ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މ. މަޑުލު، މަޑުލު މުހައްމަދު ވަހީދު މިއަދު ނިޔާވެއްޖެ އެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިފައިވާ މަޑުލު ވަހީދު ނިޔާވީ 77 އަހަރުގަ އެވެ.
އާންމު ހިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު 1985 އަދި 1997 ގައި ހާސިލް ކުރައްވާފައިވާ މަޑުލު ވަހީދު ކުރުވާހަކަ ލިޔުއްވަން ފެށްޓެވީ، ދުވަހުނޫސް "މޫންލައިޓް" އަށެވެ. އަދި ފަހުން "ފަތްތޫރަ" އަށް ގިނަ އަދަދަކަށް ކުރުވާހަކަ ލިޔުއްވާފައިވެ އެވެ.
ވަހީދުގެ ބައެއް ވާހަކަތައް އެއްކުރައްވައި "ވަހީދުގެ ކުރުވާހަކަ" ނަމުގަ އެވެ. ކުރުވާހަކަ ލިޔުމުގެ މައްޗަށް އިރުޝާދު ދިނުމުގެ ފޮތެއް ވެސް އޭނާ ލިިޔުއްވާފައިވެ އެވެ.
ސްކޫލްތަކުގައާއި، މަސައްކަތު ބައްދަލުވުންތަކުގައާއި، ކޯސްތަކުގައި އެ ރޮނގުން ވަހީދު ކިޔަވައިދެއްވާފައި ވެ އެވެ. އަދި އެކަމަށް ވަރަށް ގިނަ އިރުޝާދު ނޯޓުތައް ލިޔުއްވައި ޗާޕުކުރެއްވި އެވެ.














