ހުލާސާކޮށް އިއްޔެ: ހުއްޓުމެއް ނެތި ޑޮލަރުގެ އަގު މައްޗަށް

Jul 9, 2025, 12:51 AM
ހުލާސާކޮށް އިއްޔެ: ހުއްޓުމެއް ނެތި ޑޮލަރުގެ އަގު މައްޗަށް

ހުއްޓުމެއް ނެތި ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 19.90ރ. އަށް އަރައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު ނޫހުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 19.90ރ. އަށެވެ. އޮންލައިންކޮށް ޑޮލަރުގެ މުއަމަލާތް ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތަކުގައި ވެސް އަގުތައް ހުރީ މި ރޭޓުގަ އެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު މި ވަނީ 40 ލާރި މައްޗަށް ގޮސްފަ އެވެ. ޖޫން 16، ގައި ޑޮލަރުގެ އަގު ހުރީ 19.50ރ. އަށެވެ.

މި ނޫހާ ވާހަކަ ދެއްކި ޑޮލަރު ވިޔަފާރި ކުރާ ބައެއް މީހުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު މިއަށްވުރެ ވެސް ބޮޑުވާނެ އެވެ. ޑޮޮލަރެއް ވިއްކާ އަގު 20ރ. އަށް އަރަން ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެ މީހުން ލަފާކުރެ އެވެ.

މިއީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ޑޮލަރުގެ އަގު އެންމެ މައްޗަށް އުފުލުނު ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ދާއިރާއިން ޑޮލަރު ވަނުން ހުއްޓިފައި އޮތް ދުވަސްވަރު ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް އުފުލުނީ 19.50ރ. އަށެވެ.

ޑޮލަރުގެ އަގު ބޮޑުވެ، ޑޮލަރުގެ ތާށިކަން ބޮޑުވެފައިވީ ނަމަވެސް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ހަފުތާ ވަނީ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް ދޭ ސަޕޯޓު 30 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މީގެ ދެތިން މަސްކުރިން އެ ސަޕޯޓު ހުރީ ފަސް ޕަސެންޓުގަ އެވެ.

މީގެ އިތުރުން، ޖޫން 30، ގައި ބީއެމްއެލް އިން ވަނީ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. ނަމަވެސް، ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. މި ނިންމުންތަކާއެކު އެ ބޭންކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޑޮލަރުގެ އަގު އުފުލެން ފެށީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރި ހިސާބުންނެވެ. މި އުސޫލު ފެށިއިރު ބޭންކުތަކަށް މާރުކުރާ ފައިސާގެ 60 އިންސައްތަ އެމްއެމްއޭ އަށް ޖަމާކުރަން ޖެހެ އެވެ. އެ އަދަދު މިހާރު ވަނީ 90 އިންސައްތައަށް މަދުކޮށްފަ އެވެ.

ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.48ރ. ބޮޑުކޮށެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:41
  • އިރުއަރާ 05:59
  • މެންދުރު 12:15
  • އަޞްރު 15:38
  • މަޣްރިބް 18:23
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox