މުއްތަލިބު ދެއްކީ ދޮގު ވާހަކަތަކެއް، އެޑްވާންސް ފައިސާ ވެސް ފުރިހަމައަށް ދީފައި ނުވޭ: ސީއެމްސީ

ސީއެމްސީން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ -- ފޮޓޯ: ބޮސްކާލިސް

ސީއެމްސީން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ -- ފޮޓޯ: ބޮސްކާލިސް

ހުޅުމާލޭ ފޭސް ތިނަކާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ހަވާލުކުރި ސަރުކާރުގެ ދެ ކުންފުނިން ސަބް ކޮންޓްރެކްޓް ކުރި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން އެ މަސައްކަތް ކުރަމުން ނުދާތީ ކަމަށް ވިދާޅުވެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ހެދީ ދޮގު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވަނީ ސީއެމްސީއަށް ތުހުމަތުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން، ކޮންޓްރެކްޓުގެ އެޑްވާންސަށްވާ ފައިސާ ދޫކުރި ނަމަވެސް ސީއެމްސީއިން މަސައްކަތް ނުކޮށް އިތުރަށް ފައިސާ ޑިމާންޑް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިއަދު ނެރުނު ދިގު ބަޔާނެއްގައި ސީއެމްސީއިން ވަނީ ރާއްޖޭގެ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރަށް ރައްދު ދީފަ އެވެ.

Advertisement

ސީއެމްސީން ބުނި ގޮތުގައި އެ ފޯރަމްގައި އެ ކުންފުންޏާ މެދު މުއްތަލިބު ދެއްކެވީ ދޮގު އަދި އޮޅުވާލާފައިވާ ވާހަކަތަކެކެވެ. އެ ވާހަކަތަކަށް ރައްދު ނުދީފިނަމަ ކުންފުނީގެ ކުރިމަގަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސީއެމްސީން ބުނި ގޮތުގައި ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހިލާފަށް އެއްވެސް ފައިސާއެއް ހޯދުމަށް އެ ކުންފުނިން ސަރުކާރުގައި ޑިމާންޑް ކޮށްފައި ނުވާނެ އެވެ. ފައިސާ ހަމަނުޖެހުނު ނަމަވެސް ގިނަ މަސައްކަތްތަކެއް ހެޔޮ ނިޔަތުގައި ކޮށްދީފައިވާ ކަމަށް ސީއެމްސީން ބުނެ އެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ކޮންޓްރެކްޓުތަކާ އެއްގޮތަށް ފައިސާ ދޫކޮށްފައި ނުވާ ކަމަށާއި އެ ކަމަށް ގާނޫނީ ފިޔަވަޅު ވެސް އަޅާފައި ނުވާނެ ކަމަށް ސީއެމްސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ސީއެމްސީއަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ނަމަވެސް ސަރުކާރުން ދިން އަދަދާ މެދު ހިތްހަމަނުޖެހިގެން އެ ކުންފުނިން މަސައްކަތް ނުކުރާ ކަމަށް މުއްތަލިބު ވިދާޅުވެފައިވާތީ ވެސް ސީއެމްސީން ރައްދު ދިނެވެ.

"މަސައްކަތް ހުއްޓިފައި ވަނީ ފައިސާ ނުދެއްކުމާއި، ޕްރޮޖެކްޓަށް ގެންނަން ޖެހޭ ބަދަލުތައް އެޕްރޫވް ކުރުމުގައި ލަސްވުމާއި، ހަރަދުތައް އަނބުރާ ހޯދޭނެ ގޮތް ނޭނގުން ފަދަ މައްސަލަތައް ފާހަގަވުމުން،" ސީއެމްސީން ބުނެފައި ވެ އެވެ.

އެޑްވާންސަށް ފައިސާ ދޫކުރުމަށް ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހުރިހާ ގެރެންޓީއެއް ވެސް ފުރިހަމަކޮށްފައި ވާނެ ކަމަށާއި މަސައްކަތް ހުއްޓާލީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ފުރަތަމަ އެޑްވާންސްގެ ގޮތުގައި ސީއެމްސީއަށް 20 މިލިއަން ޑޮލަރު ދޫކުރި ކަމަށާއި ނަމަވެސް އެ ފައިސާއަށް ވާ ވަރަށް އެ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުންފުނިން 140 ހެކްޓަރު ހިއްކާފައިވާ ކަމަށާއި މިނިސްޓަރު ވިދާޅުވި ނަމަވެސް އެއަށް ވުރެ އިތުރަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ސީއެމްސީން ބުނެ އެވެ.

ޕްރޮޖެކްޓުތަކުގެ އެގްރީމެންޓުތައް ސީއެމްސީން ޑިޒައިން ކުރަނީ އާބިޓްރޭޝަނަށް ދެވޭނެ ފަދަ ގޮތަކަށް ކަމަށް މުއްތަލިބު ވިދާޅުވެފައިވާތީ އެ ކަމަށް ވެސް ސީއެމްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ހަދާފައިވާ ޕްރޮޖެކްޓް އެގްރީމެންޓްތައް ތައްޔާރުކުރަނީ ސީއެމްސީއަކުން ނޫން. މި އެއްބަސްވުންތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ އެ ކުންފުނިތަކުގެ އެޑްވައިޒަރުން ތައްޔާރުކޮށްފައިވާ އެއްބަސްވުންތަކަކަށް ވާއިރު، އާންމުކޮށް ބަލައިގަންނަ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ކަމަށާއި އޭގެ ތެރޭގައި ފިޑިކް ކޮންޓްރެކްޓް ޓެމްޕްލެޓްތައް ވެސް ހިމެނޭ. ސީއެމްސީން މި އެއްބަސްވުންތަކުގައި ސޮއިކުރީ ހެޔޮ ނިޔަތުގައި، ދެބަސްވުންތައް އުފެދޭނެ ނުވަތަ އިތުރުވާނެ ޝަރުތުތައް ހިމެނުމަށް މަސައްކަތް ކޮށްފައި ނުވާނެ،" އެ ކުންފުނިން ބުނެފައި ވެ އެވެ.

މި ޕްރޮޖެކްޓުތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެ ކުންފުނީގެ ވިޔަފާރި މޮޑެލް ބިނާވެފައިވަނީ ސަރުކާރުން ތުހުމަތު ކުރާ ގޮތަކަށް ނޫން ކަމަށް ސީއެމްސީން ބުނެ އެވެ.

މިވަގުތު މަސައްކަތްތައް ހުއްޓާލާފައި އޮތް ނަމަވެސް މައްސަލަތައް ހައްލުވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށް ވެސް ސީއެމްސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އޭގެ އިތުރުން، އެޗްޑީސީ އަދި އެމްއެފްއެމްސީއިން ވެސް އެއްބަސްވުންތައް ބާތިލުކުރިކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ސީއެމްސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox