ސުޕްރީމް ކޯޓަށް ހަނީފު ހާޒިރުކުރީ ތަކުރާރުކޮށް މަސައްކަތަށް ހުރަސް އަޅައި އެއްބާރުލުން ދޭން ދެކޮޅު ހެދުމުން

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކުރީ ތަކުރާރުކޮށް އެ ކޯޓުގެ މަސައްކަތަށް ހުރަސް އަޅައި ހުށަހެޅޭ މައްސަލަތަކުގައި ހައި ކޯޓުގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ދެކޮޅު ހެދުމުން ކަމަށް "އަދަދު" ނޫހަށް ކަށަވަރު ކުރެވިއްޖެ އެވެ.

ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ފަނޑިޔާރުން އޭނާއާ މުއާމަލާތް ކުރި ގޮތާ ގުޅޭ ސުލޫކީ މައްސަލައެއް ކުއްލިއަކަށް ތިލަކޮށް އެ މައްސަލަ ޖުޑީޝަލަ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.

ނަމަވެސް، ހަނީފު އާއި ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓުން ބަލާ ބައެއް މައްސަލަތަކަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރަމުންދާތީ ފިޔަވަޅު އަޅައިދިނުމަށް އެންމެ ފުރަތަމަ އެދުނީ ސުޕްރީމް ކޯޓުންކަން ޔަގީންކުރެވޭ ލިޔެކިޔުންތަކެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.

ހަނީފުއާ ގުޅޭ މައިގަނޑު ޝަކުވާއަކަށް އޮތީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ހައްޔަރުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް އަންގައި އެ ކޯޓުން ނެރުނު އަމުރާ ގުޅޭ ލިޔެކިޔުންތަކާ ގުޅޭ މައްސަލައެކެވެ. ހަނީފުގެ އިތުރުން އެ މައްސަލަ ބެލި ހައި ކޯޓުގެ ފަނޑިޔާރުންނަށް ވެސް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގެ ބެންޗުން އެދިފައިވެ އެވެ.

އެ މައްސަލަ ބެލި ބެންޗުގައި ތިއްބެވީ މިހާރު ސަސްޕެންޑު ކޮށްފައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އަދި ދާދިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެ އަމުރު އަރުޝަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޮކްޓޯބަރު 18، 2022 ގައި ސުޕްރީމް ކޯޓުގައި ރެޖިސްޓްރީ ކުރި މައްސަލަ އޮކްޓޯބަރު 30، 2022 ގައި ނިންމަން ޖެހެ އެވެ. ހައި ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އެ ދުވަހު ކަނޑައެޅި އެވެ.

"އިސްތިއުނާފު ކުރެވުނު މި މައްސަލައިގައި ހިމެނޭ ބައެއް ލިޔެކިޔުން ހޯދަން އެދުމުން، ދިވެހިރާއްޖޭގެ ހައި ކޯޓުގެ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައި ކޯޓުން އަމަލުކޮށް، ލިޔެކިޔުން ދެއްވުމަށް ހުރަސް އަޅާފައިވަނީ އެހެން އިސްތިއުނާފީ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން ހައި ކޯޓުގައި ހޯދުމަށް އެދޭ ލިޔުންތަކާ ގުޅިގެން ހައި ކޯޓުން މީގެ ކުރިން ދުވަހަކުވެސް އަމަލުކުރެއްވި ގޮތަކަށް ނޫން،" ސުޕްރީމް ކޯޓުގެ ޝަކުވާގައި ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލައިގެ ބައެއް ލިޔެކިޔުންތައް މަދުވުމުން އިތުރު މައުލޫމާތު ހޯދުމަށް ނިންމައި އަރުޝަދު ބަންދު ކުރަން ނިންމުމުގެ ކުރިން ހައި ކޯޓުން އަރުޝަދުކޯޓަށް ހާޒިރު ކުރުމަށް މަސައްކަތެއް ކުރިނަމަ، އެ ކުރި މަސައްކަތާ ގުޅޭ ލިޔުންތައް ހޯދުމަށް ސުޕްރީމް ކޯޓުން ސިޓީ ފޮނުވީ އޮކްޓޯބަރު 24، 2022 ގަ އެވެ.

"ސުޕްރީމް ކޯޓުގެ މަސައްކަތަށް ހުރަސް އެޅުމުގެ އެންމެ ފަހު ސިލްސިލާގައި، މި ކޯޓުން މައްސަލަ ބަލަންޖެހޭ ގޮތާއި އަދި ނެރެންޖެހޭ އަމުރުތަކަށް ދާންދެން ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ރައުޔު ހާމަކޮށް ލިޔުން ފޮނުވާފައިވޭ،" ސުޕްރީމް ކޯޓުން މައްސަލަ ބަލައިދޭން އެދުނު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

ހައި ކޯޓުން އޭގެ އެއް ދުވަސް ފަހުން އޮކްޓޯބަރު 25، 2022 ގައި ފޮނުވި ޖަވާބުގައި އޮތީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަ ސަރޝިއަރަރީ އަމުރެއް ފޮނުވާފައި ނުވާތީ އެ އަމުރު ފޮނުވައި ދިނުމަށެވެ.

"ހައި ކޯޓުން އެހެން މައްސަލަތަކާ ހިލާފަށް މި މައްސަލައިގައި ވަކި އަމުރެއް ނެރެދިނުމުން މެނުވީ ސުޕްރީމް ކޯޓުން އެދުނު ލިޔެކިޔުންތައް ފޯރުކޮށް ނުދެވޭނެ ފަދަ މޭރުމަކުން ހައިކޯޓުން އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ އެ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް އައުމަށް ދެންނެވުނު،" އެ ޝަކުވާގެ ތަފްސީލުގައި ބަޔާންކޮށްފައިވެ އެވެ.

އޭނާގެ ފަރާތުން މައުލޫމާތުތައް ސާފުކުރުމަށް ފަހު ކުރިއަށް އޮތް އެއް ގަޑިއިރު ތެރޭ ހޯދުމަށް އެދުނު ލިޔެކިޔުންތައް ހިފައިގެން އައުމަށް ހަނީފަށް ސުޕްރީމް ކޯޓުން ދެންނެވި އެވެ.

އޭނާ ހާޒިރުކުރީ އެ މައްސަލައިގައި އިތުރު ވަގުތު ބޭކާރުކުރެވެން ނެތުމާއި، ހައި ކޯޓުގެ އަމަލުތައް ހުރި ގޮތުން އެ ލިޔުންތައް ފޯރުކޮށް ދިނުން ލަސްވުން ނުވަތަ އެ ލިޔުންތައް ނުލިބިދާނެ ކަމަށް ބުރަވެވުމުން ކަމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ބަޔާންކޮށްފައިވެ އެވެ.

"ހައި ކޯޓުން އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުމުގެ ކުރިން، އޭނާ ކޯޓަށް ހާޒިރު ކުރުމަށް އިތުރު އަމުރެއް ފޮނުވާފައި ނުވާކަން ވެސް އެ ލިޔުންތަކުން ކަށަވަރު ވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 174 ވަނަ މާއްދާގައި ބުނާ މީހުން ހާޒިރު ކުރުމުގެ އިޖުރާއަތަށް ހައި ކޯޓުން މި މައްސަލައިގައި އަމަލު ކޮށްފައި ނުވާކަން ސާފުކޮށް އެނގިގެން ދިޔަ،" ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox