އެމްއެޗްއޭއިން ވިއްކާ އައިސް ކްރީމްގެ އުފެއްދުންތަކުން 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްއެޗްއޭއިން އެތެރެކޮށް ވިއްކާ އައިސް ކްރީމު ބްރޭންޑުތަކުގެ ތެރޭގައި ހާގަން ޑާޒް، ޖޮއިޑޭ، ނެސްލޭ، ލަންޑަން ޑެއިރީ، ކުއަންޓާ، އިގްލޫ ހިމެނެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ހިންގާ ބްރޭންޑުތަކެވެ.
އެމްއެޗްއޭގެ ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށް ވެސް މި މަހުގެ ނިޔަލަށް މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނެ އެވެ.
ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.
މާލޭ ސަރަހައްދުގައި އެމްއެޗްއޭގެ ހޯލްސޭލް ތިން ފިހާރައާއި ރީޓެއިލް ފަސް ފިހާރަ އެބަ ހުއްޓެވެ.
- ވައިބާ ކޮމިއުނިޓީ: http://bit.ly/3FVA6a9
- ފިހާރަ ލޮކޭޝަންތައް: https://linktr.ee/mha.mv










