބި ހުރި 686،138،004ރ. އާއި ޑިވެލޮޕްމަންޓު އެންޑް ސޭލްސް ރައިޓްސް ގެ ގޮތުގައި ނުލިބި ހުރި 1،069،272،750ރ. އެވެ. ކޮމާޝަލް ކަސްޓަމަރުން ނުދައްކާ ހުރި ފައިސާގެ ތެރެއިން އެޗްޑީސީއަށް މި އަހަރު ހޯދުނީ 140 މިލިއަން ރުފިޔާ އެވެ.

ރެސިޑެންޝަލް ކަސްޓަމަރުންނަށް ބަލާއިރު، ހިޔާ، ވިނަރެސް، އަދި ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި އެތައް މިލިއަން ރުފިޔާއެއް އެބަހުއްޓެވެ. އެގޮތުން އޮގަސްޓު މަހުގެ ނިޔަލަށް ހިޔާ ފުލެޓުތަކުން 650 މިލިއަން ރުފިޔާ، ވިނަރެސް ފުލެޓުތަކުން 43 މިލިއަން ރުފިޔަ، އަދި ފޭސް އެކެއްގެ ފުލެޓުތަކުން 283 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ނުލިބި އެބަހުއްޓެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ސާމިހު ވިދާޅުވީ ނުލިބި ހުރި ފައިސާ ހޯދުމަށް މަޖިލީހުގެ އިރުޝާދު ތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރު ހޯދާ ފައިސާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތައް ގޮވައިގެން ކޯޓަށް ދިޔުމާއި އެ ފަރާތްތައް މަރުކަޒީ ބޭންކުގެ ކްރެޑިޓް ލިސްޓުގައި މިހާރު ހިމަނާފައިވާނެކަން ސާމިހު މިއަދު ފާހަގަކުރެއްވި އެވެ. އެ ލިސްޓުގަި ހިމެނުމާއެކެ، އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުން އައު ލޯނުތަކާއި ކްރެޑިޓު ފެސިލިޓީތައް ނަގަން ބޭންކުތަކުގައި އެދުމުން އެ ކުންފުންޏަށް ކުއްޔާއި އެހެނިހެން ފައިސާ ދެއްކުމުގެ ރެކޯޑުތަކަށް ބެންކުތަކުން މިހާރު އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox