މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި އެ މަޝްރޫއަށް ހިނގާނެ ހަރަދެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އައްޑޫ ބްރިޖު މަޝްރޫއުގެ ތަފުސީލުތައް ހޯދުމަށް އަދަދު ނޫހުން ހުށަހެޅުމުން މިފަދައިން ބުނެފައިވަނީ މިނިސްޓްރީން އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްކްޗާއިން ދިން ޖަވާބުގަ އެވެ.
"އަމަލީ މަސައްކަތުގެ ތާރީހާއި މި މަޝްރޫއަށް ހިންގާނެ ހަރަދުތައް ކަނޑައެޅިގެންދާނީ އަދި ފަހުގެ މަރުހަލާއެއްގައި،" މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިހާރު ކުރަމުންދަނީ އައްޑޫ ބްރިޖު ޑިޒައިން ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ.
ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދަން ސަރުކާރުން ގެޒެޓުކުރީ މާޗު 2، ގަ އެވެ. އެ އިއުލާން ބާތިލުކޮށް ފިނޭންސުން ވަނީ މާޗު 18، ގައި ހަމަ އެކަމަށް އިއުލާނެއް ކޮށްފަ އެވެ.

ފަހުން ކުރި އިއުލާނުގެ ސުންގަނޑި ހަމަވީ އެޕްރީލް 13، އަށެވެ. ނަމަވެސް، އެކަމަށް ބަޔަކު ހޮވި ކަމެއް ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. ސުންގަޑި ހަމަވިތާ މަހެއް ފަހުން އަދަދު އަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން ޖަވާބުގައި ވެސް ބުނެފައިވަނީ އަދިވެސް ޑިޒައިން ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:35
- އިރުއަރާ 05:51
- މެންދުރު 12:06
- އަޞްރު 15:28
- މަޣްރިބް 18:14
- ޢިޝާ 19:31












