ބޭރު ފައިސާގެ ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ބިލު އަލުން ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބިލު އަނބުރާ ފޮނުވާލީ ގާނޫނު އިތުރަށް ހަރުކަށި ކުރަން ބޭނުންވެގެން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބިލު އަނބުރާ ފޮނުވާލީ ގާނޫނު އިތުރަށް ހަރުކަށި ކުރަން ބޭނުންވެގެން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ހުށަހެޅި ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރުމަށް ފަހު ތަޅުމަށް ފޮނުވުމުން، އަދިވެސް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުނެ އެ ބިލު އިތުރަށް ދިރާސާކުރަން އަލުން ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

މަޖިލީހުގެ ޖަލްސާގައި ބޭރު ފައިސާއާ ބެެހޭ ގާނޫނަށް ގެންނަ ބަދަލުތައް ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވީ 58 މެންބަރުން ވެސް ވޯޓު ދިނީ ބިލު ދިރާސާކުރަން އަނބުރާ ކޮމިޓިއަށް ފޮނުވާލަން ފެންނަ ކަމަށެވެ. 

އެ ބިލު ކޮމިޓީއަށް ފޮނުވާލިއިރު، މާލިއްޔަތު ކޮމިޓީން ފޮނުވި ރިޕޯޓަށް ބަހުސްކުރި ވަގުތު މި ގާނޫނު އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށް، ސަރުކާރު ހިންގާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން ވަކާލާތުކުރި އެވެ. މި ގޮތަށް އަޑުއުފުލުމުގައި އެންމެ އިސްކޮށް ހުންނެވީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. 

Advertisement

ފަލާހު ވިދާޅުވި ގޮތުގައި ޑޮލަރު މާރުކޮށްގެން ވަރަށް ގިނަ ފައިދާތަކެއް ލިބިއްޖެ ކަމަށެވެ. މިހެން ނަމަވެސް ހުރިހާ ރިސޯޓަކުން އެ ގާނޫނާ އެއް ގޮތަށް އަމަލުނުކުރާ ކަމަށާއި، ޑޮލަރު މާރުނުކުރާ ނަމަ އެ ކަން ނުކުރާ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޭރު ފައިސާ މާރުކުރުމުގައި މި މަޖިލީހުން ހެދިފައި ހުރި ގާނޫނުތަކާ އެއްގޮތަށް ހުރިހާ ރިސޯޓުތަކުން ވެސް ފައިސާ މާރުކުރައްވަންޖެހޭނެ، އިނގޭތޯ؟ އެކަން ކުރައްވަން ޖެހޭނެ. ނުކުރާ ކަމަށް ވަންޏާމުން އެ ކަންކަމާ، އެ ކަމާ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އަޅުއްވަން ޖެހޭނެ. 100 ރިސޯޓު އޮތިއްޔާމުން 60 ރިސޯޓުން މާރުކޮށްފައި އަނެއް 40 ރިސޯޓުން މާރު ނުކުރާ ކަމަށް ވަންޏާމުން ފިޔަވަޅު އަޅުއްވަން ޖެހޭނެ،" ފަލާހު ވިދާޅުވި އެވެ. 

މި މައްސަލައިގައި ފަލާހު ވިދާޅުވީ ބޭރު ފައިސާގެ ގާނޫނަށް އަދިވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ އާއި ޑޮލަރު މާރުނުކުރާ މައްސަލައަށް ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަދިވެސް މި ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ، އެއީ ޑޮލަރުގެ މި ކަޅު، ބްލެކް މާކެޓު ތެރޭގައި މިއުޅޭ ޑޮލަރު މާރުކުރުމާއި ގާނޫނާއި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރުމުގެ މި ނިޒާމު އަޅުގަނޑަށް ގަބޫލުކުރެވެނީ އަދިވެސް ގާނޫނަށް އިތުރަށް، އިސްލާހުތަކެއް ގެެނެސްގެން ހައްލުތަކެއް ހޯދޭނެ ކަމަށް،" ފަލާހު ވިދާޅުވި އެވެ. 

ޑޮލަރު މާރުކުރުމުގެ ކަންކަން އިތުރަށް ހަރުކަށި ކުރަން ބޭނުންވެގެން އުޅޭއިރު، މިހާރު ގެންނަން އުޅޭ ބަދަލުތަކާ ގުޅިގެން ވެސް ބައެއް ޓޫރިޒަމް ވިޔަފާރިތަކަން ވަނީ ޝަކުވާކޮށްފަ އެވެ. އަދި، އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން ވެސް ވަނީ މި ބަދަލުތަކާ ދެކޮޅު ކަން ހާމަކޮށްފަ އެވެ. 

ސަރުކާރުން މިހާރު ހުށަހަޅާފައި ވަނީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލާ، ޖުމްލަ އާމްދަނީގެ 20 ޕަސެންޓުގެ މާރުކުރަން މަޖުބޫރުކުރާ ގޮތަށެވެ. މިއީ މަތީ ފަންތީގެ ރިސޯޓުތަކާއި އެ ނޫން ރިސޯޓުތަކުގެ މެދުގައި ހަމަހަމަ ކުރަން ކުރާ ކަމެއް ކަމަށް އެމްއެމްއޭއިން ވަނީ މައުލޫމާތު ދީފަ އެވެ.

މި ގޮތަށް ހަރުކަށި ކުރި ނަމަވެސް ޑޮލަރު މާރުކުރުން އިންސްޓޯލްމަންޓް ޕްލޭންތަކަށް ބަހައިދިނުން ފަދަ ލުއިތައް ދެވޭ ބަދަލުތަކެއް ވެސް ހިމަނާފައިވެ އެވެ. އަދި، އެހެން ދާއިރާތަކުން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކަށް ލުއިތަކެއް ދޭން ވަނީ ހުށަހަޅާފަ އެވެ.

މީގެ ތެރޭގައި އަހަރެއްގެ ތެރޭގައި ލިބެން ޖެހޭ ބޭރު ފައިސާގެ އާމްދަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމާއި، ސައްތައިންސައްތަ ދިވެހިންގެ ވިޔަފާރިތަކަށް މާރުކުރުމުގައި އިތުރު ލުއިތަކެއް ދިނުމުގޭ ބާރު އެމްއެމްއޭއަށް ދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox