ރާއްޖޭގައި ފެންވަރު ރަނގަޅު މޭވާ، ތަރުކާރީ އަދި ތަފާތު މީޓްތަކުގެ ވިޔަފާރިކުރާ މަޑިހާ އުފަންވެލި ފިހާރައިން ކުކުޅުގެ އެކި ބާވަތްތައް އަގުހެޔޮކޮށްފި އެވެ.
މަޑިހާއިން ބުނީ ޖުލައި 1، ގައި ފެށި އެ ޕްރޮމޯޝަން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށާއި ސްޓޮކް ހުސްވަންދެން ހެޔޮ އަގެއްގައި އެންމެންނަށް ތަކެތި ލިބޭނެ ކަމަށެވެ.
މަޑިހާ ކުންފުނީގެ އޮޕަަރޭޝަންސް މެނޭޖަރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، އެންމެ އިތުބާރުހުރި މަސްދަރުތަކުން ކޮންމެ ބެޗެއް އަމިއްލައަށް ބަލައި، ހިޔާރު ކުރަނީ ފެންވަރަށް ބަލާފައި ކަމަށެވެ.
އުފަންވެލިން އަގުހެޔޮކޮށް ވިއްކާ ކުކުޅުގެ ބާވަތްތައް: ޖީއެސްޓީއ ވެސް ހިމަނައިގެން
- ޗިކަން ޝްނިޓްޒެލް 450 ގްރާމް - 11ރ. | ކޭސް: 22 ޕެކެޓް 162ރ.
- ޗިކަން ބާގާ 450 ގްރާމް - 11ރ. | ކޭސް: 22 ޕެކެޓް 216ރ.
- ޗިކަން ނަގެޓްސް 700 ގްރާމް - 50ރ. | ކޭސް: 14 ޕެކެޓް 650ރ.
- ޗިކަން ކްރިސްޕީ ވިންގްސް އެއް ކިލޯ - 50ރ. | ކޭސް: 10 ޕެކެޓް 480ރ.
- ޗިކަން ކްރޯކެޓް 480 ގްރާމް - 5.50ރ. | ކޭސް: 20 ޕެކެޓް 54ރ.
- ޗިކަން ގިޒާޑް އެއް ކިލޯ - 50ރ. | ކޭސް: 10 ޕެކެޓް 450ރ.
- ޗިކަން ކެބަޕް 360 ގްރާމް - 3.50ރ. | ކޭސް: 22 ޕެކެޓް 54ރ.
- ޗިކަން މިނީ ސްޓްރިޕްސް 700 ގްރާމް - 49ރ. | 12 ޕެކެޓް 540ރ.
- ޗިކަން ޕޮޕް ކޯން 700 ގްރާމް - 27ރ. | ކޭސް: 14 ޕެކެޓް 238ރ.
- ޗިކަން ޓެންޑާ ފިލެޓް 700 ގްރާމް - 33ރ. | ކޭސް: 12 ޕެކެޓް 324ރ.
- ޗިކަން ރިންގްސް 440 ގްރާމް - 38ރ. | ކޭސް: 14 ޕެކެޓް 453ރ.
- ޗިކަން މޯޓަޑެއްލާ ސަލާމީ 250 ގްރާމް - 22ރ. | ކޭސް: 22 ޕެކެޓް 422ރ.
- ޗިކަން ޓެންޑާ ފިލެޓް 700 ގްރާމް - 33ރ. | ކޭސް: 12 ޕެކެޓް 324ރ.
- ޗިކަން ކޯޑަންބްލޫ 500 ގްރާމް - 44ރ. | ކޭސް: 14 ޕެކެޓް 550ރ.
- ޗިކަން ކްރިސްޕީ ނަގެޓްސް 260 ގްރާމް - 44ރ. | ކޭސް: 28 ޕެކެޓް 594ރ.
- ޗިކަން މެކްސިކޯ ޝޮޓްސް އެއް ކިލޯ - 130ރ. | ކޭސް: 10 ޕެކެޓް 1،242ރ.
މީގެ އިތުރުން ޖޭސްމިން ދެ ކިލޯގެ ހަނޑޫ 32ރ. އަށް އަގުހެޔޮ ކޮށްފައިވާއިރު، ހޯލްސޭލްކޮށް އޭގެ 10 ޕެކެޓްގެ ކޭހެއް 302ރ. އަށް ވަނީ އަގުހެޔޮކޮށްފަ އެވެ. އަދި ސްޓިކީ ރައިސް ދެ ކިލޯ 30ރ. އަށް ކުޑަ ކޮށްފައިވާއިރު، 10 ޕެކެޓްގެ ކޭހެއް 280ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
އެ ޕްރޮމޯޝަނުގެ އަމާޒަކީ ހަމައެކަނި ވިޔަފާރި ކުރުމަށްވުރެ، ގޭބިސީތަކަށް ފެންވަރު ރަނގަޅު، ތާޒާ ކާނާ ފޯރުކޮށްދިނުން ކަމަށް މަޑިހާއިން ބުންޏެވެ.
ޕްރޮމޯޝަންގެ ބޭނުން ހިފައި ޑިސްކައުންޓު ރޭޓުގައި ކާބޯތަކެތި ގަންނަން އުފަންވެލީގެ ފިހާރަތަކަށް ޒިޔާރަތް ކުރުމަށް މަޑިހާއިން އެދެ އެވެ.
ރާއްޖޭގައި ވިޔަފާރިކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މަޑިހާ އުފަންވެލީގެ ފަސް ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި ދެ ފިހާރައެއް ހުރެ އެވެ.










