ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަހަދު ހައްޔަރު ކުރީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރަން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކޮން ކޯޓަކުން ކުރި އަމުރެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"އަބްދުލް އަހަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރުމަށް،" ފުލުހުން ބުންޏެވެ.
އަހަދު ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމައެއް ނުކުރެ އެވެ.













