ކަރަންސީ ސްވޮޕާއެކީ މި އަހަރު އަދާކުރަން ޖެހޭ ދަރަނި ބިލިއަން ޑޮލަރަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ: އެމްއެމްއޭއިން ކަރަންސީ ސްވޮޕެއް ހޯދީ ރިޒާވު ހާލަތު ރަނގަޅުކުރަން --- އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ: އެމްއެމްއޭއިން ކަރަންސީ ސްވޮޕެއް ހޯދީ ރިޒާވު ހާލަތު ރަނގަޅުކުރަން --- އަދަދު ފައިލް ފޮޓޯ

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ކަރަންސީ ސްވޮޕް ފެސިލިޓީއާ އެކީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ދަރަނި ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އާރުބީއައިއިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ބޭރު ފައިސާގެ ރިޒާވު ދަށްވުމާ ގުޅިގެން، މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ހޯދި ފެސިލިޓީއެކެވެ. މި ފެސިލިޓީން ނެގި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓުކުރީ ރާއްޖޭގެ ބޭންކުތަކުގަ އެވެ. ބާކީ އިންވެސްޓުކޮށްފައި ހުންނަނީ ބޭރުގެ ބޭންކުތަކުގަ އެވެ.

މި އަހަރުގެ ތެރޭގައި އަދާކުރަން ޖެހޭ ދަރަނީގެ އަގު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން މި ފަހުން ނެރެފައިވާ ރާއްޖޭގެ ޑިވެލޮޕްމަންޓު އަޕްޑޭޓުގައި ބަޔާންކުރިއިރު، މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ދަރަނި ދައްކަން ބަޖެޓު ކުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި ލޯނު އަދާކުރާށާއި ފައިނޭންސިން އަދި އިންޓްރެސްޓު ހަރަދުތައް ދައްކަން ބަޖެޓުކުރީ 9.4 ބިލިއަން ރުފިޔާ އެވެ.

އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި، ދަރަނި އަދާކުރަން ބަޖެޓުކުރި ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، ފައިނޭންސް އަދި އިންޓްރެސްޓު އަދާކުރަން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ދަރަނި ދައްކަން ކުރަން ޖެހޭ ހަރަދުތައް އިތުރުވާ މައްސަލައިގައި ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މި އަހަރާއި އަންނަ އަހަރު ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށް ދަރަނި އަދާކުރަން ޖެހޭތީ، މެދު ރާސްތާގައި ރިޒާވުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މާލީ ހާލަތު ރަނގަޅު ކުރަން ވޯލްޑް ބޭންކުން ލަފާ ދެނީ، އަހަރުތަކަކަށް ދެމިގެންދާ ފިސްކަލް ރިފޯމް ޕްރޮގްރާމެއް ހިންގުމަށެވެ. މިއީ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ބުނެ އެވެ.

އެ ގޮތުން ސަރުކާރުގެ ހޯމް ގްރޯން ފިސްކަލް އެޖެންޑާގައި ހިމަނާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާއި ޕީއެސްއައިޕީގެ ދަށުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭ މަޝްރޫއުތަކަށް ތަރުތީބުކުރުން ތަންފީޒުކުރަން ވޯލްޑް ބޭންކުން ގޮވާލާފައިވެ އެވެ. އަދި ހަރުދަނާ ފައިނޭންސިން ޕްލޭނެއްގެ ދަށުން ދަރަނި ދެއްކޭނެ ގޮތްތަކެއް ހޯދަން ވެސް ލަފާދީފައިވެ އެވެ.

ހޯމް ގްރޯން ފިސްކަލް އެޖެންޑާ ލަސްނުކޮށް ތަންފީޒުކުރަން ވޯލްޑް ބޭންކުން ގޮވާލާފައިވާއިރު، މި އެޖެންޑާގައި ހިމެނޭ ބައެއް ކަންކަން ތަންފީޒުނުކުރާ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަހުން ވާހަކަ ދައްކަވާފަ އެވެ.

ބޭރު ފައިސާގެ ރިޒާވު ރަނގަޅުކުރަން އަޅާފައިވާ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރީ ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމެވެ. މީގެ ސަބަބުން މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އަދާކުރުމުގައި ކޮންމެ ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox