ޖެމްކިއު ޕްރޮމޯޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް މީހުން ދެނެގަނެފި

ޖެމްކިއު ޕްރޮމޯޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް މީހުން ދެނެގަނެފި

ދިވެހިންގެ ތެރޭގައި މަގުބޫލުވެފައިވާ ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު ނުވަތަ ޖީއެމްސީ ޕްރޮމޯޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެހިން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު އާދަމް ނަވީދު އަދަދު އަށް ވިދާޅުވީ ޖެމްކިއުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ހަތް މީހުންނަކީ އެ ސްކީމް ފެށުނުއިރު ވަދެ ފަހުން ސީނިއާވި މީހުން ކަމަށެވެ.

"ފުލުހުންނަށް މިވަގުތު އައިޑެންޓިފައި އެބަވޭ ހަތް ކީ މީހަކު. މި ހަތް ކީ މީހުންނަކީ އާލީ ޖޮއިނާސް. އާލީކޮށް ވަރަށް ކުރީއްސުރެ މި ސްކީމަށް ވަދެ ތިބި މީހުން ކަމަށްވީމަ މިހާރު ސްކީމް ފުޅާވީމަ އެމީހުން ފުދޭވަރަކަށް ސީނިއާވެފަތާ ތިބޭނީ،" އާދަމް ނަވީދު ވިދާޅުވި އެވެ.

"އެހެންވީމަ އެ މީހުން މައްޗަށް ޖެހޭ ވަރަކަށް އެއްކަލަ މުޅި ސްކީމް ހިިންގާ މީހުން ދޭނެތާ އެޑްމިނިސްޓްރޭޓިވް ރޯލެއް. އެގޮތަށް މި ސްކީމް ޕްރޮމޯޓްކުރުމުގައި އުޅުނު ބައެއް ކަމަށް ފާހަގަވަނީ. މީގައި އުޅެނީ ހުސް ދިވެހިން އުޅެނީ. އަންހެނެއް ވެސް ފާހަގަވެފައި ވަނީ."

އެ ހަތް މީހުންނާ ކުރިއަށް އޮތް ދުވަސްތަކުގައި ސުވާލު ކުރާނެކަން ފާހަގަކުރައްވާ އާދަމް ނަވީދު ވިދާޅުވީ ސްކީމްގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ވިސްނުމެއް މިވަގުތު ފުލުހުންގެ ނެތް ކަމަށެވެ.

"އެހެންވީމަ މި މީހުންނާ ތަހުގީގަށް ސުވާލުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ. އަދި މި މީހުންނާ ދޭތެރޭގައި މިދެންނެވި ގޮތަށް މިއީ ސްކީމް ހިންގާ ބައެކޭ ނެތޭ މި މީހުންނަށް އެފަދަ އެއްވެސް އިންޑިކޭޝަނެއް. ހަމަ ސިމްޕްލީ ޕްރޮމޯޓާސްއާއޭ. މިދަނޑިވަޅުގައި އަޅުގަނޑުމެން ފުލުހުން ބޭނުމެއް ނެތް މި ސްކީމްގައި ބައިވެރިވި އެއްވެސް މީހަކަށް ހަރުކަށި ފިޔަވަޅު އަޅާކަށް،" އޭނާ ވިދާޅުވި އެވެ.

ވިދާޅުވީ ޖެމްކިއު މިއޮތް ހުރިހާ ދުވަހު ހިންގަމުން ދިޔައީ 15 ދުވަހުގެ ފްރީ ޓްރަޔަލް ނަގައިގެން ވެބް ހޯސްޓިންއެއްގައި ކަމަށްވާއިރު، އެ 15 ދުވަސް ހަމަވުމާއެކު އަނެއްކާ ވެސް އާ ހޮސްޓިންއެއް ނަގާ ކަމަށެވެ.

މިހާތަނަށް ޖެމްކިއުއިން 20 ޑޮމައިންއެއް ބޭނުން ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އެ ޑޮމައިންތައް ނެގި ބަޔަކު މިހާތަނަށް ދެނެ ނުގަނެވޭ ކަމަށެވެ.

"އިސްކޮށް އުޅުނު މީހުން ދެނެގަންނަން ފުލުހުންނަށް އެޕްރޯޗް ކުރެވެން މި އިންނަނީ ދެ ދިމާލެއް. އެއް ދިމާލަކީ ވެބް އެޕްލިކޭޝަނެއްވީމަ، ވެބް ހޯސްޓިން ނޫނީ ވެބް ޑޮމައިން ގަތް ފަރާތެއްގެ މައުލޫމާތު ހޯދައިގެން. އޭގައި އަޅުގަނޑުމެން ބަލާލިއިރު މުޅި އެޕްލިކޭޝަން މިއޮތް ހުރިހާ ދުވަހު ކޮންޓިނިއުކޮށްފައި ހުރީ ފްރީ ވެބް ހޯސްޓިން، ފްރީ ޑޮމައިން ސާވިސްތަކުގައި،" އޭނާ ވިދާޅުވި އެވެ.

ޖެމްކިއު އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް ލައި ފައިސާ ވިތުޑްރޯ ނުކުރެވޭ ގޮތް ހެދުމާއެކު އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވުމުގެ ބިރު ވަނީ ހީވެފަ އެވެ.

ފުލުހުންގެ އިދާރާ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއް ކަމަށް ބުނެ، އޭގައި ބައިވެރި ނުވާން އެދިފަ އެވެ.

އެ ސްކީމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން ސަރުކާރާއި ސަލާމަތީ ހިދުމަތްތައް ހިމެނޭހެން ތަފާތު ތިން މަސްދަރަކުން ވަނީ 50،000 އަށްވުރެ ގިނަ ދިވެހިން އޭގައި "އިންވެސްޓް" ކުރިކަން ޔަގީންކޮށްދީފަ އެވެ. އިދާރާތަކުގެ ސަމާލުކަމަށް މި ސްކީމް އައިއިރު ވެސް 25،000 އަށްވުރެ ގިނަ ދިވެހިން ދިޔައީ އެއަށް ފައިސާ ލަމުންނެވެ.

އޭގެ ތެރޭގައި ޕޮލިސް، އެމްއެންޑީއެފް، މަޖިލިސް މެންބަރުން، ސިވިލް ސާވަންޓުން، އަދި އާންމު އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox