ބުޅާ މަރާކަމުގެ ޝަކުވާ ލިބޭތީ އެކަން ނުކުރަން މިނިސްޓްރީން އިލްތިމާސްކޮށްފި

މާލޭގައި ބުޅާތަކެއް ޖަމާވެފައި: އެ ސޮރުމެން މަރާ ކަމަށް ޝަކުވާ ލިބޭތީ މިނިސްޓްރީން ވަނީ އެކަން އެގޮތަށް ނުކުރަން އިލްތިމާސްކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ބުޅާތަކެއް ޖަމާވެފައި: އެ ސޮރުމެން މަރާ ކަމަށް ޝަކުވާ ލިބޭތީ މިނިސްޓްރީން ވަނީ އެކަން އެގޮތަށް ނުކުރަން އިލްތިމާސްކޮށްފައި -- ފޮޓޯ: އަދަދު ފައިލް

މާލެ ސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް މަރާކަމުގެ ޝަކުވާ ލިބޭތީ އެކަން އެގޮތަށް ނުކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ބުޅާތަކަށް ބައެއް މީހުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެ ސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

"މިހާރަކަށް އައިސް މާލެ ސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރު އެސޮރުމެން މަރާކަމުގެ ޝަކުވާތައް މި މިނިސްޓްރީއަށް ލިބެމުންދޭ. މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލުތަކަށްވާތީ، މިކަން ނުކުރުމަށް މި މިނިސްޓްރީން އިލްތިމާސްކުރަން،" މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ޖަނަވާރުންނަށް ލިބިގެންވާ މިނިވަންކަމުގެ ތެރޭގައި ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަމާއި ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަމާއި ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަމާއި ވޭނާއި ހާނިއްކައާއި ބަލިން މިންޖުވުމުގެ މިނިވަންކަމުގެ އިތުރުން އާވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން ލިބޭ ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދަނޑުވެރިކަމަށާއި މުނިފޫހިފިލުވުމަށާއި އެ ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ދުޅަހެޔޮކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާދީގެން އާދަވެގެން ޖަނަވާރު އޫލުމުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަޅައިލުމާއި ލޯބި ދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެ ސޮރުމެންނަށް ލިބެމުންދިޔަ އަޅައިލުމާއި ލޯބިން މަހުރޫމްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މީގެ ނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސްކުރަން ޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި އުޅެމުންދިޔަ އަމާން އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުން،" މިނިސްޓްރީން ބުންޏެވެ.

"މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރު އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. މިފަދަ ހާލަތްތަކުގައި އެސޮރުމެންނަށް ހާނިއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެން ވާނެ ކަމެއް ނޫން."

މިނިސްޓްރީން ބުނީ ދުނިޔެއަކީ އިންސާނުންނާއި ޖަނަވާރުންނަށް ވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށް ވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅާ ކަމަށެވެ.

މިގޮތުން މާލެ ސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދޭން ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެއިން ބުޅާ ގެއްލޭކަން ފާހަގަވީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށް، މާލޭގައި ދިރިއުޅޭ ބުޅާތަކުގެ ހާލު ބަލާ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަންގެ ރައީސް އަހުމަދު ވިޝަން އަދަދު އާ ވާހަކަ ދައްކަވަމުން މިދިޔަ މަހު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި 1500 އަށް ވުރެ ގިނަ ބުޅާ ދިރިއުޅޭ ކަމަށް ވިޝަން ލަފާ ކުރައްވަ އެވެ. އޭގެ ތެރެއިން 300 އެއްހާ ބުޅާ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އޭނާ މިދިޔަ މަހު ލަފާ ކުރެއްވި އެވެ.

މާލޭގައި އުޅެމުން ދިޔަ ބުޅާތަކުގެ ތެރެއިން އެތައް ސަތޭކަ ބުޅަލެއް ވީނުވީއެއް ނޭނގި މަދުވެފައިވާ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އެޅި ބުޅާ ފެސިލިޓީ މި ސަރުކާރުން ގަދަކަމުން އަތުލުމަށްފަހު އެތަނަށް ގެންގޮސްގެން ބަލަހައްޓަމުން ގެންދަނީ ގޭގޭގައި ގެންގުޅޭ އޮޅު ބުޅާތައް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox