ގައުމީ ފުޓްސަލް ޓީމަށް އޮތް ބޮޑު ގޮންޖެހުމަކީ ޕްރެކްޓިސް ކުރަން އިންޑޯއެއް ނެތުން: ނިޔާ

Sep 12, 2025, 8:35 AM
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިއާ: އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު މަސައްކަތެއްް ކުރަން އުންމީދުކުރޭ.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނިއާ: އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު މަސައްކަތެއްް ކުރަން އުންމީދުކުރޭ.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މި މަހު ކުރިއަށްދާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމަށް އޮތް ބޮޑު ގޮންޖެހުމަކީ ޕްރެކްޓިސް ކުރަން އިންޑޯއެއް ޕިޗެއް ވެސް ނެތި ބައިނަލްއަގުވާމީ ލެވަލްގައި ކުޅެން ޖެހުން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނެފި އެވެ.

ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.

ނިސްބަތުން ބަލާއިރު، ރާއްޖޭގައި އާޓިފިޝަލް ޓާފުގައި މުބާރާތްތައް ކުޅެފައި، ބޭރުގެ މުބާރާތް އިންޑޯގައި ކުޅެން ޖެހުމުގެ ގެއްލުން ކުޅުންތެރިންނަށް ކުރިމަތިވެ އެވެ. ފުޓްސަލް ޓީމުން އެންމެ ފަހުން އޭޝިއަން ކޮލިފައިން އަށް ދިޔައީ، ސޯޝަލް ސެންޓަރުގައި ޕްރެކްޓިސްތަކެއް ކޮށްފަ އެވެ. އެކަމަކު، މި ފަހަރު، އިންޑޯއެއްގައި ޕްރެކްޓިސް ކުރަން ނުލިބި، ޕްރެކްޓިސްތައް ކުރިއަށްގެންދަނީ، ޓާފް ދަނޑުގަ އެވެ.

މި ފަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން މެޗުތައް ކުޅެން ޖެހެނީ މިޔަންމާގަ އެވެ. ރާއްޖޭގެ ގްރޫޕްގައި ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާން އެވެ.

ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ނިޔާ ބުނީ، މިދިޔަ މަހު 26 ވަނަ ދުވަހު ޕްރެކްޓިސް ފެށި ކަމަށެވެ. އަދި، އެންމެ ފަހުން ރަޖިސްޓްރީކޮށްފައި ތިބި ކުޅުންތެރިންނާއި އާ ކުޅުންތެރިން ލައިގެން ސިލެކްޝަނެއް ކުރިއަށްގެންދިޔަ ކަމަށް ނިޔާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ އުނދަގޫ ކަމަކީ ޕިޗުގެ އިޝޫ، ކޮންމެ ފަހަރަކު ވެސް މި ޕްރެކްޓިސްތަކެއް ކުރަން މި ޖެހެނީ ޓާފްގައި ކޮށްފައި، އިންޑޯގައި ކުޅެން މި ޖެހެނީ، އެ ޑިފިކަލްޓީސް އާދޭ،" ނިއާ ބުންޏެވެ. "ދެން، މައިގަނޑު ގޮތެއްގައި މި ފަހަރު މިތިބީ، މިދިޔަ އަހަރާއި އޭގެ ކުރިން އަހަރުގައި ނެޝަނަލް ޓީމުގައި ތިބި ޕްލޭޔަރުން، ދެން، ދެތިން ޕްލޭޔަރުން އާ ނުވެއެކޭ އެއް ނޫން، އެހެން ނަމަވެސް، ޕްލޭޔަރުންގެ އެ ކޮންފިޑެންސާ އެކްސްޕީރިއަންސަށް ބިނާކޮށް، ހީވަނީ ރަނގަޅު ފައިޓެއް ދެވޭނެހެން،" ކުރިން ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ނިޔާ ބުންޏެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި، މި މަހު 20 ވަނަ ދުވަހު އަފްގާނިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި، 22 ވަނަ ދުވަހު މިޔަންމާއާ ބައްދަލުކުރާނެ އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މި ފަހަރު ކޮލިފައިންގައި، ރާއްޖޭން ކުޅެން ޖެހޭ ޓީމުތަކާ ބެހޭގޮތުން ނިޔާ ބުނީ، ވާދަކުރަން ޖެހޭ ދެ ޓީމަކީ ވެސް ވަރަށް ވަރުގަދަ އަދި މި ކޮލިފައިން އަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ދެ ގައުމު ކަމަށެވެ.

"އޮޕޮޒިޝަން ހަމަ ގައިމު ވެސް އަފްގާނިސްތާނަކީ ގްރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމު، ފާއިތުވި އަހަރު ވޯލްޑް ކަޕްގައި ވެސް، އާޖެންޓީނާއާ ކުޅެ ރަނގަޅު ފައިޓެއް ދީފައި އިނީ، މިހާރު ވެސް އެ މީހުން އެ ދަނީ ޓޯނަމެންޓެއްގައި ބައިވެރިވެގެން ހަމަ ޕްރެޕަރޭޝަން ތެރޭގައި، މިޔަންމާ މި ވަގުތު ނުވަޔަކުން އެގާރަ އަށް އެ ޓޯނަމެންޓެއްގައި ކުޅެމުން އެ ދަނީ، ނިސްބަތުން ބުނަންޏާމު، ހަަމަ ވަރުގަދަ ސްޓްރޯންގް ދެ އޮޕޯނެންޓޭ އަޅުގަނޑު ބުނާނީ،" ނިޔާ ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް އަށް ޓީމުތައް ތައްޔާރުވާއިރު، އަދި އަލަށް ފެށި ކިންގްސް ކަޕްގައި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ކުޅުނުއިރު، ނިއާ ބުނީ، މިއީ މި ފަދަ ކަންކަން ހުރި ގޮތަށް ބަލާއިރު، ގައުމީ ޓީމެއް އެކުލަވާލަން އެންމެ އެކަށީގެންވާ ދަނޑިވަޅެއް ނޫން ކަމަށެެވެ. އެކަމަކު، ކުޅުންތެރިންގެ ވަރަށް ބޮޑު އުންމީދުތަކެއް މިކަމުގައި ވެސް އޮވެ، ބުރަކޮށް މަސައްކަތްކުރާތީވެ، މި ފުރުސަތު ވަރަށް މުހިންމުކަން ނިއާ ފާހަގަކުރި އެވެ.

"ޕްލޭޔަރުންގެ ވަރަށް އެފަޓް މީގެ ވަރަށް ލިބޭ. ދެން، މި ދުވަސްކޮޅުގައި، ކިންގްސް ކަޕާ އެއްޗެހި ކުޅެމުންދާތއާ އެއްކޮށް، ކޮންމެ ވެސް ވަރަކަށް، ރިކަވަރީއާ އެއްކޮށް ޓްރެއިނިންތައް އެރޭންޖްކޮށްފައި މި ހުންނަނީ،" ރާއްޖޭގެ ގައުމީ ލެވަލްގެ ގިނަ ފުޓްސަލް މުބާާރާތްތަކުގައި ކާމިޔާބު ހޯދާފައިވާ ކޯޗު، ނިޔާ ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުގެ ތަރި އަލީ ހާފިޒް ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްަސެ)

"މިހާރު މީދީ 25 ޕްލޭޔަރުން 17 އަށް ތިރިކޮށްފައި. މިހާރު މި ތިބި 17 ކުޅުންތެރިން ވެސް ވަރަށް ކޮމިޓް ދެން، ކުރީކޮޅުގައި ދިޔަ ކަންނޭނގެ ކޮންމެ ވެސް ވަރެއްގެ ކުދިކުދި މިސްއަންޑަސްޓޭޑިއަންތަކަކާ ޓައިމް އެރާ އަކާ، ދެން، އެކަމަކު ޓީމުގެ މެނޭޖަރެއް، އައްޔަނުކޮށްފައި ހުރީމަ، ވަރަށް ރަނގަޅަށް އޮގަނައިޒިން ދަނީ، ދެން، މިހާރު މި ތިބި ޕްލޭޔަރުން ހަަމަ 100 ޕަސެންޓް ކޮމިޓް ވޭ،"

އަންނަ އަހަރު މެއި މަހު ބާއްވާ ފުޓްސަލް އޭޝިއަން ކަޕްގެ ހޯސްްޓްގެ ގޮތުގައި އިންޑޮނޭޝިއާ އަށް މުބާރާތުން ޖާގަ ލިބިފައިވާއިރު، ބާކީ 15 ޖާގަ ކަނޑައެޅިގެންދާނީ ކޮލިފައިން އަށް ގްރޫޕުންނެވެ. އެ ގޮތުން، ކޮލިފައިން އަށް ގްރޫޕްގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ އެއް ވަަނަ އަށް ދާ ޓީމަކަށް މުބާރާތުން ޖާގަ ލިބޭއިރު، ދެ ވަނަ އަށް ދާ އަށް ޓީމުގެ ތެރެއިން، ހަތް ޓީމަކަށް މުބާރާތުން ޖާގަ ލިބޭނެ އެވެ.

އެންމެ ފަހުން ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 106 ވަނައިގަ އެވެ. އޭޝިއާގެ 26 ވަނަ އެވެ. އެއީ، ދެކުނު އޭޝިއާ ސަހަރައްދަށް ބަލާއިރު އެއް ވަނަ އެވެ. އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ދެން މި ފަހަރު ކޮލިފައިންގައި ކުޅޭ ޕާކިސްތާން އާއި ބަންގްލަދޭޝް އަދި ރޭންކްކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox