އުސް އިމާރާތެއްގެ ފެންލައިޓުން ވެއްޓުނީ ކަމަށް ފުލުހުން ބުނާ ޒުވާނާ، ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދޭން ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ރޭ ނުކުމެ އަޑުއުފުލައިފި އެވެ.
މި މައްސަލައިގައި އާންމުން ނިކުމު އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެއްވުން ކުރިއަށް ދިޔައީ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގަ އެވެ.
އެ ތަނަށް އެއްވެ ތިބި ގިނަ މީހުންނަކީ ޒުވާން އުމުރުފުރައިގެ މީހުންނެވެ. އެ އެންމެންގެ ވެސް ޝުއޫރުތައް ހުރީ ތަހުގީގުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާތީ، ޔުމްނުއަށް އިންސާފު ލިބެން ހުރަސް އެޅިފައިވާ މައްސަލައިގައި ކަމަށް އެ ނޫސްވެރިން ބުންޏެވެ.
އެއްވެ ތިބި މީހުންގެ ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި މަޑުން ނުތިބޭނެ ކަމަށާއި ޔުމްނުއަށް އިންސާފު ހޯދައިދޭން ބުނެ ޝުއޫރުތައް ލިޔެފައިވެ އެވެ. އަދި މި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާ ހައްޔަރުކުރާށާއި މި ކަމުގައި ބައިވެރިވާ ކަމަށް އަޑު އަރާފައިވާ އެހެން މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ވެސް ބައެއް މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވެ އެވެ.
"އަހަރުމެންގެ އަޑު ނީވެންޏާ އަހަރުމެންނަކަށްވެސް އަޑެއް ނީވޭނޭ،" އެއްވުމުގައި ބައިވެރިވި ޒުވާނަކު މެގަފޯނުން ގޮވާ އަޑު އިވެ އެވެ.

ހައްޔަރުކުރަން ގޮވާލަމުންދާ ޒުވާނާއަކީ ޔުމްނުއާއެކީ އެންމެ ފަހު ވަގުތާ ޖެހެންދެން ހުރި ރައުދު އަހުމަދު ޒިލާލް އެވެ. އޭނާގެ އިތުރުން މި ކަމެއް ހިނގައިދިޔަ ރޭ ދެ އަންހެނަކާއި ފަސް ފިރިހެނުން އުޅުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ރައުދު ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:42
- އިރުއަރާ 05:56
- މެންދުރު 12:08
- އަޞްރު 15:21
- މަޣްރިބް 18:13
- ޢިޝާ 19:27











