މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޮމިޓީ ޖަލްސާއެއްގައި ވާހަކަދައްވަނީ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޮމިޓީ ޖަލްސާއެއްގައި ވާހަކަދައްވަނީ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން އެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފި އެވެ. 

މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އެވެ. ނާޒިމްއަކީ މީގެ ކުރިން އެ ދެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެންބަރެކެވެ. 

ނަމަވެސް، މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި އެ ދެ ކޮމިޓީ ވެސް މިހާރު އެކުލެވިގެންވަނީ ނާޒިމް ނުހިމެނޭ ގޮތަށެވެ. އޭނާ ފޮޓޯ ފެންނަނި ކުރިން ކޮމިޓީގައި މަސައްކަތް ކުރެއްވި މެންބަރުންގެ ފޮޓޯ ފެންނަ ތަނުންނެވެ. 

Advertisement
ނާޒިމް ކޮމިޓީތަކުން ވަކިކޮށްފައި
ނާޒިމް ކޮމިޓީތަކުން ވަކިކޮށްފައި

މިއަދުގެ މަޖިލިސް ޖަލްސާގެ ރިޔާސަތު ވެސް ބެލެހެއްޓެވީ ނާޒިމް އެވެ.  ރިޔާސަތުން އަންގާ އެންގުންތަކުގެ ތެރޭގައި އެއްވެސް ކަމެއް ނެތް ކަމަށް ޖަލްސާ ފަށަމުން ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ކޮމިޓީތަކުން ވަކިކޮށްފައި
ނާޒިމް ކޮމިޓީތަކުން ވަކިކޮށްފައި

ޖަލްސާ މިހާރު ނިމިފައިވާއިރު ޖަލްސާ ނިންމަވާލައްވަމުން ވެސް މިފަދަ ބަދަލެއް ގެނައިކަން ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ. މި ބަދަލު އިއުލާން ނުކުރަނީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި މި ކޮމިޓީތަކަށް އައްޔަނުކުރީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ސާފުކުރެވިފައެއް ނުވެ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ސުވާލު ކުރުމުން އެ އިދާރާއިން ވަނީ ވެބްސައިޓުގައި މައުލޫމާތު ހިމަނާފައިވަނީ ރަނގަޅަށްކަން ކަށަވަރުކޮށްދީފަ އެވެ. 

ނާޒިމަކީ ސަރުކާރުގެ ކުންފުނިތައް ވިލަރެސްކުރާ އެސްއޯއީ ކޮމިޓީގެ ވެސް މެންބަރެކެވެ. މަޖިލީހުގެ ވެބްސައިޓުން އެނގޭ ގޮތުގައި އޭނާއަކީ މިހާރު ވެސް އެ ކޮމިޓީގެ މެންބަރެކެވެ. 

އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަޅަން ފަސްޖެހެމުންދާތީ މާލިއްޔަތު ކޮމިޓީގައި މީގެކުރިން ނާޒިމް ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox