މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކްލަބް އެމްޓީސީސީން ހޯދައިފި އެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމު ކުޅޭ ގައުމީ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީން މާދަމާރޭ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށެވެ.
ވެމްކޯ އިން ފައިނަލަށް ދަތުުރުކުރީ ދެ ވަނަ ސެމީ ފައިނަލުގައި އެމްޓީސީސީ އަތުން 3-1 ސެޓުން މޮޅުވެެގެންނެވެ. ގައުމީ ލީގުގެ ދެ ވަަނަ ހޯދި އެމްޓީސީސީ ސެމީގެ އެ މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ތިން ވަނަ ސެމީން ފުރުސަތު ލިބުނެވެ. ތިން ވަނަ ސެމީގައި އެމްޓީސީސީން ކުޅުނީ ހުރާ ކޮމިއުނިޓީ ކްލަބާ އެވެ. ހުރާ ވަނީ ފުރަތަމަ ސެމީގައި ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލް ދިޔައީ ފޯރިގަދަކޮށެވެ. ހުރާ އަތުން އެމްޓީސީސީ މޮޅުވީ ފަސް ސެޓަށް ގޮސްގެން، 3-2 ސެޓުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ސެޓު، އެމްޓީސީސީން ގެންދިޔައީ، 21-25 އިންނެވެ. ދެ ވަނަ ސެޓަށް ނުކުމެ، ހުރާ އިން ހިތްވަރު ދައްކައި، 25-20 އިން އެ ސެޓު ގެންގޮސް އެއްވަރުކުރި އެވެ. ތިން ވަނަ ސެޓު، 22-25 ގެންގޮސް، އެމްޓީސީސީން ލީޑުނެގި ނަމަވެސް ހަތަރު ވަނަ ސެޓުގައި، 26-24 އިން ކުރިހޯދައި، ހުރާ އިން ވަނީ މެޗު ނަތީޖާ ނެރޭ ސެޓަކަށް ގެންގޮސްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުން، އެމްޓީސީސީ މޮޅުވީ 15-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، އެމްޓީސީސީގެ ބްރެޒިލް ކުޅުންތެރިޔާ، ޑޭވިސް ޓޯމް ފެނާންޑާ އެވެ.
ތަށި ދިފާއުކުރަން ނުކުންނަ ވެމްކޯ އާއި އެމްޓީސީސީ ކުޅޭ ފައިނަލް މެޗު ފަށާނީ މާދަމާރޭ 20:30 ގަ އެވެ.












