ޗާގޯސް ޖަޒީރާ ދިވެހި ދައުލަތުގެ ސިޔާދަތުގެ ދަށަށް ގެނައުމަށް ނުވަތަ އެތަނުގެ މިލްކުވެރިކަން ހޯދުމަށް މި ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރާކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ލޯޔަރު އަހުމަދު މައުރޫފް، އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ޗާގޯސްއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެ އޮފީހުން ބުނީ އެތަނުގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް ދައުވާކުރަން ސަރުކާރުން ނިންމިކަން މިހާތަނަށް ނޭގޭ ކަމަށެވެ.
"އިސްވެ ހަވާލާ ދެންނެވުނު މައްސަލައިގައި ސަރުކާރުން ނިންމަވާ ގޮތެއް މި އޮފީހަށް އެނގިގެންދާނީ ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަމުގައި ދަންނަވަން،" އޭޖީ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އެވެ.
އެކަމަކު އެ ސިޓީއަށް އިޖާބަނުދީ އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ މިދިޔަ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައި ވެސް ވެ އެވެ.
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާ ކުރުމަށް އޭޖީ އޮފީހުން އުފައްދާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޓީން ދަނީ ކުރަމުންނެވެ.
މީގެއިތުރުން އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު، ކެބިނެޓަށް ހުށަހެޅުމަށް ކެބިނެޓް ޕޭޕަރެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭޖީން ބުންޏެވެ.
"ވަޒީރުންގެ މަޖިލީހަށް ކެބިނެޓް ޕޭޕަރު ހުށަހެޅުމުން، މި މައްސަލައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވަންޖެހޭ ކަންކަން ނިންމެވުމުން، މި މައްސަލައިގެ އިތުރު ތަފްސީލްތައް ބަންޑާރަނައިބުގެ އޮފީހުން އާންމުކޮށް ޝާއިއުކުރާނެ ކަމުގައި ވެސް ދަންނަވަން،" އޭޖީން ބުންޏެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:37
- އިރުއަރާ 05:55
- މެންދުރު 12:12
- އަޞްރު 15:36
- މަޣްރިބް 18:21
- ޢިޝާ 19:39











