ޑިއުޓީ ބޮޑުކުރި ފަހުން ބާޒާރުގައި ވަގު ސިނގިރޭޓު އާދަޔާހިލާފަށް އިތުރުވެއްޖެ

May 10, 2025, 2:26 PM
ޑިއުޓީ ބޮޑުކުރި ފަހުން ބާޒާރުގައި ވަގު ސިނގިރޭޓު އާދަޔާހިލާފަށް އިތުރުވެއްޖެ

ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ބޮޑުކުރުމާ ގުޅިގެން އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައި, ޑިއުޓީ ނުދައްކައި ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ބާޒާރުގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ އެވެ.

ރާއްޖެއަށް އެތެރެ ކުރަމުންދާ ވަގު ސިނގިރޭޓު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އަތުލައިގަންނަނީ އޭގެ ތެރެއިން މަދު މިންވަރެކެވެ. ސިނގިރޭޓު އަތުލައިގަތުމުގެ އިތުރުން ސިނގިރޭޓުން ވައްކަން ކުރުން ވެސް ވަނީ ކުރިއާ އަޅައިބަލާއިރު އިތުރުވެފަ އެވެ.

ވަގު ސިނގިރޭޓު އެތެރެކުރުން

  • އޮކްޓޯބަރު 25، 2024 - ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ މިލިއަން ސިނގިރޭޓު އަތުލައިގަތް
  • ޖެނުއަރީ 30، 2025 - ރާއްޖޭގައި އުފައްދާފައި ހުރި 980،000 ވަގު ސިނގިރޭޓު އަތުލައިގަތް
  • ފެބްރުއަރީ 18، 2025 - ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓްރުގެ ގުދަނުން 130 ކާޓަނު ސިނގިރޭޓު ވަގަށް ނެގުން
  • 18 މާޗު، 2025 - ރާއްޖެއަށް އެތެރެކުރަން އުޅުނު 2،000 އަށްވުރެ ގިނަ ވޭޕުގެ ބާވަތްތައް އަތުލައިގަތުން
  • 26 މާޗު، 2025 - އެއާޕޯޓު ޑިއުޓީ ފްރީއިން 140 ކާޓަނު ސިނގިރޭޓު ވަގަށް ނެރެން އުޅެނިކޮށް އަތުލައިގަތުން
  • 19 އެޕްރީލް 2025 - ގަން އެއާޕޯޓުން ވަގަށް އެތެރެކުރަން އުޅުނު 130،000 ސިނގިރޭޓު އަތުލައިގަތުން
  • 26 އެޕްރީލް 2025 - ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރޭޓު އަތުލައިގަތުން

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުން އަތުލައިގަނެވެނީ ރާއްޖޭގެ ބާޒާރަށް އެތެރެކުރަމުންދާ ވަގު ސިނގިރޭޓުގެ ތެރެއިން މަދު މިންވަރެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑު އާބާދީއެއް އޮތުމުން، ދުންފަތަށް ބޮޑު ޑިމާންޑެއް އަދިވެސް އެބައޮތެވެ. ވަގަށް އެތެރެކޮށްގެން ވިއްކަމުން އަންނަ ގިނަ ސިނގިރޭޓުތަކުގެ އަގު, ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓު މަރުކާތަކަށް ވުރެ ބޮޑުތަނުން ކުޑަ އެވެ. އެހެންވެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އިހުތިޔާރު ކުރަނީ އެ މަރުކާތަކެވެ.

މިހާރު ވަގަށް ވިއްކަމުންދާ އެއްވެސް ފޮއްޓެއްގައި, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކުރާ ދިވެހިން ލިޔެފައި އޮންނަން ޖެހޭ ސިއްހަތުގެ އިންޒާރާއި ފޮޓޯ ވެސް ނެތް ކަން ފާހަގަކުރެވެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލާއިރު އޮސްޓްރޭލިއާގައި ދުންފަތުގެ އަގު ބޮޑުކުރުމާ ގުޅިގެން ގުޅިގެން ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ހަރުކަށި "ދުންފަތުގެ ހަނގުރާމައެއް" ފެށި، ޓެކްސްގެ ގޮތުގައި ލިބޭނެ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ.

ދުންފަތުން ބޮޑު ޓެކުހެއް ނެގުމުގެ ސިޔާސަތެއް ކާމިޔާބުކަމާއެކު ތައާރަފުކުރި ހަމައެކަނި ގައުމަކީ ނިއުޒިލެންޑެވެ. އެ ގައުމުން އެކަން ކުރީ 2020 ވަނަ އަހަރު ވޭޕު ހުއްދަ ކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox