ސިޓީބިޓީ: އުފެއްދެވި ކޮމިޝަން މިނިވަނެއް ނޫން، މައްސަލަ ލަސްވެ އެންމެން ވާނީ ސަލާމަތް!

ސިޓީބިޓީ: އުފެއްދެވި ކޮމިޝަން މިނިވަނެއް ނޫން، މައްސަލަ ލަސްވެ އެންމެން ވާނީ ސަލާމަތް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒަށް

މިއީ، 18 އޭޕްރިލް 2025 ދުވަހުގެރޭ، ޒުވާނަކު މާލޭގެ ގެއެއްގެ ފުރާޅެއްގެ މަތީގައި އޮއްވާ ފެނިގެން އުޅޭ މައްސަލައިގައި މަނިކުފާނު ތިޔަ އުޅުއްވާ ގޮތުން، އެއްޗެއް ނުބުނެ ނުހުރެވިގެން ލިޔާ ސިޓީއެކެވެ. 

ރިޔާސީ ކޮމިޝަން ހެއްދެވުމަކީ މަނިކުފާނު ކަނޑައެޅިގެން ދެކޮޅު ކަމެކެވެ. ކޮމިޝަން ނަހައްދަވާނެކަމަށް އޮތީ ވައުދު ވެސް ވެވިފައެވެ. ނަމަވެސް، ޒުވާނުން ކޮޅެއްގެ ޕްރެޝަރާ ހެދި، ވައުދާ ހިލާފުވެވުނީ އެވެ. ޕްރެޝަރު އޮތަސް ނެތަސް ވެސް، ވަކި ކަމެއް ނުކުރާނެ ކަމަށް ސާފުކޮށް ވިދާޅުވެފައި އޮތް ކަމެއް، ހަމަ ކަނޑައެޅިގެން އެ ނޫން ގޮތަކަށް ކުރެއްވުމަކީ ދޮގާއި މުނާފިގުކަން ނޫން އެހެން އެއްކަމެއްވެސް ނޫނެވެ. އަރަބި ކަލާމުގައި ނަމަ، ކައްޒާބެވެ. 

Advertisement

އެކަން ބާއްވަވާށެވެ. ޒުވާނުން އެދުނީ، ޕްރެޝަރުކުރީ، "މިނިވަން، މުސްތަގިއްލު، އަވަސް، ދެފުށް ފެންނަ" ތަހުގީގެއް ކުރާށެވެ. ދުނިޔޭގެ އާންމު ގޮތެއްގައި މިބާވަތުގެ ކަންކަން ކުރާ ގޮތަކީ، ވަކި ކަމަކާ ގުޅިގެން، ވަކި ބަޔަކު ކުރާ ޝަކުވާއެއް ބެލުމަށް ކޮމިޝަނެއް ހަދާނަމަ، އެކަމެއްގެ 'ސްޓޭކް ހޯލްޑަރުން' ގަބޫލުކުރާ ބަޔަކު ވެސް އޭގައި ހިމެނުއްވުމެވެ.

ކޮމިޝަނަށް އިތުބާރު ލިބޭނީވެސް އޭރުންނެވެ. މަނިކުފާނުން ވަޒީރުކަމުގައި ހުންނަވަނިކޮށް އެކުލަވާލެވުނު ކޯނީ ކޮމިޝަނު ވެސް އޮތީ އެގޮތަށެވެ. މިހާރު ކޮމިޝަން އޮތް ގޮތަކުން، ޒުވާނުންގެ އިތުބާރެއް ތިޔަ ކޮމިޝަނަކަށް ނޯންނާނެއެވެ. އެމީހުންގެ މީހަކު، އެމީހުން ރުހޭ މީހަކު ތިޔަ ކޮމިޝަނަކު ނެތެވެ. ޒުވާނުންގެ އެދުމަށް ހެއްދެވި ކޮމިޝަނުގައި ޒުވާނުންގެ ތެރެއިން މީހަކު، ނުވަތަ ބަޔަކު ނޮމިނޭޓް ކުރަން ފުރުސަތެއް ދެއްވިނަމަ، ކޮމިޝަނަށް އިތުބާރު ކުރާ މިންވަރު އިތުރު ކުރެއްވުނީހެވެ. 

ތިޔަ އުފެއްދެވި ކޮމިޝަނުގެ ރައީސްކަމަށް މަނިކުފާނުން ތިޔަ އައްޔަންކުރެއްވި، ދުނިޔޭގައި ވެސް ނެތްވަރުގެ ޑޮކްޓަރެކެވެ. ނަމަވެސް، ޕްރެޝަރު ކުރިމަތިކުރި ޒުވާނުން ވިހޭއިރުވެސް، އެމަނިކުފާނުންގެ ރަސްމީ ވަޒީފާއެއް ނެތެވެ. ފާހަގަ ކުރެވޭވަރުގެ މުހިންމު މަސައްކަތެއް ވެސް ކުރެއްވި ކަމެއް ރެކޯޑަކު ނެތެވެ. ކަނޑު ވިއްކާލި މައްސަލައިގައި ވެސް ފޮނެއް އެރުވުމަށް ފަހު ކުރެއްވުނު ކަމެއް ހަރާމެވެ.  

ކޮމިޝަނު އުފެއްދި ގަރާރުގައި، މަނިކުފާނު އެ ކޮމިޝަނާ މަތިކޮށްފައި އޮތީ "އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއްއްކޮށް، އަހުރެންނަށް ލަފާ ދިނުމުގެ މަސްއޫލިއްޔަތު" އެވެ. އެ ކޮމިޝަނުން ބަލާ ބެލުންތަކުގެ އަލީގައި، މަނިކުފާނު ނޫން މީހަކަށް ލަފައެއް، މައުލޫމާތެއް، އިރުޝާދެއް ނުވަތަ އެނޫންވެސް އިޝާރާތެއް ކުރުމެއް އެ ކޮމިޝަނަކަށް ނެތެވެ.

މާނައަކީ، ޒުވާނުންނަށް ނުވަތަ ނޫސްވެރިންނަށް ވެސް މައުލޫމާތެއް ދިނުމުގެ އެއްވެސް ގާނޫނީ ބާރެއް ކޮމިޝަނަށް ނެތުމެވެ. ވީމާ، ޒުވާނުން ހޯދަން ބޭނުންވާ އެއްވެސް މައުލޫމާތެއް، އެ ޒުވާނުންނަށް ފޯރުކޮށްދިނުމަކީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫނެވެ.

ވީމާ، މި ކޮމިޝަނަކުން، ޒުވާނުން އެ ބޭނުންވާ ޖަވާބެއް ނުލިބޭނެއެވެ. ނުވެސް ދެވޭނެއެވެ. އެހެން އެއްވެސް މީހަކާ މަޝްވަރާ ކުރެއްވުމެއް ނެތި، މަނިކުފާނު އައްޔަން ކުރައްވާ ކޮމިޝަނަކަށް، މަނިކުފާނަށް ލަފާ އެރުވުމުގެ ޒިންމާއެއް އެކަނި ހަވާލު ކުރެއްވުމުން، އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނެކޭ ބުނެވޭނެ ޖާގައެއްވެސް ނޯންނާނެއެވެ.  

ދެން އޮތީ ކޮމިޝަނުގެ މަސައްކަތެވެ. ކޮމިޝަނުގެ ބާރުތަކުގެ ތެރޭގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބޭ ހުރިހާ ބާރެއް ލިބޭނެ ކަމަށް އެބަ އޮތެވެ. މިހިސާބުން އުފެދޭ ސުވާލަކީ، ފުލުހުންނާއި، ރިޔާސީ ކޮމިޝަނާ ދެތަނުން އެއްފަހަރާ ތަހުގީގު ހިންގަނީތޯ އުފެދޭ ސުވާލެވެ. ނަމަވެސް، ވަކި ކަމެއް ބެލުމަށް ފުލުހުން ފަރުވާ ކުޑަކޮށްފައިވާތީ، އެކަން ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާ ހިސާބުން ފުލުހުންގެ އަތް ބަނދެވޭނެ އެވެ. މާނައަކީ، މި ތަހުގީގު މިހާރު ހިންގާނީ ރިޔާސީ ކޮމިޝަނުންނެވެ. ރިޔާސީ ކޮމިޝަނުގައި އަދި ތިއްބެވީ، މިހާރު އަމަލުކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ނޫން މެންބަރުން ކޮޅެކެވެ. މުވައްޒަފުންނެއް، ކަރުދާހެއް، އޮފީހެއް، ޕްރިންޓަރެއް، ކޮމްޕިއުޓަރެއް އަދި ނެތެވެ. މަސައްކަތްކުރާނެ މާހައުލެއްވެސް ނެތެވެ. މިކަންކަމުގެ މައްޗަށް، މިބާވަތުގެ މައްސަލައެއްގައި ހަދަންޖެހޭ ސައިންޓިފިކް ތަހުލީލުތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަހުލީލުތައް ހެދުމުގެ ގާބިލުކަމެއްވެސް އަދިއެއް ނެތެވެ. މިހުރިހައި ކަމެއް އިދާރީ ގޮތުން ހަމަޖައްސަން މަދުވެގެން މަހެއް ދެމަހެއްހައި ދުވަސް ނަގާނެއެވެ. ވީމާ، މިހާރު ކޮމިޝަނު އެކުލަވާލެއްވިފައި އޮތް ގޮތަކުން، މިމައްސަލަ އަވަހެއް ނުވާނެއެވެ. ވިއްޔާ ވާނީ ލަހެވެ. 

މިމައްސަލައާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައި އެބަހުއްޓެވެ. މީހަކު ހައްޔަރުކުރާ ހިސާބުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު އެއޮތީ ގުނަން ފަށައިފައެވެ. 30 ދުވަހުގެ ތެރޭގައި ހެކި ހޯދައި، މައްސަލަ ޕްރޮސިކިއުޓަރު އޮފީހަށް ހުށަނޭޅިއްޖެނަމަ، މި މައްސަލައިގައި ދެން ދައުވާއެއް ނުކުރެވޭނެ އެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު މި މައްސަލައާ ގުޅޭ ގޮތުން ދެއްވި އިންޓަވިއުގައި، މި މައްސަލައިގެ ހާދިސާ ހިނގި ދުވަހު މީހަކު ހައްޔަރުނުކުރީ، މީހަކު ހައްޔަރުކޮށްފިނަމަ، 30 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ނުފޮނުވިދާނެކަމުގެ ބިރަށެވެ.

ފުލުހުންގެ ހުރިހާ ވަސީލަތްތަކާއެކު ވެސް، 30 ދުވަހުން މައްސަލައިގެ ތަހުގީގު ނިންމައި ނުލެވިދާނެކަމުގެ ބިރު އޮތީވިއްޔާ، މުޅިން އަލަށް އެކުލަވާލާ ރިޔާސީ ކޮމިޝަނަކަށް މިކަން ކުރެވޭނެ ގޮތެއް އަދި އަމުދުން ނުއޮންނާނެއެވެ.  ވީމާ، ރިޔާސީ ކޮމިޝަނެއް ހެދުމުގެ ހަގީގީ، ފޮރުވިފައި އޮތް މުނާފިގު އިޔަހޫދި ވިސްނުމަކީ، މި މައްސަލައިގައި ދައުވާކުރުމުގެ މުއްދަތު ފަހަނަ އަޅުވާލައި، ތުހުމަތުކުރެވޭ "ނެޕޯ ބޭބީސް" ގެ އެއްވެސް މީހަކަށް ފިޔަވަޅެއް ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކުރުންކަން ޒުވާނުންނަށް އެނގެ އެވެ.

މިކަން އެއްވެސް ކޮޅެއްގައި ނުޖެހުމުން، އެކަމުގެ ޒިންމާ ޑރ މުނައްވަރާއި ޑރ ޙަބީބު އަދި އަހުމަދު މުހައްމަދުގެ އިސްތަށިފުޅުގައި އަޅުވާފައި މަނިކުފާނު ސަލާމަތްވެގެން ހުންނާކަށް ޒުވާނުން ފުރުސަތެއް ނުދޭނެ އެވެ.  

މަނިކުފާނުން ތިޔަ ހެއްދެވި ރިޔާސީ ކޮމިޝަނަކީ، ޑިކްޓޭޓަރެއް ގޮތަށް، އެއްވެސް މީހަކާ މަޝްވަރާ ނުކޮށް، މަނިކުފާނުން ގިނިކަންޏާ އެކުލަވާލެއްވި ކޮމިޝަނަކަށްވާތީ، އެއީ މިނިވަން ކޮމިޝަނެއް ނޫނެވެ. އެ ކޮމިޝަނަށް އަވަސް ތަހުގީގެއް ނުހިންގޭނީ ރިޔާސީ ކޮމިޝަން އެކުލަވާލައި، މަސައްކަތް ފަށައިގަންނަން އިދާރީ ގޮތުން ވަގުތު ބޭނުންވާނެތީ އެވެ. ދެފުށް ފެންނަ ގޮތަކަށް ތަހުގީގު ނުކުރެވޭނީ، ކޮމިޝަނުގެ ގާނޫނީ ޒިންމާއަކީ މަނިކުފާނަށް އެކަނި ލަފާ ދިނުން ކަމަށްވާތީއެވެ. ކޮމިޝަން އެކުލަވާލުމާއެކު ފުލުހުން ކުރާ ތަހުގީގު ހުއްޓާލާނެތީ، އެއީ މިމައްސަލަ އިތުރަށް، ބޮޑަށް ލަސްވާނެ ސަބަބެކެވެ. ލަސްވެގެން ގޮސް، ގާނޫނުގައި ބުނާ މުއްދަތު ފާއިތުވީމާ، ނެޕޯ ބޭބީސް އެއްކޮށް ވީއްލުނީއެވެ. 

ތިޔަ ހެއްދެވީ ޒުވާނުން އެދުނު ނަތީޖާ ނެރެވޭނެ ކޮމިޝަނެއް ނޫނެވެ. އެކަން ޒުވާނުންނަށް އެނގޭކަން މަނިކުފާނަށް އަންގައިލަ ދިނުމަށްޓަކައި މިސިޓީ އަރިސްކުރީ އެވެ. ވައްސަލާމް.

ދުލެއްނުކުރާނަން ހަރަކާތަށް ތާއިދުކުރާ ދިވެހި ދަރިއެއް

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox