ޕޭޕަލް ނުގެނެވި އޮތީ ފީސިބިލިޓީ އެސެސްމެންޓު ހެދުމަށްފަހު އެ ކުންފުނިން ނިންމި ނިންމުމެއްގެ ސަބަބުން: އެމްއެމްއޭ

މާލޭގައި ހުންނަ އެމްއެމްއޭގެ މައި މަރުކަޒު -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މާލޭގައި ހުންނަ އެމްއެމްއޭގެ މައި މަރުކަޒު -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕޭޕަލްގެ ހިދުމަތް ތައާރަފުކުރެވިފައި ނުވަނީ ރާއްޖޭގައި އެ ހިދުމަތް ފުޅާ ކުރުމާ ގުޅޭގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ފީސިބިލިޓީ އެސެސްމެންޓުތަކަށްފަހު ނިންމި ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރު ފާސްކުރި ގައުމީ ޕޭމެންޓް ޕޭމެންޓް ސިސްޓަމްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން 2022 ވަނަ އަހަރު އެކުލަވައިލި ޕޭމެންޓް ހިދުމަތްތަކާ ބެހޭ ގަވާއިދުގެ ދަށުން ލައިސެންސް ދޫކުރާ ބޭންކުތަކަށް ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ކަމަށް އެމްއެމްއޭގެ ސިޓީގައި ބުންޏެވެ.

ނަމަވެސް އެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރެވިފައި ނުވަނީ އާ ގައުމެއްގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ ކުރިން ނުވަތަ ފުޅާ ކުރުމުގެ ކުރިން އެ ކުންފުނިން ހަދާ ފީސިބިލިޓީ އެސެސްމެންޓު ރާއްޖޭގައި ކުރިއަށް ގެންދިިޔުމަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"2021 ވަނަ އަހަރާ ހަމައަށް ކުރެވުނު އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށްވުރެ ބޮޑަށް، އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެންކަމުގަ،" އެމްއެމްއޭގެ ސިޓީގައި ބުންޏެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށާއި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް، ސަރުކާރުން އެ ކުންފުންޏަށް ޕްރޮޕޯސަލް އެއް ހުށަހެޅިކަން ރަސްމީކޮށް އިއުލާނުކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1، ގައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މާހިރުންގެ މަޝްވަރާތަކާއެކު ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހެޅީ އޭގެ ދެ ދުވަސް ކުރިން ކަމަށެވެ.

"އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް. ސީދާ އަދި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ކޮންއިރަކުކަމެއް ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށޭނީ. ނަމަވެސް ޕޭޕަލް ރާއްޖެއަށް ގެނެވޭނެ،" އެ ދުވަހު ސައީދު ވިދާޅުވި އެވެ.

ސައީދު އެހެން ވިދާޅުވިފަހުން، މިއަދާ ހަމައަށް ވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށްދިޔަކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭޕަލް އާއެކު ދިވެހި ރާއްޖެއަށް އެއްބަސްވުމަކަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ކްރޮސް ބޯޑާ ޓްރާންސެކްޝަން އާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ އުސޫލުތަކެވެ. މިކަމާ ގުޅިގެން ޕޭޕަލް އިން ބޭނުންވި އިތުރު މައުލޫމާތު ދިން ކަމަށް މިނިސްޓަރު ސައީދު ސެޕްޓެމްބަރު 17، 2024 ގައި ވިދާޅުވި އެވެ.

އެމްއެމްއޭގެ ސިޓީގައި ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ވެސް އެ ބޭންކުން އެއްބާރުލުން ދެމުންދާ ކަމަށެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox