އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕެއް

Jul 19, 2025, 8:33 AM
އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕެއް

އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ތަރި، މައިކަލް އޮވެންއާ އެކު، އަވަނި+ފަރެސް މޯލްޑިވްސް ރިސޯޓްގައި އަންނަ އޮކްޓޫބަރު މަހު ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަވަނި+ފަރެސް އިން މައުލޫމާތު ދޭ ގޮތުގައި، އަންނަ އޮކްޓޫބަރު މަހު 20-24 އަށް އަވަނި+ފަރެސްގައި އޮވެންއާ އެކު ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާއިރު، މި ކޭމްޕް ހާއްސަ ކުރެވިގެންދާނީ، ހަތަރު އަހަރުން ފެށިގެން، 15 އަހަރުން ދަށުގެ އުމުރުފުރާތަކަށް ކަމަށެވެ.

ކޭމްޕްގެ ފުރަތަމަ ތިން ދުވަހު، އޮވެންއާ އެކު، ކޭމްޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، އޮވެންއާ އެކު، މި ޓްރެއިނިން ކުރިއަށްގެންދިޔަ ކަމުގެ ސެޓްފިކެޓެއް ވެސް ލިބިގެންދާނެ އެވެ. މި ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަވަނި+ފަރެސް ރިސޯޓްގައި، މި ކޭމްޕް ކުރިއަށްދާއިރު، ތިބޭ ގެސްޓުންނަށެވެ.

އޭގެ އިތުރުން، އަވަނި+ފަރެސް ރިސޯޓުން އަންނަނީ، "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ - ސީއެސްއާރް" ގެ ތެރެއިން، ރާއްޖޭގެ ބައެއް ކުދިންނަށް ވެސް ފުރުސަތު ފަހިކޮށްދިނުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ.

ކުޅިވަރުގެ ތެރެއިން އެކިއެކި ކަންކަން ރޭވުމަށް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން، އަވަނި+ފަރެސް އިން ގިނަ ކަންތައްތަކެއް ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، ދާދި ފަހުން، އެ ރިސޯޓްގައިވަނީ، ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ބ. އަތޮޅުގެ މެޗުތައް ހޯސްޓްކޮށްފަ އެވެ. ރިސޯޓް ލީގުން ވަނީ، މި މުބާރާތް ހޯސްޓްކުރުމުގައި އަވަނި+ފަރެސްގެ މަސައްކަތް ފާހަގަކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އޮވެން، އަވަނި+ފަރެސްގައި ޗުއްޓީ ހޭދަކުއިރު، އިއުލާނުކޮށްފައިވަނީ، މި އަހަރު އޭނާގެ ޓްރެއިނިން ކޭމްޕް އެ ރިސޯޓްގައި އޮންނާނެ ކަމަށެވެ. ކުރިން، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ އޮވެން އަކީ ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި ވިދުން ގަދަ ފޯވާޑެކެވެ. އޭނާ ވަނީ، ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، 2001 ވަނަ އަހަރު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox