ބޭރުން މުދާ ގެންނަން ޑޮލަރު ނުލިބި ވިޔަފާރިވެރިންގެ ކަންބޮޑުވުން

ބޭރުން މުދާ ގެންނަން ޑޮލަރު ނުލިބި ވިޔަފާރިވެރިންގެ ކަންބޮޑުވުން

ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ އެމެރިކާ ޑޮލަރު ކަޅު ބާޒާރުން ވެސް ނުލިބި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އާންމުންނާއި ވިޔަފާރިވެރިން ވެސް ގެންދަނީ ޑޮލަރު ނުލިބުމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ނެރޭ ވަރަށް ކަޅު ބާޒާރަށް ޑޮލަރު ނުނެރޭތީ މި ހަފްތާ ފެށުނު ދުވަހު ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރެއް ނުލިބެ އެވެ.

މިއަދު ވެސް ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ ބޮޑުކޮށެވެ. މިދިޔަ ހަފްތާއިން ފެށިގެން 19.40ރ. އަށް ޑޮލަރު ރޭޓު ހުރިއިރު އެ ރޭޓުގައި ވެސް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ޑޮލަރު ތަދުވެ، ވިޔަފާރިތަކަށް ހުރަސްތަކާ ކުރިމަތިވެފައި މިވަނީ ރާއްޖެއިން ބޭރުން މުދާ ގަންނަން ކުރާ ޓީޓީއަށް ބޭންކުތަކުން ދެމުންދިޔަ ޑޮލަރު ސަޕޯޓު ފަސް ޕަސެންޓަށް ދަށްކޮށްފައި ވަނިކޮށެވެ. ޑޮލަރުގެ ސަޕޯޓު ކުޑަކުރުމާ ގުޅޭ ގޮތުން ބޭންކުތަކުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.

އެއްގޮތަކަށް ވެސް ޑޮލަރު ނުލިބޭ ކަމަށް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ކުދިކުދި އަދަދުތަކުން ލިބޭ ޑޮލަރު ވެސް ގަންނަން ޖެހިފައިވަނީ 19.50ރ. އަށްވުރެ ބޮޑު ރޭޓެއްގައި ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.

ޑޮލަރު ސަޕޯޓުގެ ގޮތުގައި ވިޔަފާރިތަކަށް ދޭ ފައިސާގެ އިންސައްތަ ކަނޑައެޅުމުގެ ބާރު އޮންނަނީ ބޭންކުތަކަށެވެ. ބޭންކުތަކުން މި އިންސައްތަ ކަނޑައަޅަނީ ބޭންކުތަކަށް ލިބޭ ޑޮލަރުގެ އަދަދަށާއި އެކްސްޗޭންޖު ރޭޓު ހިފަހައްޓަން އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރަަށް ބިނާކޮށެވެ.

ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox