އިންޓަނޭޝަަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

Oct 31, 2026, 2:35 PM
ރާއްޖޭގައި ބާއްވާ މާސްޓާސް ކެޓަގަރީގެ ބައިނަލް އަގުވާމީ ޓޭބަލް ޓެނިސް މުބާރާތް، މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ލޯންޗް ކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.

ރާއްޖޭގައި ބާއްވާ މާސްޓާސް ކެޓަގަރީގެ ބައިނަލް އަގުވާމީ ޓޭބަލް ޓެނިސް މުބާރާތް، މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ލޯންޗް ކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.

މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތް އަންނަ އަހަރު ވ. ކެޔޮދޫގައި ބާއްވަން ނިންމައި، މުބާރާތް ލޯންޗްކޮށްފި އެވެ.'

އެ ގޮތުން، މާސްޓާސް ކެޓަގަރީ އަށް އަމާޒުކޮށްގެން ބާއްވާ، " މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް މުބާރާތް 2027" އަންނަ އަހަރު ކެޔޮދޫގައި ކުރިއަށްދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު، 1-5 އަށެވެ. 

މާސްޓާސް ކެޓަގަރީ އަށް އަމާޒުކޮށް ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ޓޭބަލް ޓެނިސް މުބާރާތް މިދިޔަ އަހަރު ކުރިއަށްގެންދިޔައީ، އއ. ތޮއްޑޫގަ އެވެ. ފުރަތަމަ މުބާރާތުގެ ކާމިޔާބީއާ އެކު، ދެ ވަަނަ މުބާރާތް ކުރިއަށްގެންދަން ނިންމައި، ކެޔޮދޫގައި މުބާރާތް ހޯސްޓް ކުރަން ނިންމީ އެވެ. 

މޯލްޑިވްސް އިންޓަރނޭޝަނަލް މާސްޓާރސް ޓޭބަލް ޓެނިސް މުބާރާތް އަންނަ އަހަރު ކެޔޮދޫގައި ކުރިއަށްގެންދާނެކަން އިއުލާންކުރެއްވީ އެ ކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވ. ކެޔޮދޫ ކައުންސިލްގެ ރައީސް، އަހްމަދު ޔޫސުފް އެވެ.

ރާއްޖޭގައި ބާއްވާ މާސްޓާސް ކެޓަގަރީގެ ބައިނަލް އަގުވާމީ ޓޭބަލް ޓެނިސް މުބާރާތް، މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ލޯންޗް ކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.
ރާއްޖޭގައި ބާއްވާ މާސްޓާސް ކެޓަގަރީގެ ބައިނަލް އަގުވާމީ ޓޭބަލް ޓެނިސް މުބާރާތް، މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ލޯންޗް ކުުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.

މި މުބާރާތަކީ އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ވ. ކެޔޮދޫ ކައުންސިލްއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތާ ބެހޭ  މައުލޫމާތު ހިއްސާކުރަމުން، އިހާ ޓޭބަލް ޓެނިސް އެކަޑަމީ އިން ބުނެފައިވަނީ، މި މުބާރާތުގެ ސަބަބުން، ރާއްޖޭއަށް ޓޭބަލް ޓެނިސްގެ ރޮނގުން ލިބޭނެ ކުރިއެރުމާއި ވ. ކެޔޮދޫ އަށް ލިބޭނެ ފައިދާތަައް ބޮޑު ކަމަށެވެ.

އަންނަ އަހަރު ކެޔޮދޫގައި މުބާރާތް ކުރިއަށްގެންދާނެކަން އިއުލާނުކުރުމަށް ފަހު، މުބާރާތް. ލޯންޗުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު ނިއުޝާދު މުޙައްމަދު އެވެ. 

މި މުބާރާތަކީ 40 އަހަރުން މަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ތޮއްޑޫގައި ބޭއްވި ފުރަތަމަ އެޑިޝަންގައި 10 ގައުމަކުން 85 މާސްޓާސް ކުޅުންތެރިން ބައިވެރިވެފައިވާއިރު، 2027ގައި ބާއްވާ މުބާރާތުގެ އާމާޒަކަށް ކަނޑައަޅާފައިވަނީ، 120 ކުޅުންތެރިންނަށެވެ.

ކެޔޮދޫގައި މާސްޓާސް ޓޭބަލް ޓެނިހުގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވިގެންދިއުމަކީ، ރާއްޖެ އަށް ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން އިތުރު ފުރުސަތުތައް ފަހިވުމުގެ އިތުރުން، ކެޔޮދޫގެ ގެސްޓްހައުސްތަކަށް އޭގެ ސަބަބުން ގިނަ ގިނަ ފައިދާތަކެއް ކުރާނެ ކަމެއްގެ ގޮތުގައި، އެ ރަށު ގެސްޓްހައުސް ހިންގާ ފަރާތްތަކުން ފާހަގަކުރެ އެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

ސާފްގައި ވީއޭއާރް ބޭނުންކުރަނީ ވަކި މެޗުތަކެއްގައި

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ އަދި ފައިނަލްގައި "ވީއޭއާރް ލައިޓް" ބޭނުންކުރުމަށް ވަނީ ނިންމާފައި. މި މުބާރާތުގެ މެޗުތަކުގެ ޓިކެޓެއް 10 ޑޮލަރަށް ވިއްކަން ހަމަޖެހިފައިވާއިރު، މިއީ މުބާރާތުގެ ހަރަދުތަކަށް ބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ސާފްގެ ސެކްރެޓަރީ ޖެނެރަލް ކަޓޭލް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox