ހަޒާޑަށް އަބަދުވެސް ޕީއެސްޖީގެ އޮފާ ލިބުނު

Aug 10, 2025, 4:13 AM
ހަޒާޑަށް އަބަދުވެސް ޕީއެސްޖީގެ އޮފާ ލިބުނު

ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 10) - ފުޓްބޯޅަ ކެރިއަރުގެ އެކި ހިސާބުތަކުގައި އަބަދުވެސް ޕީއެސްޖީގެ އޮފާތައް ލިބުނު ކަމަށް ބެލްޖިއަމްގެ ލެޖެންޑަރީ ކުޅުންތެރިޔާ، އެޑެން ހަޒާޑް ބުނެފި އެވެ.

ތަކުރާރުކޮށް ކުރިމަތިވަމުން އައި އަނިޔާގެ މައްސަލަތަކާ ހެދި، ހަޒާޑް، 34 ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ.

ސައުދީ އަރަބިއްޔާ އާއި އެމެެރިކާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ހަޒާޑަށް ހުށަހެޅުންތައް ލިބިފައި ހުއްޓައި ކުޅުމުން ރިޓަޔާކުރަން ހަޒާޑް ނިންމީ، ހަމައެކަނި ފައިސާ އަށް ކުޅުމުގެ ބަދަލުގައި، ހަށިގަނޑަށް ވެސް ވިސްނައިގެން އުމުރުގައި ކުރިއަށް ދިއުމަށް ކަމަށް ބުނެފައިވެ އެވެ.

ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅުނު ހަޒާޑް އަންނަނީ ޔޫތު ޓީމުތަކުގައި ކޯޗިންގެ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓްވިޗްގެ ޝޯއެއްގައި ވާހަކަ ދައްކަމުން ހަޒާޑް ބުނީ، ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާއާ އެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

"އަހަރެން ލިލް އަށް ކުޅުނު ފަހު އަހަރުގައި، ޕީއެސްޖީއާ އެކު މެޗެއް ކުޅެން ޕެރިހަށް ދިޔައިން. ވަރަށް ގަޔާވެސް ވޭ ޕެރިސް އަށް. އެކަމަކު، އަހަރެން އެއްވެސް އިރެއްގައި އެނބުރި ފްރެންޗް ލީގަށް ދިއުމަށް ނުވިސްނަން. ލިލްއާ ދެކޮޅަށް އަހަރެން ކުޅެން ބޭނުމެއް ނުވީ،" 2007 އިން 2012 އަށް ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ފުޓްބޯޅައިގެ ފުރަތަމަ އަަހަރުތައް ލިލްގައި ހޭދަކުރި އިރާ ބެހޭގޮތުން ހަޒާޑް ބުންޏެވެ.

އޭނާ ބުނީ، ކެރިއަރުގެ އެކި ހިސާބުތަކުގައި ވެސް ޕީއެސްޖީގެ އޮފާތައް ލިބުނު ނަމަވެސް، ލިލް އަށް އޮތް އިހުތިރާމެއްގެ ސަބަބުން އެ ޓްރާންސްފާ ކުރިއަށްނުދިޔައީ ކަމަށެވެ.

ލިލް އިން ވަނީ މީގެ އެއް އަހަރު ކުރިން، އެ ކްލަބްގެ އާ ޓްރެއިނިން ސެންޓަރު ހުޅުވިއިރު، ހަޒާޑްގެ ނަމުން ނަން ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox