ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވައިފި

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، -- ފޮޓޯ: އަދަދު

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، -- ފޮޓޯ: އަދަދު

އޭޕްރިލް 18، ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ރައުދުގެ މައްސަލަ ޕީޖީ އޮފީހަށް ލިބިފައިވާކަން އެ އޮފީހުން ވަނީ އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ. އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މި ނޫހަށް ވިދާޅުވީ ރައުދުގެ މައްޗަށް ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

"ރައުދުގެ މައްސަލަ ބަލައިގަނެފައި، 15 ދުވަސް ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނަން،" ޝަފީއު ވިދާޅުވި އެވެ.

ރައުދުގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ.

އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިވެނުދިނުމުގެ ކުށާއި އޭގެ އަދަބު ބަޔާން ކޮށްފައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ ހ. ގައި ބަޔާން ކޮށްފައި އޮންނަނީ އަންނަނިވި ހާލަތްތަކުގައި އެކަން ކުރާ މީހާ އެ ކުރަނީ ކުށެއް ކަމަށެވެ. އެއީ:

  • ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން، ނުވަތަ؛
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުން، ނުވަތަ؛
  • އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ހާލަތެއްގައި ހުރުމާއި އަދި އިންޒާރު ދެވިދާނެ ހާލަތެއްގައި ހުރުން، އަދި؛
  • އޭނާއަށް ނުވަތަ އެހެން މީހަކަށްވިޔަސް އެއްވެސް ބާވަތެއްގެ މާއްދީ ނުވާނެފަދައަކުން އެހީތެރިކަން ފޯރުވައިދެވިދާނެ ނުވަތަ އިންޒާރު ދެވިދާނެ ފަދަ ހާލަތެއްގައި ހުރުން، އަދި؛
  • ގާނޫނުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ލާޒިމުކޮށްފައިވާ އެއަށްވުރެ މަތީ ވާޖިބެއް ދޫކޮށްލަން ނުޖެހި އިންޒާރު ދެވެން އޮތުން ނުވަތަ އެހީތެރިވެދެވެން އޮތުން

އެ މާއްދާގެ ބ. ގައި އެހީތެރިވެނުދިނުމުގެ ނުދިނުމުގެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. ޖަނުހުގެ ތިންވަނަ ދަރަޖައިގެ ކުށަކަށް ދެވޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން މަސްދުވަހަށް ޖަލަށް ލުމެވެ.

މިދިޔަ މަހުގެ 24، ގައި ހައްޔަރުކުރި ރައުދު ފުލުހުންގެ ބަންދުގައި ހުންނަތާ މިއަދަށް ވަނީ 32 ދުވަސްވެފަ އެވެ. އެހެންކަމުން މީހަކަށް އެހީތެރިވެ ނުދިނުމުގެ ކުށް ރައުދުގެ މައްޗަށް ސާބިތުވި ނަމަވެސް އޭނާ ބަންދުގައި މާގިނަ ދުވަސް ހޭދަ ކުރަންޖެހޭނެ ކަމަކަށް ނުބެލެވެ އެވެ.

ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.

މައްސަލައިގެ ފަސްފަހަތް

ރައުދު އަހުމަދު ޒިލާލް، 22، އަކީ އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުމުގެ ކުރިން އެނާއާއެކު އެ ގޭގައި ހަރަކާތްތެރިވި މީހާ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ނުކުރި ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު، އެވަރުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރި އެވެ.

އެކަމަކު ފުލުހުން އަމަލު ކުރަމުންދިޔަ ގޮތަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އޭޕްރިލް 24، ގައި ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވައްޓާލުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ވެސް ފެންމަތިވި އެވެ.

ފުލުހުން ހެދި ގޯސްތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭގެ ބައެއް ފަންގިފިލާތަކުގައި ކެމެރާ ހުރި އިރު ވެސް ކެމެރާ ނެތް ކަމަށް ބުނެ ދޮގު ހެދުން ހިމެނެ އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ތަންތަން ބަލައި ފާސް ކުރަން ފުލުހުން ވަނީ ފަސްޖެހިފަ އެވެ. އޭގެ ތެރޭގައި ޔުމްނު އާއި އޭނާއާއެކު އުޅުނު ބަޔަކު ދިޔަ މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ ގެ އާއި އެ މައްސަލައިގައި ހިމެނޭ އިތުރު މީހެއްގެ ގެ ހިމެނެ އެވެ.

އެތަންތަން ބަލައި ފާސް ކުރުމަށް ފުލުހުން ދިޔައީ ހަ ދުވަސް ފަހުންނެވެ. ބަލައި ފާސް ކުރުމަށްފަހު ފުލުހުން ބުނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް އެ ދެ ގެއިން ފެނިފައިނުވާ ކަމަށެވެ. އަދި މިނިސްޓަރު އަމީން ދިރިއުޅޭ ގޭގެ ވީޑިއޯ ފުޓޭޖް ހަލާކުވެފައިވާތީ، ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިފަ އެވެ. އެ ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމެވެ. އެ ކޮމިޝަން އުފެއްދީ އޭޕްރީލް 26، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox