ހުލާސާކޮށް އިއްޔެ: ރައީސް ދިފާއުކުރަން މުއްތަލިބު ގޯސްކުރީ އިންފޮމޭޝަން އޮފިސަރު

May 28, 2025, 1:27 AM
އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

ބައެއް ރަށްރަށުގެ މަގުތަކުގައި އެކި ކުލަކުލައިގެ ގައު ޖަހަން އެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ދިފާއުކުރައްވާ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ގޯސް މައުލޫމާތު ދިން ކަމަށް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބައެއް ރަށްރަށުން އެގޮތަށް އެދުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މާޗު 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން އަންނަ އަހަރު 78 ރަށެއްގެ މަގު ތަރައްގީކުރާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްރަށުން ތާރުއަޅަން ބޭނުންނުވާ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

"ބައެއް ރަށްތަކުން ބޭނުންވަނީ ގާ އަތުރަން. ބައެއް ރަށްތަކުން އެބަ ބޭނުންވޭ، ތަންކޮޅެއް ޓޫރިޒަމް ތިޔާގި ރަށްރަށުގައި، ވަރަށް ރީތި ކުލަކުލައިގެ ގާ އަތުރަންވެސް. އަޅުގަނޑުމެން ހަމަ ހުރިހާ ކަމަކަށް އިޖާބަދެން،" ރައީސް ވިދާޅުވި އެވެ.

އެއީ ކޮން ރަށްތަކެއްތޯ ބެލުމަށް އާންމުންގެ މީހަކު ވަނީ ރައީސް އޮފީހަށް އާރުޓީއައި ރިކުއެސްޓެއް ލާފަ އެވެ. އެ ރިކުއެސްޓް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކުރީ ރައީސް އޮފީހުންނެވެ.

އެ މިނިސްޓްރީން އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނެފައިވަނީ ކުލަ ކުލައިގެ ގައު އަތުރަން އެދި އެ މިނިސްޓްރީއަށް މިހާތަނަށް އެއްވެސް ރަށަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް، ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވެދާނެ ކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ދިން ޖަވާބު ދޮގުކޮށް މުއްތަލިބު އެކްސްގައި ޕޯސްޓުކުރެއްވީ އިއްޔެ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައިއޯ ޖަވާބުދެއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެކަން އިސްލާހުކޮށް އަލުން ޖަވާބު ދިނުމަށް އަންގާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

"މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ތޮއްޑޫ އިން ރަސްމީކޮށް ސިޓީއަކުން ޖަނަވަރީ 8، 2024 ގައި އެކަމަށް އެދިފައިވޭ. މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަކުލަ އާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވޭ،" މުއްތަލިބު ލިޔުއްވާފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ ޓޫރިޒަމް ފުޅާވެފައިވާ ހުރި ބައެއް ރަށްރަށުން ގައު އަތުރަން ވެސް ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އެ ރަށްރަށުން ހުށަހަޅަނީ މަގު އެއްވަރު ކޮށްލާފައި، ޑްރެއިނޭޖް ނިޒާމެއް ލައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:34
  • އިރުއަރާ 05:51
  • މެންދުރު 12:07
  • އަޞްރު 15:29
  • މަޣްރިބް 18:15
  • ޢިޝާ 19:32

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖީއެމްއާރް ގެނައުމާ ގުޅޭގޮތުން ވޯޓަށް ނެހުނީ ގޯހުން: ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނެގުމަކީ ހެދުނު ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވި. ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބިމެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ބަސް ހޯދުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ވާހަކަދައްކަވަމުން.

އަޒޭ އާއި ވިޝާލްގެ މައްސަލަ ޑްރަގު ކޯޓަށް، ޖުމައިހުއަށް ނަސޭހަތް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭ އާއި ވިޝާލް ކުށަށް އިއުތިރާފުވުމުން، އެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މައްސަލަ ޑްރަގް ކޯޓަށް ފޮނުވުމަށް ޕީޖީން ވަނީ ނިންމާފައި. އަދި މި މައްސަލައިގައި ހިމެނޭ ޖުމައިހުގެ މިއީ ފުރަތަމަ ކުށް ކަމަށްވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފައި.

ނުބައި ގެއެއްގެ ނަން ޖެހުމުން ދެ މީހަކު ހުކުމަކުން ސަލާމަތްވެއްޖެ

ގއ. ނިލަންދޫގައި ކަތިވަޅި ހިފައިގެން ބިރުދެއްކި ކަމަށް ތުހުމަތުކުރެވުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މި މައްސަލައިގައި ދައުވާ ސާބިތުނުވީ ހާދިސާ ހިނގި ގޭގެ ނަން ދައުވާ ފޯމުގައި ނުބައިކޮށް ލިޔެފައިވުމާއި، ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އެކަން އިސްލާހު ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ދައުލަތަށް ނުލިބޭތީ.

"ކީއްވެ؟" ފިލްމުގެ ޕްރިމިއާ ޕީއެސްއެމްއިން ލައިވްނުކުރި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޕްރިމިއާ ލައިވްކޮށްދޭން އެއްބަސްވުމަށްފަހު، ޕީއެސްއެމްއިން އެކަން ނުކުރީ ބައެއް ސިޔާސީ ބޭފުޅުން އެ ހަފުލާގައި ބައިވެރިވާތީ ކަމަށް ފިލްމު އުފެއްދި ފަރާތުން ބުނޭ. މި ނިންމުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމާފައި.

ހިޔާނާތުގެ ކުށުގައި މިދިޔަ މަހު ޖަލަށްލި ދީނާ ގޭބަންދަށް

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަސައްކަތް ފުރިހަމަ ނުކުރަނީސް އަމިއްލަ ކުންފުންޏަކަށް ފައިސާ ދޫކޮށް، ފެނަކައަށް ބޮޑު ގެއްލުމެއް ދިން މައްސަލައިގައެވެ. މީގެ އިތުރުން ވެސް ޚިޔާނާތުގެ އިތުރު ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ރޯވީ ނުވަ އަހަރުގެ ކުއްޖާ ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި

ހުޅުމާލޭގައި ނުވަ އަހަރުގެ ކުއްޖަކު ނިޔާވި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި، ފޭސް 2 ގައި ޕާކުކޮށްފައި އޮއްވާ ރޯވެ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. މި ހާދިސާގައި އެ ސަރަހައްދުގައި އޮތް އިތުރު ދެ ކާރަކަށް ގެއްލުން ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ބަޖެޓުން ޝަރުއީ ދާއިރާއަށް ދެ ޕަސަންޓު ދޭން ގާނޫނުން ލާޒިމުކުރަނީ

ދައުލަތުގެ އާމްދަނީގެ މަދުވެގެން ދެ ޕަސަންޓު ޝަރުއީ ދާއިރާއަށް ދިނުމަށް ލާޒިމުކޮށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މި ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާއަށް ދޫކުރާ ފައިސާ ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން.

Newsletter

Get the latest news delivered straight to your inbox