އެމެރިކާގެ އެފްބީއައި، ޑީއީއޭ، ހޯމްލޭންޑް ސެކިއުރިޓީ އަދި އެމްބަސީއަށް ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރުމުގެ ފިލާ ދީފި

Apr 26, 2025, 12:48 PM
ފުލުހުންގެ ފަރާތުން އެފްބީއައިއަށް ޝުކުރުގެ ފިލާ އަރުވަނީ: ރާއްޖޭގައި ހުންނަ އެހެން އެމްބަސީތަކަށް ވެސް ފިލާ ދިން -- ފޮޓޯ: ސްކްރީންގްރޭބް

ފުލުހުންގެ ފަރާތުން އެފްބީއައިއަށް ޝުކުރުގެ ފިލާ އަރުވަނީ: ރާއްޖޭގައި ހުންނަ އެހެން އެމްބަސީތަކަށް ވެސް ފިލާ ދިން -- ފޮޓޯ: ސްކްރީންގްރޭބް

އެމެރިކާއިން ދިވެހި ފުލުހުންނަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެގައުމުގެ އެކި އިދާރާތަކަށް އަދި އެމްބަސީއަށް ފުލުހުންގެ ފަރާތުން ރަން ފިލައެއް އަރުވައިފި އެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމެރިކާގެ އެމްބަސީގެ އިތުރުން ތިން އިދާރާއަކަށް ވަނީ ރަން ފިލާ ދީފަ އެވެ. އެއީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ އާއި ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން އެވެ.

އޭގެ އިތުރުން ޖަޕާން އެމްބަސީ އާއި ޗައިނާ އެމްބަސީ އާއި އޮސްޓްރޭލިއާގެ ފުލުހުން އަދި އިނގިރޭސިވިލާތުގެ އެމްބަސީއަށް ވެސް ފުލުހުންގެ ފަރާތުން ވަނީ ހަނދާނީ ފިލާ ދީފަ އެވެ.

ފުލުހުންގެ ހަނދާނީ ފިލާ ދިން ބައެއް ތަންތަން

ހަނދާނީ ފިލާ

  • އިންޑިއާ އެމްބަސީ
  • އެމްބަސީ އޮފް ޖަޕާން
  • ބްރިޓިޝް ހައިކޮމިޝަން އިން މޯލްޑިވްސް
  • ޗައިނާ އެމްބަސީ
  • އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް

ހަނދާނީ ރަން ފިލާ

  • ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)
  • ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ
  • ނެޝަނަލް ޕޮލިސް އެކެޑަމީ (އިންޑިއާ)
  • އެމެރިކާ އެމްބަސީ
  • ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ)
  • އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން
  • ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ފާހަގަ ކުރީ އެ އިދާރާގެ 92 ވަނަ އަހަރީ ދުވަހެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ބޭއްވިއިރު، ފުލުހުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެއީ މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ތަހުގީގު ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

އެ މައްސަލައިގައި ފުލުހުން ހާމަ ކުރި ބައެއް މައުލޫމާތު ދޮގުކަން ވަނީ ފަޅާއަރައިފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު، 21، ހައްޔަރުނުކޮށް ގިނަ ދުވަސްވުމާއި އޭނާއަށް ކުރެވޭ ތުހުމަތުތައް ސިއްރު ކުރުމުން ވެސް ފުލުހުންނަށް ފާޑުކިޔުން އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox