ހުލާސާކޮށް އިއްޔެ: ޕީއެންސީ މެންބަރުންގެ ބައިލައްކަ އަލުން ދޭން ފަށުން

May 31, 2026, 1:10 AM
ޕީއެންސީގެ ބައެއް މެންބަރު

ޕީއެންސީގެ ބައެއް މެންބަރު

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ދެއްވާ 50،000ރ. ގެ އިނާޔަތް މި މަހު ދީފި އެވެ. މި ފައިސާ ދޫކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ބައެއް ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

ދެ މަހުގެ މެދުކެނޑުމަކަށް ފަހު ޕީއެންސީގެ މެންބަރުންނަށް މި މަހު ފައިސާ ބަހައިފި

މި ފައިސާ ދޫކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާއިރު، މެންބަރުންނަށް ދޫކުރާ އެ ފައިސާއަކީ ރިޝްވަތުގެ އަމަލެއް ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ

ބައިނަލްއަގުވާމީ ޚަބަރުތައް

ފެންވަރު ދަށް މުދާ ވިއްކި މައްސަލައިގައި ޓެމޫ ޖޫރިމަނާކުރުން

ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓެމޫ" އިން ފެންވަރު ދަށް އަދި ނުރައްކާތެރި މުދާ ވިއްކަމުންދާ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ކުންފުނި 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާ އައީ ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމުގައި އެ ކުންފުނިން އިހުމާލުވެފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

ފެންވަރު ދަށް މުދާ ވިއްކާތީ ޓެމޫ 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

މި ޖޫރިމަނާ އައީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިހުމާލުވެފައިވާކަން ތަހުގީގަށް ހާމަވުމާ ގުޅިގެން ކަމަށްވާއިރު، އަންނަ އޮގަސްޓް މަހުގެ ކުރިން މިކަންކަން އިސްލާހުކުރުމުގެ ޕްލޭނެއް ހުށަހެޅުމަށް އެ ކުންފުންޏަށް ވަނީ އަންގާފަ.

އިންޑިއާގެ ސީބީއެސްއީ އިމްތިހާނުގެ ޑިޖިޓަލް ނިޒާމަށް ތުހުމަތުތަކެއް

އިންޑިއާގެ ސީބީއެސްއީ ބޯޑުން ބޭއްވި ގްރޭޑް 12 ގެ އިމްތިހާނުގެ ނަތީޖާއާ މެދު ބޮޑެތި ޝަކުވާތަކެއް އުފެދި، މުޅި ގައުމުގައި ބަހުސެއް ވަނީ ފެށިފައެވެ. ދަރިވަރުން ތުހުމަތުކުރާ ގޮތުގައި އިމްތިހާނު ކަރުދާސްތައް މާކްކުރުމަށް ބޭނުންކުރި އާ ޑިޖިޓަލް ނިޒާމުގެ ތެރެއިން މާކްސްތައް އޮޅި، އަސްލު ކަރުދާހާއި ޑިޖިޓަލްކޮށް ފެންނަން ހުރި ކަރުދާސްތައް ދިމާނުވުމުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

Advertisement

އިންޑިއާގެ ސީބީއެސްއީ އިމްތިހާނުގެ ޑިޖިޓަލް ނިޒާމަށް ބޮޑެތި ތުހުމަތުތަކެއް؛ ހެކްކުރި ތުހުމަތު، ޖަވާބު ދިމާނުވުން، ނުބައި އަތުލިޔުން

އިންޑިއާގެ ސީބީއެސްއީން އަލަށް ތައާރަފުކުރި ޑިޖިޓަލް މާކިން ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން، ގްރޭޑް 12 ގެ އިމްތިހާނު ނަތީޖާގެ އިތުބާރާ މެދު ސުވާލު އުފެދި ގައުމީ ބޮޑު ބަހުސަކަށް ވަނީ ބަދަލުވެފައެވެ. ދަރިވަރުންގެ ކަރުދާސްތައް އޮޅުމާއި ސަފުހާތައް މަދުވުން ފަދަ ސީރިއަސް މައްސަލަތައް ފެންމަތިވުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު އެކަމުގެ ޒިންމާ އުފުއްލެވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އޭޝިއާގެ އަސްކަރީ ހޭދަ އިތުރުކުރަން އެމެރިކާއިން ގޮވާލުން

ޗައިނާގެ އަސްކަރީ ނުފޫޒު ކުޑަކުރުމަށްޓަކައި އޭޝިއާގެ ގައުމުތަކުން ދިފާއީ ދާއިރާއަށް ކުރާ ހޭދަ އިތުރުކުރުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ގޮވާލައްވައިފިއެވެ. ސިންގަޕޫރުގައި ބޭއްވި "ޝަންގްރި-ލާ ޑައިލޮގް" ފޯރަމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސަރަހައްދީ ސަލާމަތާއި ބާރުގެ ހަމަހަމަކަން ދެމެހެއްޓުމަށްޓަކައި އެކުވެރި ގައުމުތަކުގެ އަސްކަރީ ގާބިލުކަން އިތުރުކުރުން މުހިންމު ކަމަށެވެ.

ޗައިނާގެ ނުފޫޒު ކުޑަކުރަން އޭޝިއާގެ ގައުމުތަކުން އަސްކަރީ ހޭދަ އިތުރުކުރަން އެމެރިކާއިން ގޮވާލައިފި

ޗައިނާގެ އަސްކަރީ ނުފޫޒު ކުޑަކުރުމަށްޓަކައި އޭޝިއާގެ ގައުމުތަކުން ދިފާއީ ހޭދަ އިތުރުކޮށް، ގައުމުތަކުގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ގާއިމުކުރުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގޮވާލައްވައިފިއެވެ. މީގެ އިތުރުން، އެމެރިކާ އާއި ޗައިނާގެ އަސްކަރިއްޔާގެ މެދުގައި އޮންނަ މުއާމަލާތްތައް އިތުރުވުމަކީ މަސްރަހު ފިނިކުރުމަށް ލިބޭ ބޮޑު އެހީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެއިލާ ސްވިފްޓްގެ ކޮންސެޓަށް ހަމަލާދޭން ރޭވި މީހާއަށް ޖަލު ހުކުމެއް

އޮސްޓްރިއާގެ ވިއެނާގައި 2024 ވަނަ އަހަރު ބާއްވަން އުޅުނު ޓެއިލާ ސްވިފްޓްގެ ކޮންސެޓަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި މީހަކު 15 އަހަރަށް ޖަލަށްލުމަށް އޮސްޓްރިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވި 21 އަހަރުގެ ފިރިހެންމީހާއަކީ ޓެރަރިޒަމާ ގުޅުންހުރި އެކި ރޭވުންތަކުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

ޓެއިލާ ސްވިފްޓްގެ ކޮންސެޓަށް ހަމަލާދޭން ރޭވި މީހާ 15 އަހަރަށް ޖަލަށް

އޮސްޓްރިއާގެ ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޓެއިލާ ސްވިފްޓްގެ ކޮންސެޓަކަށް އައިއެސްއާ ގުޅިގެން ހަމަލާދޭން ރޭވި 21 އަހަރުގެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. އެމެރިކާގެ ސީއައިއޭއިން ދިން މައުލޫމާތަކާ ގުޅިގެން މި މީހާ ހައްޔަރުކުރުމާއެކު، ސަލާމަތީ ސަބަބުތަކަށްޓަކައި ވިއެނާގައި ބާއްވަން އޮތް ތިން ކޮންސެޓްވެސް ވަނީ ކެންސަލްކޮށްފައެވެ. މި މައްސަލައިގައި ބައިވެރިވި އިތުރު މީހަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މި ހާދިސާގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަނީ މާޔޫސްކަން ލިބިފައެވެ.

ކުޅިވަރުގެ ޚަބަރުތައް

ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް މަގާމުން ވަކިކުރުން

އިނގިރޭސި ކްލަބް ލިވަޕޫލަށް މި ސީޒަނުގައި ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން، އެ ޓީމުގެ ކޯޗު އާނާ ސްލޮޓް މަގާމުން ވަކިކޮށްފިއެވެ. ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް، މި ސީޒަނުގައި 20 މެޗުން ބަލިވުމަކީ އެ ކްލަބުން އޭނާ ވަކިކުރަން ނިންމި އެންމެ ބޮޑު ސަބަބެވެ.

ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކިކޮށްފި

ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު އާނާ ސްލޮޓް، ނިމިދިޔަ ސީޒަނުގެ ދަށް ނަތީޖާތަކާ ގުޅިގެން އެ ކްލަބުގެ މަގާމުން ވަނީ ވަކިކޮށްފައި. މި ސީޒަނުގައި ލިވަޕޫލް 20 މެޗުން ބަލިވެފައިވާއިރު، އޭނާގެ ބަދަލުގައި އެ ޓީމާ ދެން ހަވާލުވާނީ ބޯންމައުތުގެ ކުރީގެ ކޯޗު އަންޑޯނީ އިރައޯލާ ކަމަށް ރިޕޯޓްތައް ބުނޭ.

ވޯލްޑް ކަޕަށްޓަކައި ވޮލްޕާޓޯ އޮސްޓްރޭލިއާއަށް ބަދަލުވުން

އަންނަ މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ އުންމީދުގައި، އިޓަލީގެ ޒުވާން ޓީމަށް ކުޅެމުން އައި ކްރިސްޓިއަން ވޮލްޕާޓޯ އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދައިފިއެވެ. އޮސްޓްރޭލިއާއަށް އުފަން މި ކުޅުންތެރިޔާ މީގެ ކުރިން އިޓަލީގެ ރަށްވެހިކަން ހޯދީ ޔޫރަޕްގެ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށެވެ.

ވޯލްޑް ކަޕް ކުޅެން އިޓަލީގެ ވޮލްޕާޓޯ އޮސްޓްރޭލިއާ އަށް ރަށްވެހިކަން ބަދަލުކޮށްފި

އިޓަލީގެ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކުޅުނު ކްރިސްޓިއަން ވޮލްޕާޓޯ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ކުޅުމުގެ އަމާޒުގައި އޮސްޓްރޭލިއާ ގައުމީ ޓީމަށް ވަނީ ބަދަލުވެފައި. ވޮލްޕާާޓޯ އަށް ކުރިން އޮސްޓްރޭލިއާ އިން ލިބުނު ފުރުސަތު ދޫކޮށްލަން ނިންމި ނަމަވެސް، މިހާރު މި ވަނީ ހުށަހެޅުން ގަބޫލުކޮށްފައި.

ޕީއެސްޖީ އާއި އާސެނަލްގެ ކުރިމަތިލުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، އިދިކޮޅު އާސެނަލްގެ ކުޅުމުގެ ސްޓައިލަށް ވުރެ ބޮޑަށް އަމިއްލަ ޓީމުގެ ކުޅުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ޕީއެސްޖީގެ އަމާޒަކީ މިދިޔަ އަހަރު ހޯދި ޗެމްޕިއަންކަން ދިފާއުކުރުމެވެ.

އެންރީކޭ ބުނީ އާސެނަލްގެ ސްޓައިލެއް ޕީއެސްޖީ އަށް މުހިންމެއް ނޫން ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު، އިދިކޮޅަށް ނުކުންނަ އާސެނަލުން ކުޅޭނެ ސްޓައިލާ މެދު މާ ބޮޑަށް ވިސްނައި ފިކުރުކޮށް، އެ ވާހަކަތައް ދެއްކުމަކީ ޕީއެސްޖީ އަށް މުހިންމު ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފައި.

ސާބާ ކޮލިފަޔާސްއިން ރާއްޖެއަށް ލޯ މެޑަލް

ލަންކާގައި ކުރިއަށްދިޔަ ސާބާ 18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ. ތިންވަނަ ހޮވި މެޗުގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން މި ކާމިޔާބީ ހޯދިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއެވެ.

ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމަށް ލޯ މެޑަލް

ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ވަނީ ހޯދައިފައި. މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ރާއްޖޭން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިފައި.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox