ހުލާސާކޮށް އިއްޔެ: އޮކްޓޯބަރު 3، ގެ މުޒާހަރާގައި އެންމެން ބައިވެރިވާން ނަޝީދު ގޮވާލުން

Oct 1, 2025, 1:09 AM
އެމްޑީޕީން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. -- ފޮޓޯ: އަދަދު

އެމްޑީޕީން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ އެއްވުމަކީ ވަކި ޕާޓީއެއްގެ ހަރަކާތެއް ކަމަށް ނުބަލައި ހުރިހާ ރައްޔިތުން އެ އެއްވުމުގައި ބައިވެރިވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ގޮވައިލެއްވި އެވެ.

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ.

"އޮކްޓޯބަރު 3، ގެ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ. އެއީ ކޮރަޕްޝަނާއި ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

Advertisement

ހުކުރު ދުވަހުގެ އެއްވުމަށް ނަޝީދު ދައުވަތު ދީފައިވާއިރު، އެ އެއްވުމަށް އެމްޑީީޕީން ދަނީ ދުރާލައި ތައްޔާރުވަމުންނެވެ. އެގޮތުން އެއްވުމަށް ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތްތައް ވެސް އެ ޕާޓީން ދަނީ ކުރަމުންނެވެ.

މި އެއްވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް،" މަރާމާތު ކުރަން ކަމަށް ބުނެ މިހާރު ބަންދުކޮށްފައިވާ ޖުމްހޫރީ މައިދާނަށް ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބު ހުރި ކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox