އެއާލައިނު ޓިކެޓަށް ޑޮލަރުން ފައިސާ ދޭން މަޖުބޫރުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ: ބައެއް އެއާލައިންތަކުން ދިވެހި ފައިސާ ނަގަނީ ކަޅު ބާޒާރު ރޭޓުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސަނީ: ބައެއް އެއާލައިންތަކުން ދިވެހި ފައިސާ ނަގަނީ ކަޅު ބާޒާރު ރޭޓުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރާއްޖެއަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކުން ޓިކެޓު ނެގުމުގައި ރުފިޔާ ބަލައިގަތުން ހުއްޓާލައި ޑޮލަރުން ފައިސާ ދައްކަން އަންގަން ފަށައިފި އެވެ.

އެއާލައިންތަކުން މި ބަދަލު ގެނެސްފައި މިވަނީ ބްލެކު މާކެޓުގައި ޑޮލަރެއްގެ އަގު ގާތްގަނޑަކަށް 20ރ. އަށް އެރުމުންނެވެ.

ރާއްޖޭން ބޭރަށް ދިއުމަށް މި ހަފުތާގައި ޓިކެޓު ގަނެފައިވާ ބައެއް މީހުން "އަދަދު" ނޫހަށް ބުނީ ޓިކެޓުގެ އަގު ބަލައިގަންނާނީ ހަމައެކަނި ޑޮލަރުން ކަމަށް އަންގާފައިވާ ކަމަށެވެ.

Advertisement

"މިއީ ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމުގެ ހެއްކެއް،" ޑޮލަރުން ޓިކެޓު ގަންނަން މަޖުބޫރުވި ވިޔަފާރިވެރިޔަކު ބުންޏެވެ.

ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން އޮންނަ ދިވެހި ކުންފުންޏެއްގެ އިސްވެރިޔަކު ބުނީ ހަމައެކަނި ޑޮލަރުން ޓިކެޓު ވިއްކަން ނިންމަން ޖެހުނީ ބޭންކު ރޭޓުގައި ޑޮލަރު ނުލިބޭތީވެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

"މިހާރު 20ރ. އަށް ޑޮލަރެއް ގަނެގެން ކިހިނެއްތޯ ވިޔަފާރި ކުރާނީ. އެހެންވެ، އަހަރެމެން ނިންމީ ޑޮލަރުން ޓިކެޓު ވިއްކަން ނުވަތަ، ބްލެކު މާކެޓުން ޑޮލަރު ލިބޭ ރޭޓުގައި ރުފިޔާއިން ޕޭމެންޓު ހަދަން،" އޭނާ ވިދާޅުވި އެވެ.

ޑޮލަރުން ފައިސާ ދެއްކުމަށް އަންގައި ޓިކެޓު ނަގަން އުޅުނު މީހަކަށް އެއާލައިނަކުން  ފޮނުވާފައިވާ މެއިލްއެއް
ޑޮލަރުން ފައިސާ ދެއްކުމަށް އަންގައި ޓިކެޓު ނަގަން އުޅުނު މީހަކަށް އެއާލައިނަކުން ފޮނުވާފައިވާ މެއިލްއެއް

ޑޮލަރުން ފައިސާ ދެއްކުމަށް އަންގައި ޓިކެޓު ނަގަން އުޅުނު މީހަކަށް އެއާލައިނަކުން ފޮނުވާފައިވާ މެއިލްއެއް

އެއާލައިން ތަކުން ޓެކްސް ވެސް ދައްކަން ޖެހެނީ ޑޮލަރުން ކަމަށާއި، އެހެންވެ، ޑޮލަރުން ޕޭމެންޓު ގަބޫލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް އެއާލައިންތަކުން ގެނައި މި ބަދަލާއެކު ޓިކެޓުގެ އަގު ވަނީ ބޮޑުވެފަ އެވެ. ޑޮލަރުގެ އަގު އުފުލެން ފެށީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރި ހިސާބުންނެވެ.

މި އުސޫލު ފެށިއިރު ބޭންކުތަކަށް މާރުކުރާ ފައިސާގެ 60 އިންސައްތަ އެމްއެމްއޭ އަށް ޖަމާކުރަން ޖެހެ އެވެ. އެ އަދަދު މިހާރު ވަނީ 90 އިންސައްތައަށް މަދުކޮށްފަ އެވެ.

ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.48ރ. ބޮޑުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox