ބީއެމްއެލްއިން ނަގާ 30 ޕަސެންޓުގެ ފީ ގާނޫނާ ހިލާފު: ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު  މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރުފިޔާ ޑެބިޓު ކާޑު ބޭނުން ކޮށްގެން ޓީމޫ އާއި ޝީން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ބޭންކް އޮފް މޯލްޑިވްސް އިން 30 ޕަސެންޓު ފީއެއް ނަގަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް ހުންނަވާ ޝަމްހީދު އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ރޭ ވިދާޅުވީ ޑެބިޓު ކާޑު ބޭނުންކުރާ މީހުންގެ އަތުން ކުއްލިއަކަށް ނަގަން ފެށި 30 ޕަސެންޓު ފީ އަކީ ޓެކުހެއް ކަމަށެވެ.

"މިއީ ހަގީގަތުގައި ޓެކުހެއް. މިކަމެއް ބޭންކު އޮފް މޯލްޑިވްސްއަކަށް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"މި ޓެކްސް ނެގުން ނެގުން ސަރުކާރުން ހުއްޓާލަން ޖެހޭ."

ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭނީ އެކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކުރާ ބިލް ތަސްދީގުކޮށްގެންނެވެ. އެހެންވެ ބީއެމްއެލްގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެ ނިންމުން ބަދަލު ނުކުރާނަމަ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ދެވެން އޮތް އެންމެ މައްޗަކަށް ދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. އިޝާރާތް އެ ކުރެއްވީ ކޯޓަށް މައްސަލަ ހުށަހެޅުން ކަމަށް ބެލެވެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް އެތެރެކުރާ މުދަލަށް އެއްވެސް ޓެކުހެއް ނުނެގޭނެ ކަމަށާއި، އެހެންވެ ބީއެމްއެލް މެދުވެރިކޮށް ފީއެއްގެ ގޮތުގައި ނުސީދާކޮށް ޓެކުހެއް ނުނެގޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ދިވެހިރައްޔިތުންގެ ބޭންކުގެ ނަމުގައި އިސްތިހާރުކުރާ ބީއެމްއެލްއިން މިފަދަ ފީއެއް ނެގުން ޝަމްހީދު ސިފަކުރެއްވީ ގާނޫނުއަސާސީގައި ބުނާ ތަފާތު ނުކުރުމާއި ހަމަހަމަކަން ވެސް ގެއްލިގެންދިޔަ ނިންމުމެއްގެ ގޮތުގަ އެވެ.

ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ކޮންމެ ވިޔަފާރިއެއްގެ 30 ޕަސެންޓު ފީއެއް ޖުލައި 1 އިން ފެށިގެން ބީއެމްއެލްއަށް ނަގަން ނިންމުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox