ކޮންމެ މީހަކު ވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ ދީނީ ވާޖިބެއް: ހުތުބާ

މިއަދު އީދު ނަމާދަށް މީހުން ބޮޑު ޖަމާއަތަށް އެއްވެފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު އީދު ނަމާދަށް މީހުން ބޮޑު ޖަމާއަތަށް އެއްވެފައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހަކަށްވާތީ، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ މާތް ﷲ އިންސާނުން ހައްދަވައިފައިވަނީ، އެކަކު އަނެކަކަށް މަދަދަށް ބޭނުންވާ ގޮތަށް، އެއްބަނޑު އެއްބަފާ ބައެއް ގޮތުގައި ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ.

"މާތް الله އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް. އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް،" ހުތުބާގައި ބުންޏެވެ.

"ވުމާއެކު، މުސީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭ. އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެއް،"

މި އިސްލާމީ މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތައި، އެ ކުދީންނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މިގޮތުން ހުތުބާގައި ބުނީ ތެލެސީމިއާ ކުދިންގެ މައިބަފައިންނާއި ބެލެނިވެރިން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް ކަމަށާއި އެކުދިންނަކީ ވެސް މުޖުތަމައުގެ އެއްބައެއް ކަމަށެވެ.

"އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް. އެއީ ތެލަސީމިޔާ ކުދީންނެވެ. ނުވަތަ ލޭއަޅަން ޖެހިފައިވާ ކުދީން. އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައެއް. އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވޭ،" ހުތުބާގައި ބުންޏެވެ.

"އެ ކުދީން އާދޭސްކުރަމުން އެ ދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށް. ނުވަތަ އަހަރެމެން ޞަދަޤާތް ކުރާ ފައިސާފޮއްޗަކަށް. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ، اللهގެ މަގުގައި ކުރެވޭ ސަދަގާތެއް،"

އެހެން މީހުންނަށް އެހީތެރިވުމުގައި، ހުތުބާގައި ބުނީ ކައުއިތުރު މާތް ނަބިއްޔާގެ އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުން ގިނަގުނަ އިބުރަތް ލިބޭ ކަމަށެވެ.

ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި، މި ގުނަވަން ވެސް ހިއްސާވާން ޖެހޭ ކަމަށެވެ.

އިސްލާމީ މުޖުތަމައުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއްކަމުގައި. އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައި. އެކަކު އަނެކަކަށް އަޅައިލައި އޯގާތެރިވުމުގައި. މި ކަމަކީ، އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާކަމެއް،" ހުތުބާގައި އިތުރަށް ބުންޏެވެ.

މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ، އެމުޖުތަމައެއްގެ އަފުރާދުން، އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެންކަން ހުތުބާގައި ފާހަގަކުރި އެވެ.

ހުތުބާގައި ބުނީ އެކުވެރިކަމާއި އުހުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުއޫރެއް ކަމަށާއި އެއީ، އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށެވެ.

މީގެ އިތުރުން ތެދުވެރި އުހުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން، އެހީތެރިވުމާއި އިހްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށް ވުރެ އަނެކާއަށް އިސްކަން ދިނުމާއި، މައާފުކުރުން ފަދަ ރިވެތި އަހުލާގީ ސިފަތައް އަށަގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox